މި ވަގުތަކީ ރައްޔިތުންގެ އެދޭ ބަދަލެއް ފުލުހުންގެ މުވައްސަސާއަށް ގެނެސް ފުލުހުން ރީފޯމް ކުރަންވީ މުހިންމު ވަގުތުތަކަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިއަށްދާ ކަމީ ލިބޭ އުފަލެއް ކަމަށެވެ. ފުލުހުންގެ ބިލު ގާނޫނަކަށް ވާއިރު ފުލުހުންނާއި ގުޅޭ ކަންކަން ފުރިހަމައަށް ތަރުތީބު ކުރެވި، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަށް ފުލުހުންގެ ކަންކަން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހި ރައްޔިތުން އެދޭ ފަދަ ހިދުމަތްދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މި ވަގުތަކީ ރައްޔިތުން އެދޭ ބަދަލު ގެނެސް ފުލުހުންގެ މުއައްސަސާ ރިފޯމު ކުރަންވީ ވަގުތު ކަމަށެވެ. މިއަދު މަޖިލީހުގައި ވަނީ ފުލުހުންގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިޔަށް ގެންގޮސްފައެވެ. މި ބަހުސްގައި ފުލުހުން ކޮށްފައިވާ އަނިޔާތަކުގެ އެތައް ވާހަކަތަކެއް މެންބަރުން ވަނީ ދައްކާފައެވެ. މީގެއިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހުންގެ ތެރޭގައި ބޮޑެތި ޖަރީމާތަކުގެ އަޑީގައި ތިބި މީހުން ތިމި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ވަކިން ހާއްސަކޮށް މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ވައްކަން އެމްއެމްޕީއާރްސީ ވައްކަމުގެ މައްސަލަައިގެ ތަހުގީގަށް ފުލުހުން ހުރަސް އަޅާ ކަމަށާއި އެ މައްސަލާގައި ޝާމިލުވާ ފުލުހުންގެ ތެރޭގައި އަދިވެސް އެބަ ތިބި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި އެ ފުލުހުން ސަސްޕެންޑު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އެމް ޝަމް

    ފުރަތަމަ އިމްރާން ރިފޯރމް ވާންވީ

    49
  2. ޖުހާ

    އެމް.ޑީ.ޕީ ގެ ވެރިންނަށް ކީއްވެތޯ ނުވިސްނެނީ.. ކޮޮންމެ ފަހަރަކު ވެރިކަން ލިބޭ އިރަށް ޖުޑިޝަރީ އަދި ފުލުހުންނާ ކުޅެން ހަދާތީ ކަންކަން ގޯސްވަނީ...އެނޫން ހަމަ އެހެން އެއްވެސް ކަމެއް ދެން ނެތްތަ ރަނގަޅު ކުރާނެ... އެކަމު ބަގާވާތް ކުރުމާ މަވެސް ދެކޮޅު

    34
    • ހާޑިންހަމް

      މިފަހަރު އެމްޑީޕީއޮތީ ފިސާރި ތައްޔާރުވެގެން... ފުލުހުން ވިޔަސް ސިފައިން ވިޔަސް ޖުޑީޝަރީއަކަސް އެއޮތީ ޗޭނު ޖަހާ މަތަކޮއްފަ. ދެން ހެދޭކައް އެއްޗެއް ނޯންނާނެ. އިންތިޚާބެއްގެ ވޯޓު މައްސަލައެއް ޖެހިގެން ސުޕުރީން ކޯޓައް ދިޔަޔަސް ނިމޭނީ އެމްޑީޕީ ބޭނުންވާގޮތަކައް.. ފުލުހުން ތަހުގީގު ކުރިޔަސް ހަމަ އެގޮތައް.. މަޖިލީހައް ދިޔަޔަސް ހަމަ އެގޮތައް.. ސިފައިން އެތިބީ މާރިޔާ ގެ ދެފައިދަށައްލާފަ. ދެން ލަލަލާ.

      16
      3
      • ޚަލިދު

        މަލަކަލްމައުތުގެފާނު އައީމާ ނިކަން އެމްޑީޕީ ބޭނުންގޮތެއް ހަދާބަލަ

  3. އެމީހާ

    ފުލުހުންގެ މުއައްސަސާ ރިފޯމުކުރީމާ އެތާތިބޭނީ ދިވެހިންނެއްނޫންދޯއެވެ. ކޮންމެބަޔަކުތިއްބަސް ޤައުމުގައި ވައްކަމާއި މާރާމާރީހިންގައި އިސްލާމުދީނާއި ޤައުމުގެ އަމާންކަމާއި މިނިވަންކަން ދަމަހައްޓަންކުރަންޖހުނު ކޮންމެކަމެއްކުރާނެއެވެ. އެއީ މީހުންހިފާހައްޔަރުކުރަންޖެހުންކަމައްވިޔަސްމެއެވެ. އެވަޤުތު އެއީ އެމްޑީޕީ މީހެއްތޯ އެހެންމީހެއްތޯ ނުބަލާނެއެވެ. ޕޮލިސްރިފޯމުކުރާއިރު ޤާނޫނުގައި ކޮނމެކުށެއްކުރިޔަސް އެމްޑީޕީ އިސްތިސްނާ ކުރާށެވެ. އޭރުންރިފޯމުވީއެވެ.

    20
    1
  4. ސަޓޯ

    އެމްޑީޕީ އިން ހިންގާ ލާދީނީ އަމަލުތަކާ ޖަރީމާތަކަށް ޗެލެންޖު ކުރެވޭ ވަރުގެ ފޯސްއެއް އޮތީ ހަމައެކަނި މޯލްޑިވްސް ޕޮލިސް ސަރވިސްގައި . އެހެންވެ އެމީހުން ކޮންމެފަހަރަކު ޕޮލިހުންނާއި ކުޅެން އެއުޅެނީ..

    21
    1
  5. ދޮންބެ

    ރިފޯމްކޮށްނިމޭ އިރު ހޯމް މިނިސްޓަރ އަކަށް ޢިމްރާނެއް ނުހުންނާނެއެވެ.

    34
  6. އަޒްމާން

    އިމްރާނަކައް ނޭނގޭނެ ފުލުހުންގެ މުއައްސަސާތަކަކީ ކިހިނެތް ކޮންގޮތަކައް ބައްޓަން ކުރަންޖެހޭ ތަންތަންކަން. އިމްރާނަކީ ޕޮލީސިންގެ ދާއިރާ ކިޔަވައި ލޯއެންފޯސްމެންޓުން މަތީތައުލީމާއި ޓުރެއިނިން ލިބިފަ ހުރިމީހެއް ނޫން. އިމްރާނު ޖެހޭނީ މީހުންގެ ބަހައް ނޭނގިހުރެ ކަންކަން ކޮއް ނިންމަން. އެއީ ވަރައް ނުރައްކާތެރިކަމެއް. އެހެނީ ކައިރީގަ ތިބޭބަޔަކު އިމްރާނައް އޮޅުވާލިޔަސް އެކަން ނޭނގޭނެތީ. ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަންވާނީ ލޯއެންފޯސްމަންޓު ނުވަތަ އެޔާއި ގުޅޭ މަތީތައުލީމާއި ޓުރެއިނިން ލިބިފަހުރި އަދި ތަޖުރިބާ އެދާއިރާގައި ގިނަ ނަޒާހަތްތެރި މީހެއް. އިމްރާނަކީ ކޮންޓުރޮވާޝިއަލް ޕޮލިޓިކަލް މީހެއް.. ވީމާ ގައުމައް ހެޔޮ އެދޭކަމުގައިވާނަމަ ތިޔަ މަގާމައް އެކަށީގެންވާމީހަކައް މަގާމު ދޫކޮއްލާފަ، އެމީހަކުލައްވާ މުއައްސަސާ ރަނގަޅައް ރިފޯމް ކުރުވާށެވެ. އެހެން ނޫނީ ތިމާ އަކީ މާމޮޅު ޝެފެއް ކަމައް ދެކިގެން މޮޅުކެއްކުންގަނޑެއް ކައްކައި މީހުންނައް ކާންދީގެން މީހުންގެ ބަނޑުދިޔާވެ ބަލިވެދާނެއެވެ.

    21
    1
  7. ޑެޑީ

    އެމްޑީޕީ މެމްބަރުންނޭ މިވަގުތު ބަޢާވަތޭ ކިޔުމަށްވުރެ މުހިމްމީ ރައިޔަތުން މިތިބި ނިކަމެތިހާލަތުން އަރާގަނެވޭތޯބެލުން ރައިޔަތުން މިތިބީ ނުކާނުބޯ މިހެން ބުނީމަ ތިބޭފުޅުންނައްވާނީޖޯކަކައް އެއީ ތިބޭފުޅުން ތެތިބީ އުސްއިމާރާތުގައި ވަރަށްމީރުކޮއްކައިގެން އެކަނަކު އަރާތިބެ މިކިޔަނީ ނިކަމެތިރައިޔަތުންނޭ މިހެން ކިޔާއިރު އެނިކަމެތިން އެތިބީވަންނާނެބޯހިޔާ ވެހިކަމެއްނެތި ނުކާނުބޮއި ޔާމީނު ދިން ކޮތަރު ކޮށިދިންނަމަމެސް ތަންކޮޅެއް ހިންހަމަޖެހުމެއް ލިބުނިސް ވެރިންނޭ ރައިޔަތުން މިތިބީ ވަރަށްހާލުގައި ތިބޭފުޅުން ވިސްނާލައްވާ މީވަރަށް މުހިމްމު ވަގުތުކޮޅެއް

    17
  8. ޔުއަން

    މިހާރު މަޖިލީހުގެ ރައީސް އެ މަސައްކަތްކުރަނީ ޖުޑިޝަރީ މުގުރާލިގޮތަށް ޕޮލިހުންގެ ފަހަތުން ދުވައް، މިމަހުގެ2ގައި މަޖިލީހުގައިހިންގި ޖަރީމާއަށް ފަސްއަޅަން ނުފޫޒުފޯރުވަން ނަޝީދު ޕޮލިހުންނާ ޖައްސަލާނެކަމެއްނެތް

    19
  9. ޟާރިޔާ

    މާލަސްވެއްޖެ! ތަންދޮލު ނުފިލާ ނާގާބިލު މީހުން ބޭރުކުރޭ ޕޮލިސްއިން ޕޮލިހުންނައް އިތުބާރެއްނެތް!

  10. ކަރުނަޔާނުލާ

    ރިފޯމެއް ތުނބުޅިފޯމެއް ކިޔާނެކަމެއް ނެތް މަޖިލީހުން ހިންގި ގައިރުގާނޫނީ ތަޅާފޮޅުން ނުބަލާ އިމްރާނަކަށް މިއަދު ސަލާމަތެއްނެތް .........

  11. ބޭރުމީހާ

    އިމްރާނެވެ. ތިބޭފުޅާ މިވަގުތު ފުލުހުންގެ މުއައްސަސާ ރިފޯމް ކުރާށޭކިޔާއިރު ތިޔަކިޔޭ އެއްޗެއް ތިބޭފުޅާއަށް އެނގޭބާއެވެ. ތިވާހަކަ ތިފަދައިން ދައްކަންވީ އެހެންމީހުންނެވެ. ތިބޭފުޅާއެއް ނޫނެވެ.
    ތިޔަ ކިޔާއެއްޗެއްގހެ މަޠުލަބު ކުޑަކުއްޖާއަށްވެސް އެބަ އެނގެއެވެ. ތިޔައީ އަސާސީޤާނޫނު ބަދަލު ކުރަންވީމާ އިދިކޮޅު މެމްބަރުނެގެ ވޯޓު ހޯދަންވެގެން ނަޝީދު، ޔާމީނު ސަލާމަތް ކުރަންއުޅުނުހެން، އިއްޔެ މަޖިލީހުގައި ހިނގާދިޔަ ޖަރީމާ ބެލުމަށް ހުރަސްއެޅުމަށް ފުލުހުންނަށް ބިރުދައްކަނީއެވެ. ދިވެހި ފުލުހުންނެއް ތިގޮތަކަށް ޑަރެއް ނުޖަހާނެ ކަމުގެ ޔަގީންކަން ތިބޭފުޅާއަށްދެމެވެ!

  12. ޝަންނާ

    އިމްރާންވީ ހަމަ އަވަހައް އެމްޑީޕީއަށް ސޮއިކުރަން.

  13. އައްޔު

    އަބަދުވެސް ފުލުހުންނާއި ސިފައިންނަކީ ބައެއްނޫން ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންދިޔައީ އެއްބައެއް އެމީހުންގެ ނަޒަރިއްޔާތުން ދުވަހަކުވެސް ފުލުހުންނާއި ސިފައިންނަކީ ރަނގަޅުބައެއްނޫން ރިޕޯމް ކީއްކުރަން އޯމޯލާފަ ދޮވުނަސް ގަބޫލެއް ނުކުރާނެ. އެހެނެއްނޫން އެމީހުންގެ ފަޅިއަށްގޮސް އެމީހުންނާއި އެއްތަށިންކާން ފެށުމުން އޯކޭވާނެ އެވާނީ ޤައުމީ ފުލުހުން ނުވަތަ ޤައުމީ ސިފައިންނަށް. އަބަދުވެސް ރިޕޯމެއްގެ ވާހަކަ ދައްކާއިރު ހަދާނަށް ގެންނަން އެބަ ޖެހޭ ފުލުހުންކުރާ ނޭދެވޭ ކަންތައްތައް ބެލުމަށް ނުވަތަ ފާރަވެރިވާނެ އެތަކެއް މުއައްސަސާތަކެއް ޤާނޫނު އަސާސީގެ ދަށުން އުފެދިފައިވާއިރު އެއިން އެއްވެސް މުއައްސަސާއަކުން ފުލުހުންގެ މުއައްސަސާ ރިޕޯމަކަށްދާން ގޮވާފައި އަދި ނުވިތާކަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް މީގެ ކުރިންވެސް އަދި މިހާރުވެސް އާއްމުންނަށް އިނގޭނެހެއް ލިޔެ އާއްމުކޮށްފައިނުވާކަމީ ފުލުހުންގެ މުއައްސަސާ ކުރިއަށްދަނީ ރަނގަޅަށް ކަމުގައި ބުނެވިދާނެ ސިޔާސީ މަންފާއަށް އަބަދު ރިޕޯމްގެނަން ހިމަނައިގެން ފުލުހުންނާއި ސިފައިން ގަނަތެޅުވުމަކީ ހައްލުތޯ؟ ނުވަތަ ރިޕޯމަކަށްދާން މިނިވަން ބަޔަކު ލައްވާ އެސެސްމެންޓެއް ނުވަތަ ސްވަޓް އެނަލިސިސްއެއް ހެދިތޯ؟ ހެދިނަމަ އެޔަކީ ފޮރުވަންޖެހޭނެ ކަމެއްނޫން އާއްމުންނަށް އިނގެންޖެހޭނެ ކޮބައިކަން ރިޕޯމްގެ ނަމުގައި ގެނައި އިސްލާހުތަކަކީ މާދިގުވެއްޖެކަންނޭގެ ކުރުކޮށްލާނަން ޝުކުރިއްޔާ