ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުން ސުނާމީ ކާރިސާ އާއި ގްލޯބަލް ފައިނޭޝަނަލް ކްރިސިސްއަށްވުރެ ބޮޑުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު އެގޮތަށް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމާއި ދަރަނި އަދި ކާރިސީ ހިރާސް ބެލެހެއްޓުމުގައި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިކާ ސްކޮޓްލެންޑް ރިޔާސަތު ބެލެހެއްޓެވި ސެމިނާގައެވެ.

އަލީ ވަހީދު ވިދާޅުވީ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމަށް ޕެންޑިމިކްގެ ސަބަބުން ކޮށްފައިވާ އަސަރުތަކާއި ގުޅޭ ގޮތުންނާއި ރާއްޖޭގެ އިގްތިސާދު އަލުން ދިރުވުމަށް ކުރެވެމުންދާ މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި ފަތުުރުވެރިކަމަށް މި ބަލިމަޑުކަމުގެ ސަބަބުން ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އަދި މި ކާރިސާއާ ގުޅިގެން ރައްޔިތުންގެ ދިފާއުގައި ރިސޯޓުތަކާއި ޓޫރިސްޓް ހޮޓެލްތަކާއި ގެސްޓްހައުސްތައް ބޭނުން ކުރަމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ބަލިމަޑުކަމުން ސަލާމަތްވުމަށް ފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށާ އެކަމާ ގުޅިގެން އެކުލަވާލަންޖެހޭ އުސޫލުތައް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ބޭފުޅުންގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފަތުުރުވެރިކަން އަލުން ބަލުން ފަށައިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި އަލީ ވަހީދު ވަނީ ކޮމަންވެލްތު ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި ދޭދޭ ގައުމުތަކުގެ ދޭތެރޭގައި ރައްކާތެރިކަމާއި އެކީ ދަތުރުފަތުރު ކުރެވޭނެ އުސޫލުތަކެއް އެކުލަވާލުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

މި ފުރުސަތަކީ ދިވެހި މުވައްޒިފުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދީ ޖިންސުގެ ތަފާތުތައް ނައްތާލުށް ލިބުނު ފުުރުސަތެއް ކަމުގައި ބައްލަވާ އެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަލީގެމަލީ

    ދައުރު ނިމެންވާ އިރަށް ރިސޯޓެއް މިލް ކިއްޔާތުގަ އޮންނާނެ ކަމާ މެދު ސައް ކެއް ނެތް

    23
  2. ގައުމުގެ ގޮވުން

    އެހެންވެ، ބޮޑެތި ސަޅިބައިސާ ނުކަނޑަންވީ! ހަޤީޤަތާ ކުރިމަތިލައި، ރައްޔިތުންގެ އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރަންވީ! ޒާތީ ތަޢައްޞުބުން ދުރުވަންވީ! މިއީ، އެއްބައެއްކަން ހަނދާން ކުރަންވީ! ޑިމޮކްރެސީ އާއި މިނިވަންކަމުގެ ނަމުގައި ގައުމު ބައިބައި ނުކުރަންވީ! އަނބިންނާއި ފިރިންގެ ދެމެދަށް ވަނުން ހުއްޓާލަންވީ! އިސްލާމީ އުސޫލުތައް ކުރިއަށް ނެރެންވީ! ނިއުޓްރަލް ގައުމެއްގެ ގޮތުގައި މިގައުމު ބާއްވައިދޭންވީ!

    26
    1
  3. މެންބަރު

    ސުނާމީއަށްވުރެ ކަލޭމެންގެ ސަބަބުން ލިބެމުންދާގެއް ލުން މާބޮޑު.

    34
  4. ބޮއްބެ

    ހެނދުނު އިރު އެރީއްސުރެން އޮއްސެންދެން ބޭރުގެ ޤައުމުތަކުގެ ކުރިމަތީގަ އަތްދިތްކޮށްގެން ސަލާން ޖަހާލަ ޖަހާލާ؟ ދިވެހިރައްޖޭއަށް ހަމަ އެންމެ ރުފިޔާއެއްވެސް ނުލިބެނީތަ؟ މިއޮއްތަނުން އެހީއެއް އެއޮއްތަނުން އެހީއެއް.

    27
  5. ހުސޭނުބޭ

    ތަންތަނުން ލިބޭ އެހީ ދިރުވާލައިގެން އިދެގެން ހޭނެކަމެއްނެތް! އެހީ ބައިވަރު ލިބޭ! އެކަމަކު އަހަރެމެން އަޅާލާނެ މާސްކުގަނޑެއްވެސް ނުދޭ!

  6. އާދަނު

    އިރުމަތީ ފަރާތަށް ގޮސް އެންޓަނާއެއް ނަގައިގެން އިނދެބަލަ..މަ އިން މަގަށް ލަށްގަޅޭ ކިޔަން.

    14
  7. ޚިޔުން

    ކީއްވެ ބާ ފައްސި ނައްސި ވޭދަނަ ލިޔާއިރު “ޕެންޑިމިކު”ދިވެހި ބަހުން ނުލިޔަނީ!

    15
  8. ދިދަ ދަނޑި

    ބޮޑުކުރީމަ ގެއްލުން ބޮޑުވާނެ.. އެތަން މިތަނުން ދޭ އެހީއަށް ވާގޮތެއް އެނގޭ މީހަކު ނެތް

  9. ދިވެހި ދަރިއެއް

    އެހެން، ރަނގަޅު، ގެއްލުން ވާނެ ތާ، މިހާރު ކަންކަން ހިނގާ ގޮތުން. އަދި އެއަށްވުރެއްވެސް ބޮޑު ކަމަށް ފެންނާނެ ތޯއްޗެ، ބިތުފަންގި ނެގީމައި..

  10. ހަޭބަލި

    އެހީ ދިއްކޮށްލައިގެން އިންޑިޔާ އެއޮތީ، 100 ދީފަ 300 އަތުލާގޮތަށް!