ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ އަމިއްލަފުޅު މީޑިއާ "ވީމީޑިއާ"ގެ ކޮންމެ މުވައްޒަފަކަށްވެސް ދެން ލިބޭނީ މަހަކު 2222 ރުފިޔާ ކަމަށް، ވީމީޑިއާ ހިންގާ އައިލޭންޑް ބްރޯޑްކާސްޓިންގް ކޮމްޕެނީން ބުނެފިއެވެ.

އެ ކުންފުނިން ވީމީޑިއާގެ މުވައްޒަފުންނަށް ފޮނުވި ލިޔުމެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، މިދިޔަ އޭޕްރިލް މަހު މަސައްކަތް ކުރި ދުވަސްތަކަށްވެސް މުވައްޒަފުންނަށް ދެވޭނީ 2222 ރުފިޔާ ކަމަށެވެ.

އަދި މިހާރު ކުރިޔަށްދާ މޭއި މަހާއި، ކުރިޔަށް އޮތް ޖޫން މަހުވެސް މުސާރައިގެ ގޮތުގައި ދެވޭނީ 2222 ރުފިޔާ ކަމަށް އެ ލިޔުމުގައި ބުނެފައި ވެއެވެ.

އައިލޭންޑް ބްރޯޑްކާސްޓިންގް ކޮމްޕެނީން ވީމީޑިއާގެ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ، މުވައްޒަފުންގެ މުސާރަ 2222 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައި ވަނީ، ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއިން ފެނުމާއި ގުޅިގެން، ޓޫރިޒަމް ސިނާޢަތުން މައި ކުންފުންޏަށް ވަންނަމުންދިޔަ އާމްދަނީ ލިބުން އެއްކޮށް ހުއްޓުމާއި ގުޅިގެން ކަމަށެވެ.

"މި ޙާލަތުގައި ކުންފުނި ދެމެހެއްޓުމަށްޓަކައި ކުރެވުނު މަސައްކަތުން، އާމްދަނީ އިތުރުކުރެވޭނެ އެއްވެސް އަލި މަގެއް މިވީހާތަނަށް ފެނިފައިނުވާތީ، ކުންފުނީގެ އޮޕަރޭޝަންސް ވަގުތީގޮތުން ހުއްޓާލަންޖެހޭ ދަރަޖައަށް ކަންކަން ގޮސްފައިވާކަން ހިތާމައާއެކު ދަންނަވަމެވެ،" ވީމީޑިއާގެ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ވެއެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ، މި ހާލަތުގައި ކުންފުނީގެ ހިންގުން ވަގުތީގޮތުން މެދުކަނޑާލަން ޖެހުނަސް، ކުރިޔަށް އޮތް ތިން މަހަށް ކަނޑައެޅިފައިވާ މުސާރަ މުވައްޒަފުންނަށް ދޭނެ ކަމަށެވެ.

"މި ނިންމުމަކީ މިހާތަނަށް މި ކުންފުނިން ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުމެވެ. އަޅުގަނޑުމެންގެ އިޚްލާސްތެރި ދުޢާއަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުން ސަލާމަތްވެ، މާދަމާވެސް ތިޔަ ލޮބުވެތި މުވައްޒަފުންނާއި ބައްދަލުވެ، އުފާވެރި މާޙައުލެއްގައި މަސައްކަތް ކުރެވޭނެގޮތް މެދުވެރިވުމެވެ،" އައިލޭންޑް ބްރޯޑްކާސްޓިން އިން ވީމީޑިއާ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ވެއެވެ.

އެނގިފައިވާ ގޮތުން ވީމީޑިއާ މުވައްޒަފުންގެ މާރިޗު މަހުގެ މުޅި މުސާރަވެސް އަދި ދީފައެއް ނުވެއެވެ. މީގެ އިތުރުން ރޯދަ މަހުގެ އިނާޔަތްވެސް އެ މުވައްޒަފުންނަށް ދީފައިނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ގާސިމްގެ ވީމީޑިއާގެ މުވައްޒަފުންގެ މުސާރަ 2222 އަށް ކުޑަކޮށްފައި ވާއިރު، ގާސިމްގެ ރިސޯޓުތަކުން ވަނީ ކޮންމެ މުވައްޒަފަކަށް ވެސް ތިންމަސް ވަންދެން ކޮންމެ މަހަކު އެއްހާސް ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މޫސަ

    ތިވާނީސަރުކާރުން ލާރިގަޑެއްދަމާ ގައްނަ ކޮއްމެސް އެޗެކިޔާގެން އެދާމާގައްނަން ތީނަޔައްހަދެންވީ ގުޅި އީސާކަލޭފާނަހެދިގޮއި ތީމިގައުމައް ޖެހި ފާވާ ބޮޑުވަބާއެއް

    55
    2
  2. އަހަރެން

    މާދަމާވެސް ސިޔާސީ ކަމަކަށް ޚަރަދު ކުރަން ވެއްޖިއްޔާ މިލިޔަނުން ހޭދަ ކުރާނެ ..

    91
    1
  3. ބުރުމާ

    ވިލާގެ ރިސޯޓްތަށް ފިޔަވައި ވިލާގެ ހުރިހާ ތަންތަންވެސް ހިނގަނީ ރިސޯޓް ތަކުން ލިބޭ އެއްޗަކުން. ވީ އިރު ރިސޯޓް ތަކުގެ މުވައްޒަފުންނަށް 1000ރ ދީފަައި ގެއްލުމުގައި ހިންގާ ތަންތަނަށް ބޮޑުކޮށް ދިނުމަކީ ވަރައް ނާއިންސާފު ގޮތެއް....

    70
  4. ޢަލު

    ޢެއްމެ މަހެއްވެސް ހަމަ އަގު ނުލިބުނު. ޏާންނާތު ވޯޓ ހޯދަން

    67
  5. ޢަންސާރު

    މުދާ ދެއްވީމަ މީހުންގެ ހައްގު ކަމުން ދައުލަތް މުށުތެރެއަށް ލައި ރިސޯޓް ތަކުގަ އަޗާ ތެޅި މަހުޖަނު ކޮބާ...

    70
  6. ޏ

    ނޫނޭ! 2222ރ ވެސް ގާސިމަށް. ޢެހެންޔާފަހެ. ޢެވެސް ހިފައިގެން ހުރެވޭތޯބަލާ.

    61
    1
  7. އެޑްމުންޑޯ

    ތީ މުސާރައެއްނޫނެއްނޫން ، އެލެވެންސް އެކޭ ކިއިއްޔާ މާރަގަޅުވާނެ ، ކޮން މުސާރައެއް ، ދެހާސް ރުފިޔާގެ މުސާރަހުރޭތަ

    66
    1
  8. މާމީ

    ގާސިމަށް 2023 ހުގަ ރިއާސީ އިންތިޚާބު ޔަގީން..

    74
    2
  9. ހަސަނު

    ސިޔާސީ މަގާމުތަކުގަ ތިބި މީހުންގެ މުސާރައިން %50 ކަނޑާލީމަވެސް ޖެހޭ 100،000ރ އެކަމު ނިކަމެތި މީހާއަށް މަހަކު 2،222ރ

    14
  10. ނާނު

    މަހުޖަނުން ހާދަ އޯގާތެރިޔޭ ރައްއަތުންނަށް ހެޔޮވެރިން މި ފެންނަނީ މިގައުމަށް މިކަހަލަ ވެރި އަކު ހޯދަން ނިކުމެ އަވަހަށް

    15
    1
  11. ޔޭ

    ބަލަ ޤާސިމުގެ އަންހެނުން ނަހުލާ ބުނި ފަަޙުރު
    ވެރި ބޮޑާބަސް މަތިން ހަނދާން ހުރި ކުއްޖަކު
    ޢެބަހުރިތަ. އޭނަބުންޏެއްނު ތިމަންނައަށް ދަތިވާ
    މަދުވާ އެއްޗެއްނެތޭ. ތިމަންނައަށް ބޭނުންވާ ހުރިހާ އެއްޗެއްލިބި ފުދިގެނޭ މިހުންނަނީ.
    ޤާސިމަށް ތިއޮތީ ނަހުލާގެ ދުލުގެ ސުންޕާކަން ޖެހިފަ

    19
    1
  12. އެރުން

    ދެން ނަމަނަމަ އެއްވެސް ސޮރަކަށް ވެރިކަންހޯދަދެންކަންކަން ނުކުރާތި. ނަތީޖާވަރަށް ސާފު. ގާސިމް އާދިމާލަށް އެއްޗެތި ކިޔުމުގެ ބޭނުމެއް ނެތް. އެއީ އޭނަ ގެ ސަބަބުން މިރާއްޖޭގަ ޑިމޮކުރަސީއޭ ކިޔާ ވެރިކަމެއް މީހަކަށް ލިބުނީ އެހެން ނުންނަމަ އެކަމެއްނުވީސް. އަދި އޭގެ ފަހުން ވެސް ގިނަ ރައްޔަތުން ބޭނުން ގޮތަށްވެރިަކަން ބަދަލު ވެގެން ދިޔައީ ހަމަ އޭނަ ގެ ސަބަބުން. މިއަދު އޭނަ ޔަށް އެއްޗެތި ކިޔޭނަމަ އެކުރެވެނީ އެފައިދާ ނަގާމީހުންނަށް ކުރެވޭ ގޯސް ކަމެއް.

    10
  13. ޝަވީޒް

    ގާސިމުގެ އެންމެ ތިން ދު ހުގެ ކޮއްތާއި ޓުރެވެލިންގ ޚަރަދުވެވެސް ތި އަދަދުގެ އެތަކެއް ގުނައެއް އަރާނެ. އެކަމަކު ވީމީޑިޔާ ކުދީން މުޅިމަސް ދުވަހު 2200 ރުފިޔާއިން އުޅެން މިޖެހުނީ.. ސަހަރޯ އޭ ހިތައް އަރާ.

    12
  14. ޒާ

    މީ ވަރަށް ލަދުވެތި ނިކަމެތި ނިންމުމެއް. މިހުރިހާދުވަހު ގާސިމަށް ލުބުނުހާފައިސާއާއިމިވެރިކަން ގެނައުމަށްކޮށްދިން މަސައްކަތަށް 80 މިލިއަން ރުފިޔާ ވެސް ފޮރުވާފައި މުވައްޒަފުން ނިކަމެތިކޮށްލީ. އަދިވެސް ވެރިކަމަށް ކުރިމަތިލާނަންތަ؟

    14
  15. އައި ވޯޒް ކޮސް

    ތިވަރު އަދި ތަންކޮޅެއް ބޮޑު މަށައް ފެންނަނީ 500ރުފިޔާ އައް ހަދާލަން. މީމަށައްހީވަނީ ލަދެއް ހަޔާތެއްވެސް ތިބި ބައެއްނޫންހެން

    14
    1
  16. ކެކެޖެ

    ވެރިކަމަށް ކުރިމަތި ލައްޗޭ ކޮންމެހެންވެސް އިނގޭ!

    14
    1
  17. މޮޔަސޮރު

    މިއީ ކިހިނެތްވާ ކަމެއްބާ؟. އަހަރީ ބަޖެޓެއް ނުއޮންނަނީތަ؟ ރާނީ ކުލަބު ޗަންދާ ހެންތަ ހިންގަނީ.

  18. ވިލާގެ ރިސޯޓުތައް

    1000 ރުފިޔާ ނުދެވޭތާ މިހާރު ތާށިވެ ރަށަށް ނުދެވިފަ ތިބި ސްޓާފުނަށް ބިރު ދައްކައިގެން މިހާރުވެސް މަސައްކަތް ކުރުވަމުންދަނީ. ބުނަނީ ނިދާނެ ތަންދީފަ، ކާންދީފަ އޭ ތި ތިތިބީ އެހެންވީމަ ޖެހޭނީ މިހާރުވެސް މަސައްކަތް ކުރާށޭ. މިއުޅެނީ 1000 ރުފިޔާވެސް ނުދެވިގެން އެހެންވީމަ އަޅުންގެ ގޮތުގައި މަސައްކަތް ކުރުވާކަން ސަރުކާރުވެސް ނުދަނޭ. މިރާއްޖޭގަ ހަލަތަކީ.

    8
    1
  19. އަނހަ

    އަނހަ! އެހައްދަވަނީ ކިހިނެއް؟ ރައީސް ކަމަށް ފައި ހިއްލައިގެން ހުނަނަވާ ބޭފުޅެއްގެ ތަނެކޭ ކިޔާއަޑު އިވޭ. ތިޔަހެން ހައްދަވައިގެން ރައްޔިތުން 2023 ގަ ވޯޓެއްނުދޭނެ. ދެއްތޯ؟

    11
  20. އެކްސް

    މުޅި އުމުރު މުއްސަނދި ކަމުގައި. 3 މަސް ބަލިމަޑު ކަމަކާއި ކުރިމަތި ވުމުން ސައިޒްވީ ވަރު ދެކިބަލަ. ވިސްނާ ފިކުރު ކޮށްބަލަ. ަ

    17
  21. ޒަހީން

    ގާސިމްއަކަށް ނޭގޭ ސްޓަރފުން ގެންގުޅޭކަށް ސްޓަރފުން ރެޔާދުވާާުލުު ކުރާމަސައްކަަތުކެ ފޮނި ބޮނީ އެހެންބަޔެއް މަ ހުޖަނުގެ ނަމުގައި ބޮނޑު ފަގީރެއް މީ ހުންގެ ހަލާލު ފައިސާ ނުދީމި ހާރުު އުޅެވިދާނެ މާލަހ ހެއްނުވާނެ އެކަންފެންނާނެ، އަދިވެސް މާރޗް މަ ހުގެ މުސާރަ އިނާޔަތްނުދޭ. މަސްފެކްޓެރީއެއް އަޅަނީ. ރިސޯޓްތަަކުގަ މަސައްކަތްތައް ކުރެވޭނީ ހުއްދަ ހޯދާގެން މި ހާރުވެސް ސަންއައިލެންޑް ގަ ހުއްދަ ނު ހޯދާ މަސްފެކްޓެރީއެއް އަޅަނީ މުސާރކޮޅު ނުދީ ކޮބާ ސަރުކާރު

  22. ސަގަރު

    ގައުމުގެ އެންމެހާ ރަށްޔަތުން ވިސްނަވާށެވެ މި މަހުޖަނު ކަލޭގެ މިއޮށްފެތެނީއެވެ ހުރިހާވެސް ސިއްރަކީ ލާދީނީ ބައެއްގެ ފަހަތުގައި ﷲ ގެދީނަށް ފުރަށްސާރަކުރާއިރުވެސް ރެކެންނޫޅި އެބައެއްގެފަހަތުގައި ގާއިމުވެތިބުމެވެ ﷲ ދެއްވި ތަނަވަސްކަން ބޭކާރު ލާދީނީ ބަޔަކަށް ހޭދަކުރާނަމަ ﷲގެ ނިއުމަތް ގެންދަވާނެތެވެ .

    13
  23. ނަހޫ

    2020ރުފިޔާ ދޭގޮތަށް ހަމަ ޖެއްސި ނަމަ އެެއިރުން އަހަރާ ގުޅުވާ ލެވުނީނު

  24. އަހްމަދު

    ﷲތަޢާލާ މީހުންނައް ތަނަވަސްކަމާ މުއްސަނދިކަންދެއްވަނީ އެމީހުން އިމްތިހާނެއްކުރުމައް އެކަމުން ފެއިލްވާމީހުންނާ ކާމިއާބުލިބޭމީހުންވެސް ތިބޭނެ ކޮންމެމަހުޖަނަކުވެސް ރައްޔިތުން ގުދާރުބިންދުވައިގެން އޭގެފައދާނެގުންނޫންކަމެއް ނުކުރޭ ގާސިމްވެސް 2023 ވަނައަހަރު އަންނައިރު ރައްޔިތުންނައް ވަރައްގިނަ ވަޢުދުވަމުންއަންނާނެ

  25. ދޮންރަހާ

    މީނަގާތު ގުދުބިނދޭވަރަށް މަސައްކަތް ކުރި މީހުންނަށް ހަމަމުސާރަ ނުދެވިގެން މި އުޅެނީ އަޖައިބެއް އެކަމަކު ވެރިކަންްހޯދަން މަރުދެނީ

  26. ޒަހީނު 2

    ސަން އައިލޭންޑް އެއް ކޮޅުގަ އެގްރިކަލްޗަރ އަނެއް ކޮޅުގަ މަސް ފެކްޓްރީ . އެއްކަލަ ރަށަށް ނުދެވިފަ ތިބި ސްޓާފުން ލައްވަ. އެކަމު މުސާރަ ނުލިބޭ. ރޯދަ އެލަވަސް ވެސް ނުދިން.

    12