ކޮވިޑް-19 އާއި ގުޅިގެން އާ އާއްމު ހާލަތުގައި ރާއްޖެ ހުޅުވާލާ އިގްތިސޯދީ ހަރަކާތްތައް ފަށާ މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އާއްމުންނަށް ލުއިތަކެއް ދިނުމަށް ނިންމާފައިރު އެ ހާލަތުގައި އެއްވެސް ރައްޔިތަކު ފަރުވާ ކުޑަ ނުކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި މިރޭ ވަނީ އާ އާއްމު ހާލަތަކީ މިހާތަނަށް ކުރެވުނު ބުރަ މަސައްކަތް ބޭކާރުވެގެންދާ ގޮތަކަށް ދިރިއުޅުން ބައްޓަން ވެގެންދާ ހާލަތަކަށް ނުހެއްދެވުމަށް އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފަރުވާކުޑަ ކުރުމުގެ ސަބަބުން ލިބިގެންދާ ގެއްލުން އިންތިހާ އަށް ބޮޑުވެގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން މިކަމުގައި ގައުމީ އަދި ފަރުދީ ޒިންމާ އިސް ކުރެއްވުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މާލެ ސަރަހައްދުގެ ފުރަބަންދަށްފަހު އަންނަ "ނިއު ނޯމަލް" ނުވަތަ އައު ޢާއްމު ޙާލަތުގައި ޢަމަލުކުރާ ގޮތުގެ އުޞޫލްތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. ފުރަބަންދަށް ލުއިތަކެއް ދޭއިރު މިކަމުގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލާނީ ޒަރޫރީ ޚިދުމަތްތައްދޭ ސަރުކާރުގެ މުއައްސަސާތައް އެކަނި ކަމަށް ސަރުކާރުން ބުނެއެވެ.

ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި އިއުލާންކޮށްފައިވާ ފުރަބަންދު ނަގާނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެންކަމަށެވެ. އާއްމު ޙާލަތު އިއުލާންކުރާނެ ވަކި ދުވަހެއް އަދި ފައިނަލް ކުރެވިފައިނުވާއިރު، އެކަން ކުރާނީ ހާލަތު މޮނީޓަރުކޮށް ރައްޔިތުންނަށް ނުރައްކާ ކުޑަވާގޮތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތާކިހާ

    ރާއްޖޭގެ ގިނަ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ތެރޭގައި އުޅޭ ބައެއް މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގަނެގެންއުޅޭ އަބަދަކު ހަމަހޭގައި ނުތިބެވޭކުދީން. މިކުދިން ލޮކްޑައުންނަކަށް ބޮކިޑައުންއަކަށް ނުވިސްނާ. ރަށުތެޜޭގައި ތެޅިފޮޅެމުންދަނީ ހިތުހުރިގޮތަކަށް ، މި ރާއްޖެ ސަލާމަތްކުރަން ބޭނުމިއްޔާ މި " އަބަދަކުބައިގަނޑު " ހުޢްޓުވޭނެ ހާއްޞަ ބާރެއް ފުލުހުންނަށް ޤާނޫނަކަުން ދޭންޖެހޭ. ފުލުންނަށް މިކަން ވާނެ ބާބެއް ހުޅުވަދޭންޖެހޭ. މި " ހިނދުކޮޅު އައިންގަނޑު" މަސްތުވާތަކެތި ހޯދަން އިރުއަލިކަމާއި ލައިގަނެ ތެޅޭޅެޅުން ދެމޭދެމުން ހުއްޓުވަންޖެހޭ. ޝުކުރިއްޔާ ގެބެމުންދާސަރުކާރު

  2. އަލްޖިބްރާ

    ތިއީ ކަލޭ އެންމެނަށް ދެންކެންވެގެން ދައްކާ ވާހަކައެއް ! އެވަރުނޭގޭ ބަޔަކު ކަލޭ ނޫނީ ހުރިހެނެއް ހިއެއް ނުވޭ !

    3
    3
  3. ނަޒޫ

    ކޮމެންޓް ކުރާމީހުންނަށް ރަގަޅުވާނީ ހަމައެންމެ މީހަކު ދައްކާވާހަކަ ޒާތީވިއަސް ތީ ބޮޑުވަރު ގައުމު ފުޑާލާއިރުވެސް ބަރާބރު