ސައިކަލް އެކްސިޑެންޓެއްގެ ސަބަބުން ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބި، މީގެ ހިނގުމަށް ނުކުޅެދިފައިވާ އުމަރު ސަލީމް (އޮއްތޮ) އަދި ހިނގޭނެ ކަމުގެ އުއްމީދުގައި އެންމެނަށް މެސެޖެއް ދީފިއެވެ. ދެއަހަރު ކުރިން ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުން، ރަނގަޅުވެ އާއްމު ހާލަތަކަށް އަންނަން އޮއްތޮ ކުރަމުން އަންނަ މަސައްކަތް ފެންނަ ވީޑިއޯއެއް އޭނާގެ އަނބިމީހާ ފާތިމަތު ނައުފާ މިއަދު ވަނީ އާއްމު ކޮށްފައެވެ.

އޮއްތޮގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދިން އެންމެނަށް ނައުފާ މިއަދު ވަނީ ޝުކުރު އަދާކޮށްފައެވެ.

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން އޮއްތޮގެ ސައިކަލުގައި ޖެހި އެކްސިޑެންޓެއް ހިނގީ މެއި 29، 2018 ގައެވެ. އެކްސިޑެންޓާ ގުޅިގެން 17 ދުވަހު އޭނާ ކޯމާގައި އޮތެވެ. ސިކުނޑިއަށް ލިބިފައި ހުރި ބޮޑެތި ޒަހަމްތަކުގެ ސަބަބުން އޮއްތޮގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ޑޮކްޓަރުން ވެސް ފުރަތަމަ އުއްމީދެއް ނުކުރެއެވެ. ނަމަވެސް ޓްރީޓޮޕް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ދެވުނު ރަނގަޅު ފަރުވާއާއި ކުރެވުނު އޮޕަރޭޝަންގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރެވުނެވެ.

މިހާރު އޮއްތޮ ވަނީ އަމިއްލައަށް ކޮންމެވެސް ވަރަކަށް ހިނގަން ފަށާފައެވެ. އަދި ކުރިއާއި އަޅައި ބަލާއިރު ވާހަކަ ދެއްކުން ވަރަށް ބޮޑަށް ރަނގަޅު ވެފައިވެއެވެ.

މިއަދު އާއްމުކުރި ވީޑިއޯގައި އެންމެ ފަހުން އޮއްތޮ ބުނީ "އިރާދަކުރެއްވިއްޔާ އަދި އެކަނި މަ ހިނގާނަން،" ކަމަށެވެ.

އޮއްތޮގެ ވީޑިއޯ އާއްމު ކުރުން ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާ އަށް ހިތްވަރު ދެމުންނެވެ. އޮއްތޮ އަށް ހިތްވަރުދީ ޓްވީޓް ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނެއެވެ. ނަޝީދު ކުރެއްވި ޓްވީޓްގައި އޮއްތޮގެ ހިތްވަރަށް ސާބަސް ދެއްވާ އޭނާ އަށް ހިނގޭނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިމާމް

    ޔާﷲ މި ކުއްޖައަށް އަވަސް ޝިފާ މިންވަރުކުރަށްވާ ކުރީގެ ހާލަތަށް ރުޖޫއަކުރަށް ވަށި.
    އާމީން.

    103
    • ޒަކް

      އާމީން.. އޭނާގެ އަނބި ހޮއްޔެ އޭނާއަށް ވަރަށް ރަނގަޅު.. އެކަމު ވަރަށް ފޮނި ގޮތެއް ހުރޭ 2 ފަހަރަކު ބައްދަލުވި ދެން ވަރަށް ވެފަ ހުންނަނީ.. މި ވީޑިއޯތައް އާންމުކުރުމުގެ ބޭނުމަކީ އަސްލުކޮބައްޔޯ؟ މަޝްހޫރުކަން ހޯދުންތަ؟؟

      16
      10
  2. ފާތުން

    އިންޝާﷲ އޮއްތޮ ގެ އުންމީދުތައް ފުރިހަމަ ކޮއްދެވާށި.އަދި ތިކަމުގާ ނައުފާ ދައްކަމުންދާ ހިއްވަރާ ކެއްތެރިކަމައް ތައުރީފް ކުރަން.އަދި ދެފަރާތް ތުގެ ފެމެލީ މެމްބަރ އިން ކުރާ މަސައްކަތައް ވެސް ތައުރީފް ކުރަން 😊

    64
  3. އުސައިދު

    އިރާދަ ކުރެއްވިއްޔާ އޮއްތު އަށް އަމިއްލަ އަށް ހިނގާ އަދި ކުރީގެ ހާލަތަށް ރުޖޫޢަ ވެވޭނެ

    62
  4. Anonymous

    ޢޮއްތޮ އަށް އަވަސް ޝިފާޔަކަށް އެދެން.

    59
    1
  5. ޞަފާ

    ޢޮއްތޮ އަށް އަވަސް ޝިފާޔަކަށް އެދެން.

    61
  6. ާޮުޔުުޔު

    އަވަސް ޝިފާއަކަށް އެދެން.

    22
  7. Anonymous

    ﷲގެ ރަޙްމަތްފުޅުން މިޒުވާނާއަށް އަވަސް ޝިފާ މިންވަރު ކުރައްވާށި. އާމީން. ހެޔޮލަފާ ޞާލިޙް އަންބަކު ލިބުމަކީ ވެސް ދުނިޔެއިން ލިބޭނެ އެއް ނަސީބު. އަނބިމީހާގެ ކެތްތެރިކަމާއި ހިތްވަރަކީ ނަމޫނާއެއް. މުސްލިމު އަނބިންގޮތަށް ބުރުގާ އަޅާލާ އައުރަނިވާކޮށްލާނެ ކަމަށް އުއްމީދުކުރަނީ. ޢާއިލާއަށް އުފާފާގަތިކަން މިންވަރު ކުރައްވާށި އާމީން.

    27
  8. ކޮތަރު

    ފުރާނަ ސަލާމަތްކުރުން، ބަލިން ރަނގަޅުކުރުން. މިފަދަ ބަސްތައް ނުލިޔުއްވަމާ. އަޅުގަނޑުމެން އިންސާނުންނަށް ކުރެވޭނީ މަސައްކަތް. ފުރާނަ ލެހެއްޓެވުމާއި ގެންދެވުމާއި ބައްޔަށް ޝިފާ ދެއްވުންވަނީ ގަދަކީރިތި ވަންތަ މާތްﷲ އަށް. މާތްﷲ އެއަޚާ އިހުހުރި ހެޔޮޙާލަތަށް ރުޖޫޢަ ކޮށްދެއްވާށި. އާމީން.

    35
  9. ހަސަންޢަބްދުﷲ

    ސްޕީޑް ލިމިޓަށްވުރެ މައްޗަށް ދުއްވާ މީހުން އަތުލައިގަނެވޭ މަދުވެގެން 5000 ރުފިޔާއިން ޖޫރިމަނާ ނުކުރާހާ ހިނދަކު އެކަން ނުހުއްޓާނެ. އެމީހުންނާއިހެދި އެތައް ބައެއްގެ ފުރާނަވަނީ ގެއްލިފައި. އެތައް ބަޔަކުވަނީ ޚާއްސަ އެހީއަށްބޭނުންވާ މީހުންނަށް ވެފައި. ދުޢާއަކީ އޮއްތޮއަށް އަވަސް ޝިފާއެއް މިންވަރުކުރައްވައި، ކުރިން ހުރި ހެޔޮ ސިއްޙަތާއި ހާލަތަށް ރުޖޫޢަކޮށްދެއްވެވުން.

    26
  10. ޑރ.ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ތިޔައް ވުރެ މާ ބޮޑުވަރު ވެފައިވެސް އެއްކޮންހެން ރަނގަޅު ވެފައި އެބަހުރި. ޑައިޓް ވަރަށް ބޮޑަށް މުހިއްމު. ބީ.އެމް.އައި ނުވަތަ އިސްކޮޅާއި އުމުރަށް ނިސްބަތް ވާ ގޮތަށް ދެގޮތެއް ނުވެ، ބަރުދަނުގެ އިންޑެކްސް ބެހެއްޓުން ވަރަށް މުހިއްމު. ބީ.އެމް.އައި ވަރަށް މުހިއްމު. ވަރަށް ވެދުން. މާތް ﷲ ރަޙްމަތް ލައްވާށި !!!

    16
    1
  11. ޕސޓ

    އޭރުގެ ވެރިޔާ ތަފާތު ވީމަތަ މާ ކޮމެންޓު މަދީ..

    5
    2
  12. ވަރުވާ

    މާތް ﷲގެ އި ރާދަފުޅުން އަވަސް ޝިފާ ދެއްވާށި. އާމީން

  13. Anonymous

    އޮޮއްތޮ ތަ ބްލެކް ސައިކަލުގެ އެ އަންނަނީ. ތަންކޮޅެއް ބާރަށް އޭނާއަށް ވެސް އާދެވުނީ، ހަތަރު އަނގޮޅިއަކަށް މަޑުކޮށްލަންވެސް ވާނެއެއްނު. ޤަދަރުﷲ. ތެދެއް، އަނެކަކު މާ ބާރަށް އައީ ދުެއވާފަ

  14. އަހްމަދު

    އޮޮއްތޮ ތަ ބްލެކް ސައިކަލުގެ އެ އަންނަނީ. ތަންކޮޅެއް ބާރަށް އޭނާއަށް ވެސް އާދެވުނީ، ހަތަރު އަނގޮޅިއަކަށް މަޑުކޮށްލަންވެސް ވާނެއެއްނު. ޤަދަރުﷲ. ތެދެއް، އަނެކަކު މާ ބާރަށް އައީ ދުެއވާފަ