މާރާމާރީގެ ގިނަ މައްސަލަތަކެއްގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މުހައްމަދު މަފާޒު ހުސެއިން ސަލީމް (ޕެންސިލް) ބަންދުން ދޫކޮށްލަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މަފާޒް އެންމެފަހުން ހައްޔަރު ކުރީ ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ/ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރާލި މައްސަލައިގައި ދައުވާކޮށް އެ މައްސަލަ ސާބިތުނުވުމުން ދޫކޮށްލާފައި ހުއްޓާ މާރާމާރީ ހިންގަން އުޅެނިކޮށް މިދިޔަ މަހު އެވެ.

ނަދީމްގެ މަރުގެ މައްސަލަ ސާބިތުނުވުމުން މަފާޒް ބަންދުން ދޫކޮށްލީ މިދިޔަ ނޮވެމްބަރ މަހު އެވެ. ނަމަވެސް އޭގެ ފަހުން ދެމައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފިއެވެ. އެއްފަހަރު ހައްޔަރު ކުރީ ފުލުހެއްގެ ގައިގަ ޖެހި މައްސަލައެއްގައެވެ.

އެންމެ ފަހުން ހައްޔަރުކުރި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްދީފައި ވާއިރު، އެންމެ ފަހުން ބަންދު މުރާޖާ ކުރަން އޮތީ އިއްޔެ އެވެ. ބަންދުގެ މުއްދަތު އިތުރު ކުރަން އޭނާ ކޯޓަށް ހާޒިރު ކުރުމުން ފަނޑިޔާރު ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.

މަފާޒް ބަންދުން ދޫކޮށްލި ނަމަވެސް ފުލުހުން ބުނި ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މާރާމާރީއާ ގުޅޭ ދެ މައްސަލާގައި ވެސް ދައުވާކުރަން މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ. އޭނާގެ މައްޗަށް ކުރަނީ މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ތުހުމަތާއި ގާނޫނު ތަންފީޒުކުރާ މީހެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތާއި ގައިގައި އަތްލުމުގެ ދެމައްސަލައެއްގެ ތުހުމަތާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޕެންސިލް

    މަސްއޮޑި އަކާ ނުކުޅެވޭނެ! ފަޑިއާރުން ވެސް، ގާޒީން ވެސް ގަނެފަ ތިބޭނީ! އެވަރަށް ލާރި އަޅާފަ ހުންނާނީ!

    5
    1
    • އެދުރު

      ކޮންމެސް މައެއްގެ ދަރިއެއްދޯ އެއީވެސް. ހާދަ ދެރައޭ

    • މިޑޭ

      ބްރާ ކައެ ތީ މިތާކަށް ބޭނުންވެސް ހުރި މީހެއް ނޫން

  2. ކަރުކެހި

    މިކަހަ މުޖިރުމުންނައް ދެވޭނެ އެއްވެސް އަދަބެއް މިރާއްޖެއަކުން ތަންފީޒުކުރެވޭނެހާ ހިއްވަރެއް އޮއްޓަރެއް ހުރިމީހަކު ނުފެންނާނެ ކުށެއްކުރިޔަސް އަދަބުދެވެން ނެއް މުޖިރިމުން ދެންކިހިނެއް މިގައުމު ރގަޅުމަގަކުން ދާނީ

  3. އުފާވެރި އަމާން ރާއްޖެއަކަށް ޢުމަރު ނަސީރު

    ޢުމަރު އޮންނާނެ މިކަހަލަ މީހުން މައިތިރިކުރަން ޢުމަރުގެ މިނިސްޓަރު ކަމުގައި ނިކަން ފައްކާ އެއްޗެއް ތައާރަފު ކޮށްފައި. އެއީ ޓެގަކާއެކު މޮނިކޮން އަމުރު. އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އެނގޭނީ އެތައާރަފުކުރި މީހާއަށް. ވީމާ ޢުމަރު ނަސީރަށް ގައުމުގެ ވެރިކަން ދީގެން ނޫންގޮތަކަށް ނުރައްކާތެރި ރިކޯޑުތަކުން ފުރިފައިވާ ނުރައްކާތެރި ކުށްވެރިންގެ ކިބައިން ގައުމު އަމާނެއް ނުކުރެވޭނެ.

  4. ްއަލީ

    ގިނަ ރެކޯޑް އޮތީޔާ ދޫކޮށްލުން
    ފުރަތަމަ ހައްޔަރު ކުރާ މީހާ ވާނުވާގަ

  5. ޒާ

    ލާރި އެއްޗަކީ. ބަހައްޓާ އިތުރުމީހަކު މަރަން.

  6. އުގުރި

    ޑިލީޓް ކޮއްލަބަލަ..