ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީސް މީޑިއާގައި ފާޑުކިޔަމުން ގެންދާތީ ވަޒީފާ އިން ވަކިކުރި ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފު، އޭނާ އަށް ޕޯޓް ލިމިޓެޑުން ފޮނުވި ވަޒީފާ އިން ވަކިކުރިކަމުގެ ޗިޓް ފްރޭމްކޮށް ގޭގެ ފާރުގައި ހަރުކޮށްފިއެވެ.

މަގާމުން ވަކިކޮށްފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެން އޮޕަރޭޝަންސް އޮފިސަރުގެ މަގާމު އަދާކުރަމުންދިޔަ މީހެކެވެ.

އޭނާ މަގާމުން ވަކި ކުރި ކަމުގެ ލިޔުމުގައި ބުނެފައި ވަނީ، ފަހު އިންޒާރާއެކު އަޅާފައިވާ އިސްލާހީ ފިޔަަވަޅުތަކަށް އަމަލު ނުކޮށް ރައީސް ޞާލިހާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭގޮތަށް މީސް މީޑިއާގައި ފާޅުގައި ލިޔަމުން ދިއުމުގެ ސަބަބުން ވަޒީފާ އިން ވަކިކުރި ކަމަށެވެ.

އޭނާއަށް އެކަން ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ކުރިން ދީފައިވާނެ ކަމަށް އެ ލިޔުމުގައި ވެއެވެ.

އެކަމާއި ގުޅިގެން އެ ޒުވާނާ ބުނެފައި ވަނީ، މިނިވަންކަމާއި އެކީގައި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންދާ ހައްގެއް ކަމަށެވެ.

"ޖަލަށް ލިޔަސް މަރާލިޔަސް އަނިޔާ ކުރިޔަސް ހައްގު ބަސް ބުނުމައި ދުރަކަށް ނުދާނަން." އޭނާ ބުނެފައި ވެއެވެ.

ރައީސް ޞާލިހާއި، ރައީސް ނަޝީދަށް ފާޑުކިޔުމުން ސަރުކާރު މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައި ވާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދެއްވުމަށް ފަހުއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ ފެނަކަ އާއި އެމްޕީއެލް ފަދަ ކުންފުނިތަކުން އެތައް މުވައްޒަފުންނެއް ވަޒީފާ ވަކިކޮށްފައިވެއެވެ. ވަޒީފާ އިން ވަކިކުރި ގިނަ މުވައްޒަފުންނަކީ އެމްޑީޕީގެ ސިޔާސީ ފިކުރާއި ދެކޮޅު މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ރަބަރޭ

  ސާބަހޭ ދަރިޔާ
  "ޖަލަށް ލިޔަސް މަރާލިޔަސް އަނިޔާ ކުރިޔަސް ހައްގު ބަސް ބުނުމައި ދުރަކަށް ނުދާނަން." އޭނާ ބުނެފައި ވެއެވެ.

  123
  5
 2. ލާމު

  މިހާރު މިނިވަން ކަމާ އެކު ފާޑު ކިޔޭނެ އެވެ. އިބޫ އާ އަންނި އަކީ ވެސް ޓެކްސް ފައިސާ ގަ މުސާރަ ނަގާ ރައްޔިތުންގެ ހާދިމުންނެވެ.

  100
  5
 3. މާރިޔާ

  ސާބަހޭ ތީ މޭންްއެކެ....

  95
  4
 4. މޫސާ ރަޝީދު

  އަހަރެން އިސްލާމިކް މިނިސްޓްރީގައި އުޅުނު އިރު، ޑރ ޒިޔާދު ދެއްވާ ނަސޭހަތެއް ވަޒީފާއެއް ނުދިނުމުން ލިބޭ ގެއްލުމަށްވުރެ، ދީފައި އޮތް ވަޒީފާއެއް މީހަކު އަތުން އަތުލުމުގެ ގެއްލުން މާ ބޮޑުވާނޭ، އެފަދަ ކަމެއް ނުކުރާށޭ. ފަހުން މިނިސްޓްރީގެ ދަށުން ހިނގާ ހުރިހާ ތަނަކަށް އަންގާފައި އޮންނަނީ މީހެއްގެ ވަޒީފާގެ މައްސަލަތައް ސީދާ މިނިސްޓަރަށް ރިޕޯޓު ކުރަން. އެއްވެސް މުއައްޒަފަކު ނުކަނޑަން އެނގެވި.

  14
 5. ދަރަނި ދަންތުރަ

  ރަނގަޅަށް ސެކިއުރިޓީ ބަލަހައްޓާތި ތި ލިޔުން ވަގަށްނަގަން މަަސައްކަތްކުރާނެ ރީދޫ ގުރޫޕުން ސައްތަ އިން ސައްތަ ޔަގީން ، ބާރަށަށް ނަސީދު އަންނަ ހަބަރު ލިބިގެން އެރަށު މީހަކު ލަކުޑިން ބޮޑު ރާފުޅިއެއްހަދާފައި ފާލަން ކައިރީ ބެހެއްޓި ރީދޫގުރޫޕަށް މިކަން ހަޖަމް ނުވެގެން ހަނިމާދޫން ބަޔަކު ލޯންޗުގައި ބާރަށަށް ފޮނުވައިގެން އެރާފުޅި ވަގަށް ގެންދަން އުޅުނު ހަޖަމެއްނުވާނެ އޯގާތެރި ކަމާއެކު ހަރާންކޯރުވާނީ....

  95
  6
 6. ވާވާ ރަނުން ރަނަށް

  އަޅެފަހެ އަ ބު ރޯ މާބޮޑު އަބުރެއް އޮތްބައެއްތަ ކެރަފާ ޢާއިލާއަކީ ހަހަހާ!

  85
  5
 7. ހިޔަލަ

  ތިކަމާބެހޭގޮތުން އެއްޗެއްނުބުނާނަން ?

  26
  13
 8. ހިތްވަރެއްހުރިއްޔާ ތިހެންވާންޖެހޭނެ

  ތިފުރޭމް ތައްޔާރުކުރީ ހާދަހިތްވަރުގަދަ ފަހުލަވާނެކޭ ދޯ ތިފުރޭމަށް އަށްސަރިބަހާއި ސާބަސް:

  88
  4
 9. ހ މ ޒ

  ސާބަހޭ ތީ މޭންްއެކެ!

  76
  4
  • އަހުމަދު

   2013-2018 ތިހެން ވަޒީފާއިން ވަކިކުރަނީ ގުބޯއިން. މިފަހަރު ހީރޯއެއް

   5
   3
 10. މުރާދުބޭ

  ހުންގާނު ނުބައި އަތަށް ދީލާލެވި ފާލުން ކައްސާލީމަ ފާޑުވިދާޅުވާނެ ބަޔަކު ތިބެންޖެހޭނެ. މިހާވަރު ދެ ރައީސުންނަށްވެސް އެނގިވަޑައިގަންނަންވާނެ. އަދި އެފަދަ ދަނޑިވަޅުގައި ފާޑުކިޔާ އަޑުއިވުނީމަ ދެން އޮތް އެންމެ ބުއްދިވެރި ގޮތީ ނުބައި ކަސިޔާރު މަގުން ރަގަޅު މަގަށް މިސްރާބު ބަދަލު ކޮށްލުންކަންވެސް އެނގިވަޑައިގަންނަވަންޖެހޭނެ. މިއަށް ތިބޭފުޅުންވެސް ކިޔާ ބަހަކީ ސަރުކާރާއި ސަރުކާރުގައި ހިމެނޭ އެހެނިހެން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމޭ. ކޮންމެއަކަސް މިއަދު ދެބޭފުޅުން އަނެއްކާވެސް ތިހެއްދެވީ އަނެއްގޯސް ގޯސްމައްޗަށް. ދެން މިބޭނުންފުޅުވީ އަނެއްކާވެސް އެގޯހުން ކައްސާލައްވައިގެން ވެއްޓި ތެޔޮހަންދިޔަ ހިސާބުގައި ކޮންމެވެސް ދިމާލެއް މެދުވެރިކޮށްގެން ބެންޑޭޖް ކުރުވަން. އަނެއް ފިނޑިޢަމަލު. ކީއްތޯވާނީ އަމިއްލަފުޅަށް އެމުއައްޒަފާ ގުޅުއްވާފަ މާފަށްއެދިވަޑައިގަތުން. އެހެންވީމާ މިއަދު މިއިވެނީ މިސަރުކާރު އައިފަހުން ޤައުމުގައި އޮތް އިޤތިސާދުން ފެށިގެން ޢަދުލު އިންސާފުންގޮސް އަމިއްލަ މިނިވަނުންގެ ޙައްޤުތައް ޙިމާޔަތް ނުކުރެވިގެން ގޮސް ޤައުމު އެއްކޮށް ކިލަނބު ވެއްޖެއޭ. ތަންދޮރު ނޭނގޭމީހުން އުސްމަޤާމުތަކުގައި ކިޔަވައިގެން ތިބި ހަރުދަނާ މީހުންބާކީކޮށްފަ. މިހިސާބަށް ދިޔައިމާ ފާޑުކިޔާނެ. 0 ޓޮލަރަންސް ކޮރަޕްޝަނަށް އެކަމަކު އެހެނެއްނުވި. ވަރަށް ސަލާމް.

 11. ވާއު 0ޓޮލަރެންސު

  އެތައްފަހަރަކު އިޒާރު ދިނީވެސް އޮޅުމަކުން ތޯ ހަމާގަތަ ތިތިބީ ރިރަކާނުލައި މަޖާކުރީދޯ!

 12. ޢިބުރަތް

  ކުރީ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި އެކި ވަޒީފާ ތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދެއްވާނެކމަށް އިބްެރާހިމް މުހައްމަދު ޞާލިހް ވެެިކަމަށް އައުމުގެ ކުރިން ވަޢުދުވި. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއކަމަކު އެކަމެއްވެސް މިހާރު ހަނދާންނެތް. ހައެއްކަ ރީދޫ ކުދިންނަށް ވަޒީފާ ދީފަ ނިންމާލީ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއކަމާ ގުޅިގެން ފޯމް ލާން ބުނީމަ ލީ ފޯމްގެ ޖަވާބުގަ ބުނީ އެކަމާ ބެހޭގޮތުން އުފެއްދި ރިޔާސީ ކޮމިޝަނަށް ވަޒީފާ ދޭން ނުުފެނުނޭ. ކީއްވެގެން ކަމެއްވެސް އަދި މިއަދާ ހަމައަށްވެސް އަނގާފައެއްނެތް. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއ މަނިކުފާނު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއ ވަޢުދުވީ އެބުނާ ކޮމިޝަން ބުނެގެންބާ؟؟؟؟؟؟

 13. ހައްޤުވާ މިންވަރު

  ފުރޭމް ތައްޔާރު ކޮށްފައެހެރީވެސް ހަމަ ރަނުންރަނަށް ދެއްތޮ ފުރޭމް ހަމަ ހަބޭސް އިނގޭ!

 14. މީހުންވަޒީފާއިން ވަކިކުރުމަށްޓަކައި ޤާނޫނެއްވެސް ހެދީވާއު

  ފުރޭމް ފެނިފަ ހަޖަމް ނުވީކަން ނޭނގެ އޮޅުމަކުން ނޯ ވެދާނެއެއްނު ފުރޭމް ތައްޔާރު ކުރެވުނީ އޮޅުމަކުން ކަމަށްވެސް ޕަކާސް ފުރޭމްފެނިފަ ހަމަހިނިއަންނަނީ އެހެރީނު ހަތަރުފަރާތު ރަނުން ރަނަށް ހައް ހައްހައްހާ

 15. ފުރީއަ ދުމައްޙަމު

  2018 ވަނަ އަހަރުގެ ޑިސެމްބަރ އިން ފެށިގެން ފެނަކައިން ސިޔާސީ ފިކުރު ތަފާތުވެގެން މުވައްޒަފެއް ވަކި ކޮށްފައި ނުވޭ. ދޮގު މަޢުލޫމާތު ފެތުރުމަކީ މީޑިއާގެ މިނިވަން ކަމެއް ނޫން. ފެނަކައިން މުވައްޒަފުން ވަކި ކުރަނީ އިހުމާލު ނުވަތަ ޚިޔާނާތް، ނޫންނަމަ ކުންފުންޏަށް ގެއްލުންވާ ފަދަ ޢަމަލުތައްކޮށް ޚިދުމަތަށް ބުރޫ އަރާފަދަ ކަންކަން ކުރާތީ. އަދި މުވައްޒަފުންނަށް ވާނުވާ ނޭންގޭ ޙާލަތުގައި ރައްރަށަށް އަރުވައެއްވެސް ނުލާ. ސައްޙަ މަޢުލޫމާތު ނޭނގޭ ނަމަ ނުލިޔުން މާ ރަނގަޅު ކަމުގައި ދެކެން.

 16. ނަސީދު

  ޑިމޮކްރަސީ ގެ ރައިސް ކީއްމިކުރަނީ

  23
  1
 17. ޤައުމް

  ތި ޗިޓްގެ ކޮޕީ އެއް ނަގާ. ތިކަން ބަދަލުކޮށް މީހުންނަށް އޮޅުވާލުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި. ޥީމާ ތި ޗިޓްވެސް ވަގައް ނެގުމަކީ ދުރުކަމެއް ނޫން

 18. ޙެހެހެ

  ތި ދެން ފޭކް ވާހަކަ .... ދން ސަރުކާރު ކުންފުންޔަކުން ތިހެން ކިޔާފަ މި ޒަމާނުގަ ލިޔުން ފޮނުވާނެތަ....އަމިއްލަ އަށް ޖައްސާގެން އުޅޭ ސްޓަންޓެއް

  1
  2
 19. ބާރީ ނުކިޔަވާ

  ނުކިޔަވާ ހުރި އަދި ރައްޔިތުންނާ ލިޔެގެން ނޫނީ ވަހަކަ ދައްކަންނޭގޭ އަދި ބޭރުމީހަކާ ވެސް ލިޔެފަ ދޭ އެއްޗެއް ނޭގުނަސް އަދި މާނަ ނޭގުނަސް ކޮށައިގެން ހަމައެކަނި ކިޔާ މީހަކު ރައްޔިތުން ވަޒީފާއިން މި ވަކި ކުރަނީ ނުކިޔަވާ ހުރި ޖާހިލެކޭ ބުނެގެން. ބަލަ ތީ ޖާހިލެކޭ މި ބުނަނީ.

 20. ނައީމާ

  ފޭސްބުކް ފްރެންޑްއަކަށް ވާން ބޭނުން. ޢެޑް ލިބިދާނެތަ

 21. ސިޔާސީވިޔަސް މިވަރުކަމެއް އަދިނުދެކެން

  ތިފުރޭމް ފެނިފަ މަގޭ ހިނިގަޑު މަތަކުރަން އުޅެއުޅެނުވި ހަމަ ޕަސްކިޔާފަ ފަޅައިގެ ދިޔައީ އެހެއްޏާފަހެ އަދިމާގިނައިރުތަކެއް ނުވޭވިއްޔަ ރަނުން ރަނަށް ޤާނޫނު އިސްލާހުކިރިތައް މީދެން ފުކެއް ބޮޑުވަރެއް ނޫތޯ ހަމަ ހިނި އަންނަނީ ހައް ހައް ހާ ސޮރީ އިނގޭ ގަސްތަކުނޫން ހާނދާނެއްގަވެސް މިވަރަކަށް ހިޏެއް ނާދޭ ހިނިނާނަވަރެއް ތޯ އެފުރޭމްގެ ހަތަރުއަރިމަތީގައި ވެސް އެހެރީހަމަ ރަނުންރަނަށް ވިޔަ ހާހާހާހާހާހާހާހާހާހާހާ!

 22. ޑައެލޯގް

  ފިނިހަކަ ސްޕީޑުގެ ސަރުކާރަށް ކުރެވޭނެ ކަންކަންތިކުރަނީއެވެ. މަޖިލިސްގައި މެމްބަރުންލައްވައި އަނިޔާކުރުން، ދެންބުނަނީ ޕީޕީއެމް ވެރިކަމުގަވެސް ރީދޫމެންބަރުން ފާރުމަތިން ބޭރުކުރިޔޯ، އެކަމު ބޭރުކުރިއްޔާ ކޮށްފައޮންނާނީ ޗާޓުންބޭރަކުނޫނެވެ. ޗާޓުންބޭރުން ކަންކުރާމީހަކީ މަޖިލިސްރައީސްއެވެ. ބޭރުކުރުމަށް ކަމާބެހޭ ގާޑުންލައްވައި ބޭރުކުރިނަމަ މިހެންނުލިޔާނަމެވެ. އެއިރު ރީދޫމެންބަރުން މަޖިލިސްގައި ޖަލްސާއެއް އޮންނަދުވަހަކު ނުދާނެމަޖިލިހަކަށް ދެން ޖަލްސާ ނޯންނަދުވަހު މަޖިލިސްއަށް ވަންނަންބޭނުންވެގެން ދިޔައީމަ ބޭރުކުރީ އެއީވެސް ޗާޓުގެތެރެއިންނެވެ.

 23. އާދަން

  ދޮންވެއްޖެ.ދެންވެއްޓޭނީއެވެ.މިއީ ޠަބީޢީ ޤާނޫނެވެ.

 24. އިއްބެ

  ޖާހިލުންގެވަޢުދުގައި އަގެއްނެތެވެ.

 25. ސީނު

  ގުންޑާއިންގެ އެތެރެކޮއިލު ތިއަހަރަގެން ބިތުފަންގި ނެގެނީ
  އެވެ އަސްލު ސިފަ ފާޅުވާން ފެށީއެވެ. ޑިމަކްރަސީގެ ނަން
  ބޯޑް ބޭނުންކޮށްގެން ރައްޔިތުންގެ ބޮލަށްސަވާރުވާން ދެއްކި
  ހުވަފެންތައް ބިލާހަށް ވަނީއެވެ އޭ ސަހަރޯއެވެ ހުރި ހިތާމަ
  އެއްގެ ބޮޑުކަމާއެވެ އަހަރެމެންނަށް މިކުރެވުނީ ކޮންފަދަ ބޮޑު
  މޮޔަކަމެއްބާއެވެ.