ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައި ވަނިކޮށް ގަވައިދާއި ހިލާފަށް ބޭރަށް ނިކުތުމުގެ ސަބަބުން އިއްޔެ އެކަނިވެސް 208 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޮންމެ ދުވަހަކު ފުލުހުން އާންމުކުރަމުން އަންނަ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގަވައިދާއި ހިލާފަށް ބޭރަށް ނިކުތުމުގެ ސަބަބުން އިއްޔެ މާލެއިން އެކަނިވެސް ވަނީ 195 މީހަކު ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން ހުޅުމާލެއިން 11 މީހަކާއި ވިލިމާލެއިން ދެމީހުން ގަވައިދާއި ހިލާފަށް ބޭރުގައި އުޅެގެން އިއްޔެ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއާއި އެކު ޖޫރިމަނާ ކުރެވުނު މީހުންގެ ޖުމްލަ އަދަދު ވަނީ 6293 އަށް އަރާފައެވެ. މީގެ ތެރެއިން ގިނަބަޔަކު ޖޫރިމަނާކޮށްފައި ވަނީ މާލެއިންނެވެ.

އެ ކުށް ތަކުރާރުކޮށް ބޭރުގައި އުޅެގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ ޖުމްލަ 10 މީހުންނެވެ. އެ އެންމެންނަކީ ވެސް މާލެއިން ހައްޔަރުކޮށްފައިވާ މީހުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް 355 މީހުން ހައްޔަރުކޮށްފައިވާ ކަަމަށާއި، އޭގެ ތެރެއިން 315 މީހުންނަކީ މާލެއިން ހައްޔަރުކޮށްފައިވާ މީހުން ކަމަށެވެ. އަދި ހުޅުމާލެއިން 37 މީހަކު ހައްޔަރު ކޮށްފައިވާއިރު ތަކުރާރުކޮށް ބޭރަށް ނިކުމެގެން ވިލިމާލެއިން ހައްޔަރުކޮށްފައި ވަނީ ތިން މީހެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި އަދިވެސް 139 މީހުން އެބަތިއްބެވެ.

ފުލުހުންގެ ހުއްދަ ނެތި ގެއިން ނިކުމެއްޖެނަމަ ޖޫރިމަނާކުރަމުން އަންނަނީ 1000 ރުފިޔާ އިންނެވެ. އަދި ކުށް ތަކުރާރު ކުރާނަމަ ހައްޔަރުކޮށް ދައުވާ އުފުލައެވެ.

އެހެން ނަމަވެސް އަދިވެސް މި މައްސަލައެއް އެއްވެސް ހައްލެއް ލިބިފައި ނުވުމުގެ ސަބަބުން 10،000 ރުފިޔާ އާއި ހަމަޔަށް ޖޫރިމަނާކުރުމަށް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ޖޫރިމަނާކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު ހަ މިލިއަނަށްވުރެ ގިނަ ފައިސާ މިހާރު އޮތް އަދަދުން ދައުލަތަށް ލިބޭނެއެވެ.

މަގުމަތީގައި އުޅޭ މީހުން ކޮންމެ ދުވަހަކު ޖޫރިމަނާ ކުރަމުން ދިޔަ ނަމަވެސް، ފުލުހުންގެ ހުއްދަ ނެތި މަގުމައްޗަށް ނިކުންނަ މީހުންގެ އަދަދު މަދެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާނު

    ބޭރައް ނުގޮވެސް ވާކަށް ނޯވޭ ގޮތެއް ނެތީމާ ބޭރަށް ދަނީ މަޖުބޫރު ހާލަތުގަ ޕޯޓަލް ރަޖިސްޓްރީވާ އެހާ އުދަގޫ ފޯނު ހުއްދަ ހޯދަން ފާނު ކޮށްކޮށް ވަރު ބަލި ވާ އިރުވެސް ލައިން ބިޒީ މިވަރުން ކިިހިިނެއް ޕާރމެޓް ހޯދަނީ ފަސޭހަގޮތެއް ހަމަ ނެތީ ތޯ މީޓަރު ނަންބަރު ޖެހީމަ ދެން ލިބޭ މެސެޖު ގަ ބުނަނީ މީޓަރ ނަންބަރު ގޯހޭ ދެން ރަނގަޅު ނަންބަރ އަކީ ކޮބާކަމެއް ނޭގުނު

    10
  2. ބޯގަޅިއެދުރުކަލޭގެފާނު

    ލާރި ނުލިބޭ އިރެއްގައި ވަޒީފާ ނެތް އިރެއްގައި ތިޔަ ޖޫރިމަނާއެއް ދައްކާނީ ކާކު. ޖޫރިމަނާ ނުދައްކައިގެން ގޭ ބަންދުކޮށްގެން ގޭގައި ހުންނާނީ ކާކު. ޖަލަށް ލައިގެން ކާންބޯންދީ ބޭސްފަރުވާކޮށްދީގެން ގެންގުޅެވޭނެ ވަރެއް ދައުލަތުގައި ނުހުންނާނެ. މިއުޅެނީ ބޮޑެތި ކުށްވެރިން ޖަލަށް ލައިގެން ނުބެލެހެއްޓިގެން. މާދަމާ ހެނދުނު މާފު މާފު މާފު ރައްޔިތުންނަށްޓަކައި މާފު މާފު ގޮވާނެކަން ރައްޔިތުން ދަނޭ. ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތްކަން ދަނޭ. ވަލްހަމްދުލިއްލާހި.

  3. ޏދޖދކދ

    ބަންގްލަދޭޝް ބޭފުޅުން ވެސް ތޯ