ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ އިތުރު 5،000 ޓެސްޓު ކިޓު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހަދިޔާކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއަށް އިތުރު 5،000 ޓެސްޓު ކިޓު ލިބިފައިވާ ކަމަށެވެ.

މީގެ ދެ ހަފްތާ ކުރިންވެސް ޑަބްލިއުއެޗްއޯ އިން ވަނީ 5،000 ޓެސްޓު ކިޓު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މަބްރޫކް ވިދާޅުވީ ލިބުނު ޓެސްޓު ކިޓުތައް މިހާރު އައިޖީއެމްއެޗްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެކުރިންވެސް ތިން ފަހަރެއްގެ މަތިން ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 5،000 ޓެސްޓު ކިޓު ހަވާލުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 20،551 މީހެއްގެ ސުންކެއް ވަނީ ނަގާފައެވެ. މީގެތެރެއިން 1،438 މީހެއްގެ ސާމްޕަލް ވަނީ ބައްޔަށް ފައްސިވެފައެވެ. ފަރުވާ ދެމުން ދަނީ 1،200 މީހަކަށެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ 232 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު