ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިރޭ ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ނަހުލާ ކޮމިޓީއަށް ހާޒިރުކުރަން ކުރަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ނަހުލާގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި އިތުރު ބޭފުޅުންތަކެއް ހާޒިރުކުރަން ވަނީ ނިންމާފައެވެ.

ގައުމީ ތަރައްގީ ކޮމެޓީއަށް ނަހުލާ ހާޒިރު ކުރުމަށް ނިންމާފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ސަރުކާރުގެ ގިނަ ވަޒީރުން ބައިވެރިވަމުން އަންނައިރު ވެސް ނަހުލާ އެއިން އެއްވެސް މަސައްކަތެއްގައި އުޅުއްވާތަން ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ނަހުލާ އަށް ފާޑު ކިޔަމުންނެވެ.

މީގެކުރިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ނަހުލާ ހުންނެވީ ރިސޯޓުގައި ކަމަށް ވިދާޅުވެފައެވެ. އެކަމަނާ ރިސޯޓަށް ވަޑައިގަތީ ރިސޯޓު އޯނަރުންނަށް ރިސޯޓުތަކަށް ދިޔުމަށް އޮންނަ އުސޫލުގެ ތެރެއިންނެވެ. އެކަމާއިވެސް ގިނަ ބައެއްގެ ފާޑުކިޔުން ނަހުލާ އަށް ވަނީ އަމާޒުވެފައެވެ.

ނަހުލާގެ އިތުރުން އެކަމަނާގެ ފިރިކަލުން މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވެސް ދޮޅު މަހެއްހާއި ދުވަހު މަޖިލީހުގެ ޖަލްސާ އަށް ވަޑައިނުގެން ހުންނެވުމަށްފަހު މިދިޔަ ހޯމަ ދުވަހު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަރީރާ

    ދެން އަމައްޔާތް އޯނަރު މަޖިލީހައް ގެންނަނީތަ ހަމަ ދަމާފަތަ ގެންނަނީ އަޅޭ ކާސިންބެ އައް ކިހިނެއްތަ ވާނީ ދެން

    20
    2
  2. ރައްޔަތު އަހުމަދު

    މަޖިލީހުގަ ތިބީ އޯލެވެލް ފެންވަރު ނެތް ބަޔެއް ގައުމީތަރައްގީ ރޭވީމަ ވާނެ ގޮތް ތަޞައްވަރު ކޮށްލައްވާ.!

    މިގައުމުގައި މިހާރު ގިނައީ މަތީ ތައުލީމު ޙާސިލުކުރާ ނުވަތަ ކޮށްގެން ތިބި މީހުން.. އެފަދަ މީހުން އުޅެންވާގޮތާއި ގައުމު ބިނާކުރާ ގޮތް ކިޔަން މިތިބީ އަލިބާ ނުޖަހާތިބި ގަމާރުން ތަކެއް..

    އަދިވެސް ނުވޭތޯ މިކަން ބަދަލުކުރަން.. މަދުވެގެން ތައުލީމީފެންވަރު މާސްޓަރ+10އަހަރުގެ ތަޖުރިބާ..

    އޭރުން ދޯ އެމީހަކު ދައްކާވާހަކައިގެ އެފުށް މިފުށް އެގި ވިސްނާއިގެން ދުނިޔޭގެ ހަމަޢާއި އުސޫލުގެ މަތީން ގައުމެއް ބިނާކުރަން ބަސްބުނެވޭވަރުގެ ތަޞައްރަފެއް ހުންނާނީ..

    އެލެކްސް އާއި މިތިބޭ ދެބޯގެރިން ލައިގެން މިގައުމު ވާނީ ހަމަ ހަލާކު..

    32
    1
  3. ާައަންނި

    އަޅޭ މަގޭ ލޯބި ނަހޫ.

    10
    5
  4. ޑރ.ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މިނިސްޓަރު ޢާއިޝަތު ނަޙްލާ ގެ ނަން ރާއްޖޭ ގެ ތާރީޙް ގެ ލިޔުން ތަކުގެ ތެރެއަށް ވަދެގެން ދާނީ އެތައް ދިވެހި ދަރީންއެއްގެ ރިޒްޤް ގައި ޤަސްތު ގައި އަތް އެޅި، އެތައް ބައެއް ނުހައްޤުން ވަޒީފާ އިން ވަކިކުރި އިންސާނިއްޔަތު-ކަން ކުޑަ އަންހެނެއް ގެ ގޮތުގައި !!!

  5. ހަސަނު

    ފިހާ ރައެއްގެ ވޮޗަ ރެއްގެ ވަޒީފާ ގަނޑުވެސް ލިބެނީ އޯލެވެލް ނޫނީ އެއަށަވު ރެ މަތީ ފާހެއް އޮވެގެން. އެކަމަކު މަޖިލިސް މެމްބަ ރަކަށް ވުމަށް ލިޔަން ކިޔަން ނޭގުނަސް ހެޔޮ. ކީކޭ ދެންބުނާނީ. އޭގެ ނަތީޖާ މިއަދު އަހަ ރުމެންނަށް މިފެންނަނީ.