ރާއްޖޭގެ ޒުވާނުން ގައުމީ ހިދުމަތަށް ނިކުތުމުގައި ރާއްޖޭގެ ސްކައުޓުން މުހިއްމު ދައުރެއް އަދާ ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފަސްދޮޅަސް ހަތަރުވަނަ ގައުމީ ސްކައުޓު ދުވަހާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ޒުވާން ޖީލު ގައުމީ ހިދުމަތައް ނިކުތުމުގައި ސްކައުޓް މޫވްމަންޓް މުހިންމު ރޯލެއް އަދާކުރާ ކަމަށެވެ. މި ދުވަހާއި ގުޅިގެން ރައީސް ސޯލިހު ވަނީ ހުރިހާ ސްކައުޓުންނާއި، ސްކައުޓް ލީޑަރުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ ޗީފް ސްކައުޓެވެ. ރައީސް އޮފީހުގައި ސްކައުޓް އެސޯސިއޭޝަންގެ ކައުންސިލްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޗީފް ސްކައުޓުގެ މަގާމު އެމަނިކުފާނަށް އެރުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައިބޯނި

    ޝުކުރިއްޔާ،

    1
    4
  2. އަލީ

    އެހެންވެ ދެއްތޯ ސޮކައުޓް އެސޯސިއޭށޝަން އަށް އެހާފުރިހަމަ ޢީމާރާތެއް ދެއްވާފަ އެހުންނަނީ. ބާބަދިގެ އެއްވެސް އެއަށްވުރެން ތާހިރުވާނެ.

    5
    2
  3. ޑައެލޯގް

    އާން! ތިކަމަށް ތިޔަކިނބޫ ވަރަށް މޮޅުވާނެ. ތަންތަނަށްގޮސް ފޮޓޮއާއި ސެލްފީނަގަން ސްކައުޓް ކުދިން ކިނބޫހައްދާފަ ބަހައްޓާ ވަރަށް ފަސޭހައިން ހެއްދޭނެ. ސިކުނޑިއެއް ނީންނާނެ

  4. ކުރިއިޝް

    ޒުވާން ކިޔަވައިގެންގެ ތިބި މީހުން ތިބީ ވަޒީފާއެއް ނެތިފަ ގޭގަ! އިބޫގެ ސަރުކާރު ވަނީ ނަޝީދުގެ އަދި އިބޫ ރައީސް ކަމުގެ ދަހިވެތިކަންމުގެ އެކްޓިވިސްޓުންގެ ދަށުވެފަ! ދެރަވޭ ގައުމުގެ ހާލަތު