މަންދު ކޮލެޖްގެ ލެކްޗަރާއަކަށް ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

މަންދު ކޮލެޖުން ވިދާޅުވީ ކޮލެޖުގައި ބިޒްނަސް ފެކެލްޓީގެ ސީނިއާ ލެކްޗަރާ ޑިިނީ ޗަކޯ މަރުވީ އިންޑިއާގައި ހުއްޓައި ކަމަށެވެ. ޑިނީއަކީ ދިގު މުއްދަތެއް ވަންދެން އެ ކޮލެޖަށް ހިދުމަތް ކުރި ލެކްޗަރާއެއް ކަމަށް ވެސް މަންދު ކޮލެޖުން ވިދާޅުވިއެވެ.

ޑިނީއަކީ ކޮލެޖްގެ ރަހްމަތްތެރިންނާއި ދަރިވަރުން ދެކެ ލޯބިވާ ވަފާތެރި މުވައްޒަފެއް ކަމަށް ވެސް މަންދު ކޮލެޖުން ވިދާޅުވިއެވެ.

ޑިނީއަކީ ބުރަ މަސައްކަތްތަކެއް ކުރާ ލެކްޗަރެއް ކަން ފާހަގަކޮށްފައެވެ.

"މި ފުރުސަތުގައި (ޑެނީގެ) އާއިލާ އަށާއި ރަހްމަތްތެރިންނަށް ތައުޒިޔާ ރައްދު ކުރަން،" މަންދު ކޮލެޖުން ވިދާޅުވިއެވެ.

އިންޑިއާއަކީ ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ އެއް ގައުމެވެ. އެ ގައުމުގައި މިހާތަނަށް 262,646 މީހަކަށް ބަލި ޖެހުނު އިރު، 7,372 މީހުން ވަނީ މަރުވެފައެވެ. މި ބަލިން މިހާތަނަށް 127,302 މީހުން ރަނގަޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޮކޮރު ޖިންނި الحمد الله

    އަލްހަމްދު ﷲ
    ﷲ اكبر