ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށާއި، މިހާތަނަށް ކުރިމަތިވި ކަންތައްތަކަށް ސަރުކާރުން ކުރި ޚަރަދު 866.9 މިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ޢާންމުކުރާ "ވީކްލީ ކޮވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން، މިމަހުގެ 21 ގެ ނިޔަލަށް ކޮވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް މިބަލިން ރައްކާތެރިވުމަށް ސަރުކާރުން މިދިޔަ ހަފްތާގައި ބޭހާއި، ޓެސްޓް ކިޓު އަދި ޕީޕީއީ ގަތުމަށް ހޭދަކޮށްފައިވާ މިންވަރުވަނީ ކުރީ ހަފްތާއާއި އަޅާ ބަލާއިރު، 7.1 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތް ތަކަށް 567.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 139.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ތިން ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ފަންޑުންނެވެ. އެފަންޑުން މިހާތަނަށް 84.1 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ. ހަތަރު ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީންނެވެ. އެމިނިސްޓްރީން ވަނީ މިހާތަނަށް 28 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. ޓްއަރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ވަނީ 27.2 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 435.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މިކަމަށްވަނީ 169.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، ދައުލަތުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިދަނޑިވަޅުގައި ސަރުކާރުގެ ޚަރަދުތަކުގެ ތަފްސީލްތައް ހާމަކޮށް، ކޮރަޕްޝަންގެ އަމަލުތައް ކުޑަކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެމަންޖެ

    ސަރުކާރުގެ ނުކުޅެދުންތެރިކަމުން ތިވަރައްވެސް ހަރަދުވެފަ ތިޔަހުރީ.

    9
    1
  2. ހަސަނާ ހުސޭނާ

    ސާބަހޭ ޒީރޯ ޓޮލަރަނޗެ ސަރުކާރު.... ޚަރަދު ކޮށްފަ ބަހައްޓާ. ބަޔަކު މުއްސަދިވާތަން ފެނޭ. ލެޕްޓޮޕްތައް ވެސް ހިލޭ ބެހޭތަން އެބަފެނޭ. ރައްޔިތުން މިތިބީ ހޭލާ ބަލަން. ވައްކަން ވާނީ ހަމަ ވައްކަމަށް. އެފްޕީ އައިޑީ އެކޭ، އެމްއެމްޕީއާރުސީއެކޭ، ކޮވިޑްސްކެމް އެކޭ ހަމަ ވާނީ އެއްވަރެއް. ގާނޫނު ހަމަ އަރާ ހަމަކުރާނެ. އަދި ހަމަ ވައްކަމާއި ޚިޔާނަތު ގެ ބަދަލް ގިޔާމަތް ދުވަހުން ވެސް ލިބޭނެ.

    12
    1
  3. ޓައްުޕު

    ސުނާމީދުވަސްކޮޅު މައުމޫނު ތިހެންބުނިނަމަ ދިވެހިން ގަބޫލުކުރިސް ރަށްރަށުންގެނައިމީހުންނަށް ހާދަ މޮޅަށޭ ކަންތއްކުރީ

    7
    1
  4. ސޒ

    ތި ހަރަދު ކުރެވުނީ ކިހިނެއް..... ރަށްރަށަށް ނާދެވި މީހުން ތިބީ ހަމަ ތިބިތާ...... ވީކަމެއް ހަރާން.... އާން ރާއްޖޭން ބޭރުގަ ހުރި މީހުން ގެނެސް އެޅިއިރު ތާށިވެފަ ތިބި މީހުން ހުރީ ގޮތް ހުސްވެފަ. އެޗްޕީއޭ އަށް ގުޅީމަ ޕޮލިހަށް..... ޕޮލިހަށް ގުޅީމަ އެޗްޕީއޭއަށް.... އެ މީހުން ވެސް ތިބީ ވާނުވާގަ.....

    10
    1
  5. ސަޕްލައި އަހަންމައިދީ

    1 ބިލިޔަން ހޭދަކޮށްލި ކަމަށް އެބުނަނީ އެންމެ 40 ދުވަސްތެރޭ! މަށެއް ނުއެއް ބުނާނަން ސީދަލަށަ އެއިން ބޮޑުބަޔަކުން ވައްކަން ކުރީއެކޭ.

    10
    1
  6. ޢިބުރާހިމު

    ބަލަގަ މި މީހުން ބުނި ފްރޮންޓްލައިނަށް އެލަވަނސް ދޭނަމެވެސް. އެ ކަމަ ކު އެއްވެސް މުވައްޒަފަކަށް ނުލިބޭ...ހުސް ދޮގު ޖާނާ މާލު ގުރުބާން ކުރާއިރުވެސް..ދެން އިރު ކޮޅަ ކުން ބުނާނެ މިވެނި ކަމެއް އެވެނި ކަމެއް ކުރަން ސަރު ކާރުން ނިންމާފިޔޭ.. ރަމަޟާން މަސް ނިމި ހަރޯދައިގަވެސް މި ބައިގަނޑު ދޮގު ހެދުމާއި ރައްޔިތުންނަށް އޮޅުވާލުމުގަ.. އިސްލާހު ވާ ކަށް ނުވޭތަ..ނުދެވެންނާ ކީއް ކުރަންތަ މީޑިއާގަ އަނގަ ފުޅާ ކޮއްފަ ގޮވަނީ..ފާޑުފާޑުގެ ސާ ކިއުލަރ ތައް ހަދާ..

    13
    1
  7. އިބުރާހިމު

    މި ބައިގަނޑަށް ލިބޭ ވިއްޔާ ބޮޑު ކޮއް ދޯ... ކަލޯމެން އިބުރާހިމުގެ ކޮމެންޓް ތައް ޖަހާލަ ދެއްޗޭ

    7
    1
  8. ޤައްދާރު

    ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުގެ ހަރަދު 800 މިލިއަން ރުފިޔާ. ހޮސްޕިޓަލް ފެންނަން އެބަހުރި. އެކަމަކު ކިޔަނީ ކޮރޮޕްޝަންއޭ.....؟؟؟؟ ކޮވިޑް-19: ސަރުކާރުން ކުރި ޚަރަދު 866.9 މިލިއަން ރުފިޔާ؟ ހަރަދުގެ ތަފްސީލު އެބަ ބޭނުންވޭ؟