ބެލަރޫސް، ލަންކާ އަދި އިނގރޭސިވިލާތުގައި ތިބި 103 ދިވެއްސަކު މިއަދު ހެނދުނު ރާއްޖެ ގެނެސްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓުގައި، ރާއްޖެ ގެނައީ ބެލަރޫސްގައި ތިބި 48 މީހަކާއި އިނގިރޭސި ވިލާތުގައި ތިބި 23 މީހަކާއި ސްރީ ލަންކާގައި ތިބި 32 ދިވެހިންނެވެ.

ރާއްޖެ ގެނައި 103 ދިވެހިން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަރަަންޓީން ފެސިލިޓީގައި 14 ދުވަސް ވަންދެން ތިބެން ޖެހޭނެއެވެ.

މި އެންމެން ރާއްޖެ ގެނައީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އައުމަށް ބޭނުންވާ ދިވެހިން ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަނީ އިންޑިއާ އާއި ލަންކާ އާއި ނޭޕާލް، އަދި ބަންގްލަދޭޝްގެ އިތުރުން ޗައިނާގެ އެކި ސަަރަހައްދުތަކުގައި ތާށިވެފައިވާ ދިވެހިން ވެސް ރާއްޖެ ގެނެސްފައެވެ.

މި ދަނޑިވަޅުގައި ގައުމުތައް ފުރަބަންދުކޮށްފައި ހުރުުމުގެ ސަބަބުން އެކި ގައުމުތަކުގެ ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ދަތި ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. ބޭރުގެ ބައެއް ގައުމުތަކުން ވެސް އަންނަނީ އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހާތަނަށް ރާއްޖެއިން ބޭރުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ވަނި ރާއްޖެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރުޅި

    ކަލޭމެން ބޭނުންވާމީހުން ގެނެއްސަ މަތި އޮމާންކުރަން ޑޮކްޓަރުކަން ކިޔަވާ ކުދިންނޭ ބުނީމަ ހުރިހާ ކަމެއް ހަމަވީތަ؟ ޑޮކްޓަރުކަން ކިޔަވާ ކުދިން ގެނެއްސަ ރިސޯޓުގަ 2 ހަފްތާ ބަހައްޓާފަ އެމީހުން ގެޔަށް ފޮނުވަންތަ ގެންނަނީި؟؟ މަށަށް އެނގިގެން ގެނައި އެކަކުވެސް އަދި ނުދެކެން މަސައްކަތުގެ މައިދާނުގަ އުޅޭތަނެއް. ގޭގަ ނިދަން ތިބީ

  2. ދެރަކަމެއްނު