މި ބްލޮގްގައި ޙިއްސާކުރަމުން ދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.


23:05

22:33

22:11

22:11

21:30

20:23

19:49

19:27

18:13

17:22

16:27

16:20

16:09

15:00

14:22

13:45

12:57

11:55

11:31

10:57

10:57

10:46

09:50

09:35

05:39

05:24

05:00

04:26

04:00

03:16

02:28

01:53

01:20


ކޮވިޑް-19 ނުރައްކަލާއި އެކުވެސް ޤައުމުގެ ކަންކަން ހިންގުމަށް މަޖުބޫރުވެފައިވާތީ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ރާއްޖޭގެ ފުރަބަންދަށް ލުއިތަކެއްދޭން ފަށާފައެވެ. ނަމަވެސް މި ބަލި އަދިވެސް މުޖުތަމަޢުގެ ތެރޭގައި ފެތުރުމުގެ ނުރައްކާ ބޮޑެވެ.

ރާއްޖެއިން ބަލި ޖެހޭ މީހުންގެ ނިސްބަތް މަދުވެފައި ވީނަމަވެސް، ގިނަ ބަޔަކު އަދިވެސް ބައްޔަށް ފައްސިވަމުން ދެއެވެ. އެހެންކަމުން ލިބޭ ލުއިތަކާއި އެކުވެސް ސަމާލުކަން ދޭންޖެހޭ މިންވަރަށް ސަމާލު ނުވެވިއްޖެ ނަމަ އެކަމުގެ ގެއްލުން ޤައުމަށް ލިބިގެންދާނެއެވެ.

ސަރުކާރުން އިއްޔެ ވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވައި އިއުލާނުކޮށްފައިވާ ފުރަބަންދު އެގޮތުގައި އިތުރު 14 ދުވަހަށް ދެމެހެއްޓުމަށް ނިންމާފައެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި ފުރަބަންދާއެކު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީ، ހުއްދައާއެކު ބޭރަށް ނިކުމެ އުޅެވޭ މީހުންގެ އަދަދު އިތުރުކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ބައެއް ވިޔަފާރިތައް ހުޅުވާލުމަށާއި، އެގޮތުން ސުޕަމާކެޓްތަކާއި ބޭކަރީތަކާއި ކަންމަތީ ފިހާރަތަކާއި ބޭސްފިހާރަތަކާއި ބުކްޝޮޕްތަކާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކާއި ހާޑުވެއަރ ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވެއެވެ. އަދި ބޭންކިންގެ ޚިދުމަތްތައް ފުރަތަމަ ހަފްތާގައި ތިން ދުވަހު ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހު ހުޅުވުމުގެ ހުއްދަ ދޭނެ އެވެ.

ކެފޭ ރެސްޓޯރަންޓް ފުރަމަތަ ދެހަފްތާގައި ޑެލިވަރީއާއި ޓެކްއަވޭ ޚިދުމަތާއި، ޓެކްސީއާއި ޕިކަޕްގެ ޚިދުމަތް ދެވޭނެއެވެ. ސިއްޙީ ޚިދުމަތް ދޭނެ ތަންތަކުގެ ތެރެއިން ފްލޫ ކްލިނިކްތަކަށް މީހުން ގޮސްގެން ޚިދުމަތް ލިބޭނެއެވެ. ކްލިނިކްތަކުން އޮންލައިންކޮށް ޚިދުމަތްދެވޭނެ އެވެ.

ނަމަވެސް މާލޭގެ މިސްކިތްތައް ހުޅުވާލުމާއި ސްކޫލްތައް އަލުން ހުޅުވާލުން އަދި ވަނީ މަޑުޖައްސާލާފައެވެ.

އިއްޔެ ރާއްޖެއިން ވަނީ އިތުރު 43 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ފައްސިވި މީހުންނެވެ. މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1481 އަށް އަރާފައެވެ.

ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަނަމަވެސް، މި ބަލީގައި ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު މަދެވެ. އަދި ބަލިން ރަނގަޅުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވާ ގޮތުގައި ރާއްޖެއިން މިހާތަނަށް 207 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުމަކުގައި ދުނިޔޭގެ މަޝްރަހަށް ބަލާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބަލީގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑެވެ. އެގޮތުން މިވަގުތު އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ބްރެޒިލް އާއި ރަޝިޔާ އާއި އިނގިރޭސިވިލާތުގެ އިތުރުން އަވައްޓެރި އިންޑިއާ ހިމެނެއެވެ.

ދުނިޔެއިން ދިހަވަނައަށް އަދި ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އެޤައުމުގައި ހިފެހެއްޓުމެއް ނެތި ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުންދާއިރު، ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާތަނަށް އިންޑިއާއިން 158,052 މީހަކަށް ބަލި ޖެހި، އޭގެތެރެއިން 4,534 މީހަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ 213 ޤައުމަކުން މިހާތަނަށް ކޮވިޑް-19 ފެނިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ 5.7 މިލިއަން އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 350000 އަށްވުރެ އިތުރު ވެފައެވެ. މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 2.4 މިލިއަން މީހުންނެވެ.


ކޮވިޑް-19 އާއި ގުޅޭގޮތުން އިއްޔެ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ މަޢުލޫމާތާއި ޚަބަރުތައް ތިރީގައިވާ ބްލޮގުން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު