މާލެ ފިޔަވާ ދެން އެންމެ ގިނަ ކޮވިޑް-19ގެ ވޭދަނަތައް (ކޭސްތައް) ފެނުނު ށ. ނަރުދޫ އާއްމު ހާލަތަކަށް ގެނެސްފިއެވެ.

އެރަށުން ކޮވިޑް-19 ފެނުމާއެކު އެރަށް އޮތީ ކަރަންޓީން ކޮށްފައެެވެ.

މިހާރު ކުރިއަށްދާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު ނަރުދޫން މޮނީޓަރިންގ ހާލަތުން އާއްމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ނަރުދޫން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 11 މީހެކެވެ.

އެރަށުން ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެރަށަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަންއެވެ. އަދި އެ މީހާގެ އާއިލާގެ ބައެއް މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު