އިއްޔެ މާލެ އަށް ކުރި ވިއްސާރާގައި ރަސްފަންނާއި ސުނާމީ ބިނާ މައިޒާނަށް ބޮޑެތި ގެއްލުންތައް ވެއްޖެއެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ރަށްތަކަށް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ. އަދި ކަނޑުމަތީގެ ތަފާތު ހާދިސާތަައް ދަނީ ހިނގަމުންނެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، ހުކުރު ދުވަހު ކުރި ވިއްސާރާގައި ރަސްފަންނު އަދި ސުނާމީ ބިނާ މައިޒާނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ގެއްލުން ލިބިފައިވާ ތަންތަން މަރާމާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މި ވިއްސާރާގައި ރަސްފަނުގައި ޖަހާފައި ހުރި ހަޓްތައް ވަނީ ވެއްޓިފައެވެ. އަދި ސުނާމީ ބިނާގައި ޖަހާފައި ހުރި ގާތައްވެސް ވަނީ ނެއްޓިފައެވެ.

ސިޓީ ކައުންސިލުން އާއްމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ރަސްފަންނު ސަރަހައްދު ސުންނާފަތި ވެފައިވާ މަންޒަރެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދަނ ީހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރާަގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން އިއްޔެ ވަނީ މޫސުން ގޯސްވެ، ބައެއް އަތޮޅުތަކަށް އޮރެންޖް ސަމާލުވެސް ނެރެފައެވެ. މިއީ މިފަދަ ސަމާލެއް ރާއްޖޭގައި ނެރުނު ފުރަތަމަ ފަހަރެވެެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޔެލޯ މޭން

  ތި ތަންތަން ދެން މަރާމާތުނުކުރާތި. ޕީޕީ ކުދިން ގެބާރު ދަނީ....

  3
  15
  • ބޭނޭ

   ދެން ނުބައި ކުރޭ ސަރުކާރު. ބޮޑު ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކުވެސް ޕާޓީ ގެ ކުލަ ޖެހިފަ ތިބޭ މީހުން އަބަދުވެސް ނުބައިކުރާނީ އެ އިރެއްގަ އޮންނަ ސަރުކާރު.

 2. ޙައްގުބަސް

  ތިތަން ދެން ހުންނާނީ ތިހެން!! މިސަރުކާރުން ނަހަދާނެ!! ސަލްޓަންޕާކްގެ މިއަދުގެ ޙާލަތަކީވެސް އެއީ!! އެތާތެރޭ ހުންނަ އެއްޗެއް ހަލާކުވިޔަސް ނަހަދާ!! ތަން ހަލާކުވާން މިސަރުކާރުން އެވަނީ ދޫކޮށްލާފަ!! މިހާރު އެތާތެރޭވެސް އެތައް މަރާމާތެއް އެބަހުރި ކުރަން!! މިސަރުކާރުން އަޅާނުލާ!! ކަމެއްކުރަންވެސް އެނގޭ ބައެއްނޫން އެހެންވީމަ ނުވެސްވާނެތާ!! ބުރިޖާއެކު ހުޅުމާލެއާއި ދެމެދު ހަދާފައިވާ ބޮޑު މަގުގައި ޖަހާފައި ހުރި ފެންސްތަކަށްވެސް ގެއްލުންވެ ހަލާވަމުން ދާތާ އެތައް ދުވަހެއްވެއްޖެ!! މިސަރުކާރުން މަރާތުކޮށް ހަދާތަނެއް ނުފެނޭ!! މަގުތަކުން ކުނިކޮޅު ކަހާނުލެވޭ ބަޔަކަށް ކޮށްކަމެއް ކުރެވޭނީ!! ބަދަލުގެ ގޮތުގައި ދައުލަތުގެ ހަޒާނާއިން ބައިއަޅާ ވައްކަންކުރުން ނޫންކަމެއް ކުރާތަން ނުފެނޭ!! ނާގާބިލް މަތިބަރު ރޯނު އެދުރުން ގިނަ ސަރުކާރެއް މިނޫނިއްޔާ އަޅެ މިގައުމުން ދުށިންތަ؟

 3. ބޯޖަލީލު

  ތިކަމާ ސިޓީކައުންސިލް ބޭފުޅުންވާނީ އުފާ ދެން ތިތަން މަރާމާތު މިވެރިކަމުގައި ނުކުރާނެ މާލޭ މޭގަނޑު ބުނާނެ ބަޖެޓު ނެތޭ ރައްޔިތަކަށް ކަމެއްކޮށްދޭން ވިއްޔާ ރުފިޔާ ނުހުރޭ ސިފާމެން ގެސްޓުހައުސް ހަދަން ގައުމުގެ ހަޒާނާ އޯކޭ...

  20
 4. ނަައީމް

  ރައްޔިތުންނޭވިސްނާ ށެވެ ވާންހުރިހުރިހާގެއްލުމެ މިކުރިމަތި ވަނީއެވެ ނަމަވެސް މިސަރުކާރު އަދިވެސް ވިސްނަނީ ގައުމު ވިއްކާ ހުސްކޮށްލުމަށެވެ މިގައުމު އެދިގޮވަނީ ޔާމީން ރައީސްގެ ހިދުމަތަށެވެ .ރައްޔިތުންނޭވެ ވިސްނަބަލާށެވެ ރަސްފަންނުވެސް ޔާމީންގެ ވެރިކަމުގަ އެމްޑީޕީ މީހުން ކިތަށްފަހަރު ހަލާކުކޮށްލަންދިމާކުރި މިއަދު އެމީހުންގެ ވެރިކަމުގަ އެހެރަގެން ހަލާކުވަނީ

  21
  5
 5. އަލްޖިބްރާ

  ތިޔަތަން މަރާމާތު ކުރާނެކަމެއް ނެތް ! ތިޔައީ ކުރީގަ ހުޅުލޭތޮށިލުން ފަދަ ކަމެއް !

  7
  23