ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.
އެޗްޕީއޭއިން މި ހުއްދަ ދީފައި މިވަނީ، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބޭއްވުމަށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ނިންމަވާފައި ވަނިކޮށެވެ.
އެޗްޕީއޭއިން މާދަމާގެ ޖަލްސާ ބޭއްވުމުގެ ހުއްދަ މަޖިލީހަށް ދޫކޮށްފައި ވަނީ ޝަރުތުތަކާއެކު އެވެ.
އެޗްޕީއޭއިން ދޫކޮށްފައިވާ ހުއްދައިގައި ބަޔާންކުރާ ގޮތުން، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މެމްބަރަކު ޖަލްސާގައި ބައިވެރިވެގެން ނުވާނެއެވެ. އަދި ޖަލްސާކުރާ ތަނަށް ވަނުމުގައި އާއި ނުކުތުމުގައި އަދި ޖަލްސާގައި ތިބުމުގައި އެކަކު އަނެކަކާއި ދެމެދު ގައިދުރުކަން ބެހެއްޓުމަށްވެސް އަންގާފައި ވެއެވެ.
ހަމަ އެހެންމެ ޖަލްސާގައި ބައިވެރިވާ މެމްބަރުންނަށް ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ހޭންޑް ސެނެޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެ ކަމަށާއި، ޖަލްސާކުރާ މާލަމުގައި ހުންނަ ގިނައިން އަތްލާ ތަކެއްޗާއި ތަންތަން ސާފުކޮށް ޑިސްއިންފެކްޓު ކުރުމަށް އެޗްޕީއޭއިން އަންގާފައި ވެއެވެ.
އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ޢާންމު އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ އިރެއްގައިވެސް މެމްބަރުން ޢަމަލުކުރަން ޖެހޭއިރު، މީހުން އެއްތަނަކަށްގޮސް ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް މެނުވީ މިއަދުވަސްވަރު ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ.
އެ އިދާރާއިން ވިދާޅުވީ، އެންމެ އެދެވިގެންވާ ގޮތަކީ ވާޗުއަލްކޮށް ޖަލްސާ ބޭއްވުން ކަމަށެވެ.
އެޗްޕީއޭއިން މި ހުއްދަ ދީފައި ވާއިރު، އެ އިދާރާ އާއި ފުލުހުންގެ ހުއްދަ ނުލިބެނީސް މަޖިލީހަށް ހާޒިރުވުމަށް ބައެއް މެމްބަރުން ކުރިން ވަނީ ދެކޮޅުހައްދަވާފައެވެ. އަދި އެފަދަ ހުއްދައެއް ނުލިބެނީސް މަޖިލީހުގެ ޖަލްސާއެއް ތަޅުމުގައި ބޭއްވުމަކީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާދު ދަނީ މާދަމާގެ ޖަލްސާ އަށް ދިޔުމުގެ ހުއްދަ މެމްބަރުންނަށް ދޫކުރަމުންނެވެ. މި ހުއްދައަކީ އެޗްޕީއޭއިން ފުލުހުންނަށް ދީފައިވާ ހުއްދަ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ގާނޫނީ ހަމަހަމަ ކަން ނުދެވުނެވެ. ކޮންމެ ވެސް އެއް ބަޔަކު ފެއިލް ވެއް ޖެ އެވެ.
އެޗް ޕީ އޭ އަކަށްވެސް އެންމެންނަކާއެއް ނުކުޅެވޭނެ! ރައީސް ނަސީދަކީ އެމްޑީޕީގެ ލީޑަރު އިބޫ ވެރިކަމަށް ހޮވުނީ ރ.ނަޝީދުގެ ތާއީދާއިއެކު! އިބޫ ވެރިކަމުގަ ހުއްޓަސް އެހުންނަނީ ރ.ނަޝީދުގެ ފަހަތުގަ! ދެން ކޮން އެޗް ޕީ އޭއެއް! ހުއްދަނުދިންނަމަ ވާނެގޮތް އެޗޮޕީއޭގެ ވެރިމީހާޔަށް ވަރަށް ރަނގަޅަށް އެނގޭނެ!
ފެއިލްވީ މައުމޫނާއި ބަކުރު. ޣައިރު ގަނޫނީ އަމުރަށް ކިޔަމަންވީ
ހުއްދަނުދިނަސް ޖަލްސާބާއްވާނެ މުޅިމިގައުމު ހަލާކުކޮށްފި ހިތާމައިގެ ކޮޅެއްވެސްނެތް
ކީއްކުރާނީ މިގައުމު މިއޮތީ ހަމަ ރަނގަޅައްވެސް ހަލާކުވެފަ.ބަޔަކު މާރަނގަޅު ވާނެކަމަށް ދައްކައިގެން ގެނައި ސަރުކާރެއްމީ.މިވެރިން އައި ފަހުން ވީކަމެއްނެތް އެއްކަމެއްވެސް.ދެން މިގައުމުގަ ކަންކަން ކުރާނީ އަންނި ބޭނުން ގޮތަކަށް.
އަންނި އަކައް ބޭނުންހާގޮތެއް ގައުމައް ނެހެދޭނެ. ފުރިހަމަ ތާއީދާއި އެކު ވެރިކަމައް އައިސް މުޅި މަޖިލީސް ލިބުނު ދުވަހުވެސް ދައުރު ފުރިހަމަނުކުރެވޖ ވެއްޓިގެން ދިޔައީ. ވެރިކަމަކީ މާތް ރަސްކަލާނގެ ދެއްވާއެއްޗެއް. އަދި އެ ވެރިކަމެއް ލިބުމަކީ..އެކަމުގައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަން ލިބޭނެ އެއްޗެއްނޫން.
ވަޒީފާ ނޫނީ ހުއްދަ ނޫންގޮތެއް ނެތުނީ ތޯއްޗެއް. ގައުމުގެ ބޮޑުވަޒީރާ އާދައިގެ ޑިރެކްޓަރ ޖެނެރަލެއް އެއްވަރުވާނެ ގޮތެއް ނޯންނާނެދޯ.
"އަދި ޖަލްސާގައި ތިބުމުގައި އެކަކު އަނެކަކާއި ދެމެދު ގައިދުރުކަން ބެހެއްޓުމަށްވެސް އަންގާފައި ވެއެވެ."
ކޮންމެ ދެ މެމްބަރެއްގެ ދެމެދުގައި 6 ފޫޓް ބަހައްޓަވާނަންތޯ؟ އެހެން ވެއްޖިއްޔާ ތިތަނަކު އެންމެންނަކަށް ނުތިބެވޭނެ.
ނަޝީދު އުޅެނީ އެއްވެސް އެއްޗެއް ބޮއިގެންތޯ؟
އެޗްޕީއޭއަކަށް ނޯންނާނެ ރައްޔިތުންގެ މަޖްލިސްއަށް އެއްވެސް ކަމެއް ވަކި ގޮތަކަށް ކުރަން އެންގުމުގެ ބާރެއް އެއްވެސް ޤާނޫނަކުން.
ސަރު ކާރާއި އެޗްޕީއޭ ވެސް ފެއިލް ވެއްޖެ. ބޮއްޅަ ބޮޑުވަޒީރު ދެ ކެ ޞާލިހާއި މައިމޫނާ ބިރުގެންފި. ތަފާތު ކުރުން ބޮޑުވެއްޖެ.
މެމްބަރުންތަކައް ފިސާރި ގަދަޔައް ކޮވިޑު ޖެހިގެން ހޮސްޕިޓަލުތަކުގެ އައިސީޔޫތައް ފުރޭ މަންޒަރު ފެންނަކަހަލައެވެ. ގޯހަކައްވުރެ ބޮޑައް އެއީ ގައުމައް ހެވަކައްވެސް ވެދާނެ.
ތަޅާނެ ވަރަކަށް ތަޅާ ވާނެ ފިތުނައެއް ނުވަނީސް ތިހުއްދަ ދޭންނޭގުން ދޯ ކަމެއްކުރަން އިގިގެން ލިބިފަހުރި މަގާމެއް ނޫން ތީކީ ތަނުގައުޅެ މުސްކުޅިގެގެން ލިބުން މަގާމެއްދޯ މިވަރަށް ރައްޔިތުން ތެރޭ ޒުވާބު ނޫފެދެނީސް ވެސް ކުަރަންޖެހޭ މަޝްވަރާ އެއްކޮށް ތިހުއްދަދިން ނަމަ ނިމުނީނު ޙިލްމެއްނެތީ އިލްމު ހުއްޓަސް
ހުރިހާމެމްބަރުން ޖެހޭނެ މަޖިލީހައް ގެންނަން.. ކޮވިޑެއް އެހެން ވިޑެއް ނޯންނާނެ.. ބަލިޖެހުނަސް ޖަލްސާ ބާއްވާނެ.
ހުރިހާ ބާރެއް މިއޮންނަނީ އަންނި އަތުގައޭދޯ.
މިސް ކިތްތަ ހުޅުވާނުލެވެނީ އަތްދޮވެވޭނެގޮތް ނެތިގެންތަ..ސެނިޓައިޒާ ނެތިގެންދޯ...ދިވެހި ގާނޫނުގެ ބާރުވެރިފަރާތަ ކީ ކޮބައި ކަން ރައްޔިތުންނަ ސާފްވެއްޖެބާ..ރައްޔިތުމީހާ ކުޑަދަރިފުޅުގެ ނެޕީބޮޑިއެއްގަންނަން މަގުމައްޗަށް ނު ކުތުމުން ފުލުސްއޮފީހަށް..އެއްހާސްރުފިޔާގެ ޖޫރިމަނާއަ ކާ އެ ކު ގެއަށްދެވެނީ... ކޮބާ އިބުރާހިމު މުހައްމަދު ސޯލިހު އަ ކީ ރަސޫލާ ދުއާދެއްވިފަދަ މީ ހެއް ކަމަށް ހެ ކިދިން ޝޭޙުންތަ...ﷲހަޒުރަތުގަ ހެ ކިދައް ކާ ހުއްޖަތް ދައް ކިދާނެތަ އިބުރާހިމުގެ ދިފާއުގަ...އިބުރާހިމު މާތްﷲގަންދީ ކުރިހުވާގަ ބައިއަތުހިފި އެއްމެން ޒިންމާއުފަލަން ނުޖެހޭނެގޮތެ ނޯނާނެ،.ގައުމުފަނާވެއްޖެ...މިސަރު ކާރު ގެންނަން ވޯޓުދިން މީހުން ރައްޔިތުންނާ ގައުމު ސަލާމަތް ކޮށް ﷲގެހަޒުރަތުން މައާފަށްއެދި މިސަރު ކާރު ނިންމަން ނު ކުންނަނުވޭތަ...
ރާއްޖޭގަ މިހާރު އަސްލު ލީޑާ ޝިފެއް ނެތް.. އައު ރިޔާސީ އިންތިޚާބެއް އަވަހައް ބާއްވަންވީ.. ރައީސުލް ޖުމްހޫރިއްޔާއަކައް ލީޑާޝިޕެއް ނުދެއްކުނު.. ކަންކަމައް އަޅާނުލެވި އިހުމާލައް ދާމަންޒަރު މިފެންނަނީ. އަދި އުފެދިފައިވާ ލީޑާރޝިޕްގެ ހުސްކަމުގެ އެޑުވާންޓޭޖް ނަގަން މަޖިލީހުގެ ތަޅުމުގެ ރައިސް މަސައްކަތް ކުރާތަން މިފެންނަނީ. ދެއުޅިއެއްނެތް މީހަކައް ރިޔާސީ އިންތިޚާބުގެ ވޯޓުދިން ރައްޔިތުންނައް ތިޔަ ފެންނަނީ ދެވުނު ވޯޓު ނަތީޖާ އަދި ރަހަ. ގައުމައް ވަރުގަދަ ހިކްމަތްތެރި ލީޑަރެއް ބޭނުންވި ދުވަހު މިތިބަ ފެންނަނީ ކޯޗެއްތޯ.؟
ހުއްދަ ދޭނެދޯ ނުދިނަސް ބާއްވާނަމޭ އެއޮއްބުނަނީ
މިއައްކިޔަނީ ދެބޯގެރި ދުއްވުން
މެމްބަރުން ގައި ދުރުކުރާކައް ނުފެނޭ.. ކޮންމެ މެމްބަރަކުވެސް ޑޮނަލްޑު ނަޝީދު އާއި އެކު ހައިޑުރޯކުލޮރޮކުއިން ގުޅައެއް ދޮންނަންބޭނުން ކުރާވައްތަރު ބުލީޗް ކޮޅަކާއި އެކު ބޯލައިގެން މަޖިލީހުގެ ތަޅުމައް ހާޒިރުވާންވީ.
މި ޤައުމުގެ ވެރިކަން ކުރާ މީހާ ކީ ކާކުކަން އަދިވެސް ނޭގެނީތަ. އިބްރާހިމް މުހައްމަދު ސޯލިހު ކަލޭ އަށް އެއްޗެއް އެބަ ވިންސޭތަ.
މިތެޅެނީ އަވަސް އަރުވައިގެން ސިކިއުލަރ ބިލެއް ލެވޭތޯ ކަންނޭގެ....ކަލޯ އަމިއްލަޔަށް 2 ވަނަ އިލޮއްޓެއް
ފޭހި އަމިއްލަ ލޮލަށް ހަރާ ނުލައްޗޭ... ރާއްޖެއޮތީ ތިޔަ ފިކުރަށް ކުޑަވެސް ޖާގަޔެއް ދޭކަށް ނޫން...އީޔޫން ކަމަކާ މަތިކޮށް ޑލަރ ކޮޅެއް ހޯދިޔަސް ލާހިކެއްނޫން ތިކަމެއްކުރާކަށް...
ރައް ކާތެރި ކަމުގެ ހާލަތަށް ގޮއްޖައްސަވައި ޖަލްސާ ބާއްވަން މަޖިލީހުންނިންމެވީ ހުތުރު ކަންބޮޑު އަމުރުވެރިގޮތަ ކަށެވެ. ކަމާއިބެހޭ ފަރާތްތަ ކަށް ހުއްދަދޭން މަޖުބޫރު ކުރުވައި ބިރުދެއް ކުމަ ކީ ނުރައް ކާތެރި އިންޒާރެއް ކަމަށް ބެލެވޭނެއެވެ. ގައުމުގެ ހާލަތަށް ރައްޔިތުން ވިސްނާވެއްޖެ ނޫންތޯއެވެ.
ހުދަ ނުދިނަސް މައިމޫނާ ބޭރު ކޮށްފަ ވެސް ޖަލްސާ ބާއްވާނެ
އަޅެ މީހަކު ޙައިރާނެއްނުވާނެތަ ރާއްޖޭގައި ހަދާފައިވާ ޤާނޫނުތައް ފޫއަޅުވާލާމީހެއް މި އަންނިއަކީ މިޤައުމުގެ ދުވަސް ހިނގައްޖެ މި ނަޝީދު މަޖިލީހުންބޭރުކުރޭ މީނާ ކުރިމަތީގައި ރައްޔިތުންގެ އަގެއްނެތް
މަޖްލީސް ބާއްވަން އެޗް ޕީ އޭއިން ހުއްދަ ނުދެވޭނެއެވެ. ސަބަބަކީ މިއީ ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ނުވުމެވެ. ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަަަަތުގައިވެސް މަޖްލިސް ބޭއްވޭ. މެންބަރުންނަށް ވަނީ އިމްތިޔާޒްގެ ޤާނޫނުގެ ދަށުން ބާރުދީފަ. އަދި މަޖިލްސް އެއީ ދައުލަަތުގެ ބާރެއް.
މަޖްލީހުން ޖަލްސާ ބާއްވަން އެޗްޕީއޭއިން ހުއްދަ ދޭނަމަ އެއީ ބޮއްކުރާ ދޮށަށް އޮޑިކެނބުން.
އިދިކޮޅަށް ބަލިޖައްސާފަ އިންތިހާބު ކާމިޔާބު ކުރަން ޗެލެންޖުކުރި މީހުންނަށް އެކަންތައް ދައްކަވަން މެދުވެރިވާން އުޅޭހެންހީވޭ.
މިހިސާބުން ފުރަބަންދު ނިމިއްޖެކަމަށް އަހަރެން ނިންމަފިން
ވަޒީފާ ނޫނީ ހުއްދަ ކަމުގެ ބިރު އެންމެނަށް ދައްކައިގެން ހުއްދަ ޖަހައިގަތީއެވެ. ޅިޔަން ފަހަރިން މަގާމުތަކަށް ލާފައި ތިބެނީ މިކަހަލަ ޖަރީމާ ހިންގާށެވެ. މުޖުތަމައުގެ އެންމެބޮޑު ނުރައްކަލަކީ މަޖްލިހަށްވެ ނިމިއްޖެއެވެ. ހިއްވަރެއް ހުރިއްޔާ މުޒާހަރާއަށް ނިކުންނަންވީއެވެ.
އަނިޔާވެރިންނަށް އަނިޔާ ރައްދުކުރައްވާށި. ކިޔަމަންތެރިން ރައްކާތެރި ކުރައްވާށި.
ބޮޑުންނަށް ބޮޑުގޮތް.
އެޗްޕީއޭއިން ވެސް މަޖިލީހުގެ ރައީސްއެދިއްޖެނަމަ ރައްޔިތުންގެ ރައްކަލަކަށް އަޅާފައިވާ ފިޔަވަޅުތައް މުގުރާލަން ފަހެއްނުޖެހޭނެ
މަޖިލިސް ހުޅުވެންޏާ މިސްކިތްތައް ވެސް ހުޅުވެން ޖެހޭނެ. މައިމޫނާއަށް އަދި އިބޫއަށް ފެއިލްވެއްޖެ. ޢިސްތިއުފާދީފަ ގެއަށް ދޭ
އަތޮޅުތެރެއަށް މިކަން ނުގޮސްގެން ހީވަނީ ދެފަޔަށް ހިނި އަރައިގެން އުޅޭހެން. ދެން އަވަހަށް ވޯޓު ކަންތަޖާ ތެޅިގަނެ އަތޮޅުތެރެއަށް ގޮސް އެތަންތަން ސުންނާފަތި ކޮއްލީމާ ހިތައް ފިނިކަމެއް ލިބޭނީ. މި މީހުންނަކީ ބައްޔެއް ނުޖެހޭނެ މަރެއް ނުވާނެ ބައެއްތާ. ހަގީގަތުގައި ވެސް މިމީހުންތިބޭނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން. ހަލާކުވާނީ ނިކަމެތި މީހާ.
ޙުއްދަ އަށް އެދި ޚުށަ ހެޅީ ކޮން ފަރާތަކުން ކާކުބާ؟؟
ޙުއްދަ އަށް އެދި ޚުށަ ހެޅީ ކޮން ފަރާތަކުން ކާކުބާ؟؟
ޢާއްމު ރައްޔިތުންނަށް ލޮކްޑައުން، މެމްބަރުންނަށް ފްރީ. މިވީ ގޮތުން އަސްލު ލޮކްޑައުންގެ ބޭނުމެއް ނެތް. މިއަދުން ފެށިގެން ހުރިހާ މީހުންނަށްވެސް ކޮންމެހެން ކުރައްޖެހޭ ކަންތައްތައް ކުރުމަށް ބޭރަށް ދެވޭނެ. ޙުރިހާ މީހުންނަށް ވެސް ހަމަހަމަވާނެ.
ޢެޗްޕީއޭ އިން ޖަލްސާބޭއްވުމުގެ ހުއްދަ މިދިނީ އެކަމަށް އެދި ހުށަހެޅީމަބާ؟ ނުވަތަ ޖަލްސާ ބާއްވަން ނިންމީމާ ހުއްދަ ދިނީބާ؟
ނަޝީދުއާއި ހުރި މިގައުމު އެންމެނަށް މިބަލި ޖެހޭނެ
ރައްޔިތުންގެ މައްޗަށް ހުރިހާ ކަމެއްގައި ގޮތް ނިއްމުމުގެ ހުރިހާ ބާރެއް އެމީހެއްގެ ނަންވެސް ރައްޔިތުން ކުރިން ދުވަހަކުވެސް އަޑުނާހާ އެޗްޕީއޭގެ ޑީޖީ އަތްމަތީގައި. ރައްޔިތުންނަށް ބޮޑެތި އެންގުންތަށް އަންގައި އިންޒާރު ދޭން ތަސައްރަފު ނުފުދޭ މަބްރޫކަށް. މިޤައުމުގެ މީހުން ވޯޓުލައިގެން ހޮވި ލީޑަރުންނާއި، ރައްތުން ޓެކްސް ފައިސާއިން މުސާރަދީފައި ޤައުމުގެ ކަންކަމުގެ މައްސޫލިއްޔަތު ހަވާލު ކޮށްފައި ތިބީ ހަރު މީހުންތަށް ކޮބާ؟
އެހެންވީމަ ލީޑަރޝިޕް އެއް ނުފެންނަނީ. އެހެންވީމަ މިސްޓާރ ބަރުލަމާނީ ފުއްޕައިގެން ބުނާއިރަށް ބިރުން ދެކަމުއެއްފަހަރާ ހާޖަތަށް ދެވޭހާލުގައި ފުރަ ބަންދުގައި މަޖިލިސް ޖަލްސާ ބާއްވަން ޑީޖީ ހުއްދަ ދެއްވަނީ! މިޤައުމުގެ ލީޑާޝިޕް ކޮބާ؟ ރައްޔިތުން ހަވާލުކުރި މައްސޫލިއްޔަތު އުފުުނީ ކިހާވަރަކަށްބާ؟
ތިއީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދައެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުން ހުއްޓުވުމުގެ ބާރެއް ރައީސްއަށްވެސް އަދި އެހެން ފަރާތަކަށްވެސް ނޯވޭ. އެހެން ވީއިރު އާދައިގެ ގާނޫނަކުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތަށް ރައްޔިތުންގެ މަޖިލިސް ހުއްޓުވުމުގެ ބާރު އޮންނާނެ އެއްވެސް ގާނޫނީ ހަމައެއް ނެތް. ރައީސްއަށްވެސް ނޯންނަ ބާރެއް ޑީޖީއަށް ކިހިނެއް އޮންނާނީ؟
ނުދީ ކީތޯ ކުރާނީ މިއޮތީ ފެއިލްވެފަ ވާނެ ހައެއްޗެއްވަރަށް އަވަހަށް ވާނެ ހަމަރު ބަނދެގެން ބަޑުގަ ހުރި ވައިތަށް ހިންދާލައިފެން ތިބެ ސާފުމަންޒަރެއް ފެންނަން ވަރަށްގާތުގަ ވަނީ
ވިހަން ތިބޭމީހުންނަ ކަހުއްދައެއް ނުލިބި ދަރީން މަރުވަނީ ޖަލްސާބާއްވަން ހުއްދަލިބޭ....
މަޖްލީހުން މީހުންބަށް ނުފޫޒާއި ބިރު ދައްކަިގެނ ކަންކަން ކުރުން ހުއްޓަނުލާނަމަ ރައްޔިތުން ނިކުމެ ރައްްޔިތުންގެ ބާރު ދެއްކުން. ޢެއީ އެންމެ ރަނގަޅުގޮތް.
މަޖްލީހުން ބާރާއި ނުފޫޒް ބޭނުންކޮށްގެން ކަންކަން ކުރިން ހުއްޓާނުލާނަމަ ރައްޔިތުން ނިކުންނަމާތޯ. ޜައްޔިތުން މާ ބާރު ގަދަ ވާނެ.
މީނާ ދުނިޔޭގަ ހުއްޓަ ހިއެއްނުވޭ ރާއްޖެއަށް ކުރި އެރުމެއް ލިބިދާނެ ހެނެއް.. މުޅި ތަން ފަސާދަވެ ނިމިއްޖެ.......
ފަހަތުނެ ދުވެގެންވެސް ހުއްދަ ދޭތި. އާންމު މީހަކު ނުކުމެއްޖެ ނަމަ /-1000 އިން ޖޫރިމާނާ ކުރާތި.
ރާއްޖެ އަށް ފާވި އެންމެ ބޮޑު ވަބާ. ކެނެރީގޭ މުޙައްމަދު ނަޝީދު.
ނަސީދު ދަށުވެފަ ތިބެންޖެހޭނީހަމަ.
ހުއްދަދިނީބާ ނުވަތަ ބާރުގެ ބޭނުން ކޮއްގެން ހުއްދަ ހޯދީބާ؟