ބިރުފަހަނައަޅާ ގޮސް މިއަދުގެ އެއްވުން ފުރާލަދިނީތީ ރައްޔިތުންނަށް އައްސަރިބަހާއި ސާބަސް ދޭކަމަަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިދިކޮޅުފަރާތް ތަކުން ބާއްވަން ނިންމާފައިވާ ބޮޑު މުޒާހަރާއަަށް ތައްޔާރުވުމުގެ ގޮތުން ވާމް އަޕް މުޒާހަރާގެ ނަމުގައި މިއަދު އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާގައި ހުންނަވައިގެން މީޑީއާ ތަކާއި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ޔާމީން އެގެންދަވަނީ ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށައަޅަމުން ކަމަށާއި މިހާރު ވެރިކަމުގައި ހުންނެވީ ރައްޔިތުންގެ ތާއީދު ނެތް ބޮޑު އަނިޔާވެރިއެއް ކަމަށެވެ.

"މިހާރު ފެނިގެން މިދަނީ އަނިޔާވެރިއަކު ވެރިކަމުގައި ހުންނެވުމައްޓަކާ ކުރަމުން ގެންދާ ކަންތަތަކެއް ބައްލަވާ އިނގޭތޯ ދިވެހި ރައްޔިތުންގެ ބައިތުލްމާލު ސަލާމަތެއް ކޮއްނުދެވުނޭ, ބޮޑުވެގެންވާ ހިޔާނާތެއް ރައްޔިތުންނަށް ވެގެން ހުރި މީހެއްގެ ވާހަކަ މި ދައްކްވަނީ" އިންތި ވިދާޅުވިއެވެ.

އިދިކޮޅުފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނެތް ކަން ފާހަގަ ކުރައްވާ އިންތި ވިދާޅުވީ ރައްޔިތުންގެ މައްޗަށް ގަދަ ބާރުން ވެރިވެގަނެގެން ހުންނެވި ރައީސް ޔާމީންގެ ޕާޓީން ކޮންމެ ރެއަކު ޖަލްސާ ބާއްވަމުން ދާކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މިއަދު މުޒާހަރާ ފެށި އިރު މާލޭގެ އެމްޑީޕީ ހަރުގެ ކުރިމަތިން ފެށި މުޒާހަރާ ރޫޅައިލުމަށް ފުލުހުން ވަނީ ޕެޕޭ ސްޕްރޭ ޖަހައިފައިއެވެ.

މާލޭގެ މުޒާހަރާ ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް އެމްޑީޕީ ހަރުގެ ކުރިމަތީންނެވެ. އެމްޑީޕީގެ ތާއިދު ބޮޑުކަމަށް ބުނާ ގިނަ ރަށްރަށުގައި ވެސް މިއަދު އެރަށްރަށުގެ އާބާދީ އާއި އަޅާބަލާއިރު ގިނަ ބަޔަކު މުޒާހަރާއަކަށް ނުނިކުމެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަރުމުދާ

    އިންތި ދެލޯ އަނދިރީތޯ ނޫނީ އަވަރީތޯ

    • ޚިޔާލު

      ތިއީވެސް ވެދާނެގޮތެއް

  2. މަރީ

    ސަރުކާރު ވެއްޓިއްޖެ ދެންގެއަށްވަދޭ

  3. ރުގިއްޔާ

    ކަލޯ އަދިވެސް ވެއްޓފަ އޮތްގޮނޑީގަ އިށިންނާނެ މީހަކު ނޭގެ މަށައް މަށައް ގޮވަގޮވަ ތިތިބީ

  4. ޕޮގުބާ

    ކޮބާ ވެރިކަން ވެއްޓިއްޖެ. ސާބަސް ގައުމުގެ ވެރިޔާ ބާގީންނާދެކޮޅަށް ބާރުގެ ބޭނުންކުރަންޖެހެ

  5. އ.ޖ.އ

    އެމްޑީޕީގެ ތާއިދު ބޮޑުކަމަށް ބުނާ ގިނަ ރަށްރަށުގައި ވެސް މިއަދު އެރަށްރަށުގެ އާބާދީ އާއި އަޅާބަލާއިރު ގިނަ ބަޔަކު މުޒާހަރާއަކަށް ނުނިކުމެއެވެ.
    މީ ކަނޑައެޅިގެން ދޮގެއް.. ދޮގު ހެދިޔަސް ބޮޑުވަރު.. ހަމަ އެކަނި ލ އަތޮޅަށް ދިޔަޔަކަސް ނޭނގޭނެ ތާއީދު އޮތް ވަރެއް.

  6. ޢާދަންބެ

    . ނިކުންނަން ކިހިނެތް ކެރޭނީ ނިކުންނަ އިރައް ދެކަށިމަތި ވިއްޔަ ބިންދާލަނީ