ރާއްޖެއިން އިތުރު 12 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މީގެ ތެރެއިން 11 މީހުންނަކީ ދިވެހިންނެވެ. އޭގެ ތެރެއިން 07 މީހުންނަކީ ކުރީގެ ކްލަސްޓާތަކާއި ގުޅުން ހުރި މީހުންނެވެ. އަނެއް ހަތަރު މީހުންނަކީ އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް މީހުންނެވެ. ފައްސިވި ބިދޭސީ މީހަކީ ކުރީގެ ކްލަސްޓާއަކާއި ގުޅުން ހުރި މީހެކެވެ.

މިއަދު 12 މީހުން ފައްސިވެފައި ވަނީ ޓެސްޓް ކުރި 819 ސުންކު (ސާމްޕަލް) އިން ކަމަށް އެންސީއޯގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވިއެވެ.

މިއަދަކީ މެއި މަހުގެ 03 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިއަދު ވަނީ 1841 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިބްރާހީމް

  ﷲ އަށް ޙަމްދު ކުރަން! އުފާވެރި ޚަބަރެއް!

  32
 2. ކޮތަރު

  އަލްޙަމްދުލިﷲ

 3. އަމީދުން

  ޓެސްޓުކު ރުން މަދުކޮއްލީމަ އަދުވެސް މަދުން ފެންނާނީ.. ދެން ގުނަންޖެހޭނީ މަގުމަތީގަ ނޭވާ ނުލެވިގެން ތެޅިތެޅި ތިބޭ މީހުން.. މިހާ ރު ސަ ރުކާ ރުގެ އަމާޒު ހު ރީ ކޮންމެހެން ހަގީގީ ހާލަތައް ބަލާކަށެއް ނޫން.. އޭގެ ބަދަލުގަ ކޮންމެވެސް ރައްޔިތުން ރުހޭގޮތަކައް ވާހަކަ އާއި ޚަބަ ރުތައް ބަދަލުކޮއްލާފަ ފު ރަބަންދު ނަގާލާފަ ވާއެއްޗެއް ބަލާލުމައް.

  6
  2
 4. maroshi...hanaa

  MASHA ALLAH