ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ނަމަ މަޖިލިހުން ރުހުން ހޯދަން ޖެހޭ ގޮތަށް ހަމަޖައްސަން، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާތާ 48 ގަޑިއިރު ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން ވާނެ ކަމަށެވެ.
އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ހިމެނޭނެހެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
އެ ބިލު ހުށަހެޅުއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް އިންތިޒާމްކުރުމަށާއި އަދި މިހާރަށް ވުރެން ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށް ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ.
އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާ ބާއްވާނެ ގޮތްތައް އިތުރަށް މިހާރަށް ވުރެން ބޮޑަށް ސާފުކުރުން ވެސް މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ އާންމު ސިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެ ނަމަ ހޭދަ ކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ވަގުތެއްގައި އެފަދަ ނުރައްކަލެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެން ކުރަންޖެހޭ ހޭދަ އިތުރުވާނަމަ، ފައިސާ ބޭނުންވާ މިންވަރެއް، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސިއްހީ ކުއްލި ނުރައްލާ އިއުލާނު ކޮށްފައިވީ ނަމަވެސް ވަކި ކަންތައްތަކެއް ކުރުމުގެ ބާރު މަޖިލީހަށް ލިބޭނެ ކަމަށް އެ އިސްލާހުގައިވެއެވެ. އެގޮތުން ކުއްލި ނުރައްކާ އުވާލުމުގެ ބާރު އެ އިސްލާހުން މަޖިލީހަށް ވަނީ ދީފައެވެ.
އެ އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރުގެ ވަކި ބައެއް އަދި މުޅި ގަރާރު އެކުގައި ފާސްކުރުއި މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުއްދަތު އިތުރުކުރުމާއި، ގަރާރު ބާތިލުކުރުން އަދި މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުމުގެ ބާރު މަޖިލީހަށް ވަނީ އެ އިސްލާހުން ދީފައެވެ.
ދެމަފި ރިން ރޭކު ރަންވެސް ވާނީ ކަލޭމެންގެ ރުހުން ހޯދާގެންނޭ ކިޔާފަ ބިލެއްފާސްކޮއްބަލަ ތިވަ ރުން ދަންނާ އުދުޅި ނުލާނެ އެއްތަނެއްވެސް ކަލޭމެނަކައް ނޯއްނާނެ ކޮންފަދަ ނޮހޮ ރުއްޕާނެއް
މަޖިލިސް އުވާލަންވެސް ވާނީ ގަރާރަކުން ފާސްކޮށް އަދި 2/3 ގެ އަޣްލަބިއްޔަތު ލިބިގެން ކަމަށްވެސް ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަންގަން ޖެހޭނެކަމަށްވެސް ތިޔަބިލުގަ ހިމަނަން ކޮންމެހެންވެސް ޖެހޭނެ.
މާތްކަލާކޯ އަތްނުބާނާ އެކައްޗެއްވެސް ނެތް.
ތިވަރުން ދަންޏާ ދުވަސް ކޮޅެއް ފަހުން ރައީސް އަށް އޮފީހަށްވެސް ވަދެވޭނީ މަޖްލިސްގެ ރުހުން ލިބިގެން ހެން ހީވަނީ
ބޮޑު ގޯހެއް!
މީ ދެއްކާކުތަ އެއްވެސް ތަޢުލީމީގޮތުން އެއްވެސް އުރައްޕެއް ހުރި މީހެއްނޫން މީނަ މަ ވަރަން ރަގަޅަން ދައްނަން މީ ކުރިން މާވެޔޮމަގުގައި ހުރި ކެފޭއެއްގަ ޑެލިވަރީ ކުރުމުގެ މަސސައްކަތުގައި އުޅުނު ނީހެއް އެކަމު މިއަދު އެއްޕީއެއް ކީކޭ ބުނާނި
މިސަރުކާރު އޮތްހާ ހިނދަކު މިރާއްޖޭގައި ކޮންމެ މީހަކު ކޮންމެ ކަމެއް ކުރުމަށްވެސް މަޖިލީހުގެ ރުހުން ހޯދަންޖެހޭގޮތަށް ގާނޫނެއްހަދަންފެނޭ.
މަޑުމަޑުންގޮސް މުޅިސަރުކާރު ހިސޯރުކުރާއިރުވެސް ސުލޯ އެހުރީ ކުރާނެކަމެއްނޭގިފަ!
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް އިންތިޒާމްކުރުމަށާއި އަދި މިހާރަށް ވުރެން ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށް ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ.
މިޔެއް ނޫން ތިޔާކުރަން އުޅޭކަމަކީ
ހުރިހާ އެއްޗެއް އަންބޮޑިޔަށް ޖެހޭތޯ ތިއުޅެނީ
(1) ރައީސް ހިންގުމުގެ ބާރު މިހާރު އަންބޮނޑިޔަށް (2)އަދުލް އިންސާފު ގާއިމު ކުރާބާރު އަންބޮނޑިޔަށް (3)ސީ އެއްސް ސީ އަންބޮނޑިޔަށް
(4)ފުލުހުން އަންބޮނޑިޔަށް ލުމުގެމަސައްކަތުގާއި
(5)ސިފާއިން އަންބޮނޑިޔަށް
(6)އޯޑިޓަރ ޖެނެރަލް އަންބޮޑިޔަށް
(7)އެންޓި ކަރެކްޝަން ކަމިޝަން އަންބޮނޑިޔަށް
(8)އީސީ އަންބޮނޑިޔަށް
(9)ޕީޖީ އަންބޮނޑިޔަށް
(10)ކައުންސިލްތަށް އަންބޮޑިޔަށް
މީ މިކަލޭގެ މާނަކުރާ ދީންމުގުރާތީ ނިޒާމަކީ
ހަމަހިނިއަންނަނީ
މިމީހުންނަށް އުގަދޫވެގެން އުޅެނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް މިމީހުންގެ އަތުގައި ބާރުނެތިގެން ހަމަހޭގައި އެންމެން ތިބެން ބޭނުން ނުވެދާނެ ވިސްނުމާއެކު ހަމަހޭގައި ނުތިބޭ ބަޔަކަށް ބާރެއް ދޭކަށް ހެޔޮނުވާނެ.
އިދިކޮޅު ހުރިހާ ޕާޓީތަކަށް މަޖިލިސް އުވާލާ އައު އިންތިޚާބަކަށް ދާން އެއްބަސްވެވޭ ޙާލަތްތަކުގައި މަޖިލިސްއުވާލުމުގެ ބާރު އިދިކޮޅު ޕާޓީތަކަށް ލިބޭގޮތަށް ޤާނޫނު އަސާސީ އިސްލާހު ކުރަން ފެނޭ.
ތިޔަ މަޖްލިހުގައި ސިއްހީ ކަންކަމާގުޅޭގޮތުން އަނގަ ހުޅުވާލެވޭނެ ޤާބިލް މެމްބަރަކު ނެތް. މިކަން އިނގެނީ މި ބަލިމަޑުކަމުގެތެރޭގައި ތިޔައިގެ ތެރެިއިން ގިނަ މެމްބަރުން ދެއްކި ދިޔުޅިއެއްނުވާ ވާހަކަތަކުން. ހުރިހާ ބާރެއް މުށުތެރަށްލާން އުޅޭއިރު ޢިލްމީ މެމްބަރުން ތިޔަތާ ތިބެންޖެހޭ.
ނުކިޔަވާ.. ތަންދޮރު ނޭންގޭ، ވިކިފަ ތިބި ގަމާރު ބަޔަކަށް ދިވެހިންގެ ސިއްހަތުގެ ކަންތައް ނިންމަން ދީގެން ނުވާނެ
މިހާރު ހީވަނީ މަޖިލީހާ ބުއްޅަބެއާ އޮތީމަ ހުރިހާ ކަމެއް ނިމުނީހެން ދަޑިދިގު އުދުޅި ތިތާ އަޅެ ނެތޭ އުރަތްޕެން ހުރި އެކަކުވެސް މިމީހުންގެ ރުހުން ހޯދައިގެން އަހަރުމެންނަށް ގިފިއްޔަށްވެސް ވަދެވޭނީ މީދެން ބޮޑު ވަރު
ކަލޯ ގަޔާ މިއިސްލާހު ވެސް ފާސް ކުރާނެ. ކޮންމެ ހުކުރު ހުތުބާ އެއްވެސް ހުކުރު ގެ ކުރީ ދުވަހު މަޖިލީހުގެ ރުހުން ހޯދައިގެން ކިޔާގޮތައް ފާސް ކޮއްބަލަ.
ކެނެރީ މަޖިލީހުން ފާސްކޮށްގެން ކެނެރީގޭ ނަޝީދު ހުއްދަދިނުމުން ނޫނީ މީހަކަށް ނޭވާވެސްނުލެވޭނެ ކާންވެސް ވާނީ މަޖިލީހުން ރުހުންދީގެން ބާރުތަށް ބަނޑުދަށުލާން އުޅުނަސް މީދެން ބޮޑުވަރު މަޖިލިސް އެކަނި ބާއްވާފަ ހިންދުމުގެ ބާރާ އަދުލު އިންސާފުގެ ބާރު އުވާލަންވީނުތޯ؟ އެކަމަށް ބިލެއް ހުށަހަޅާނެ މީހަކުނެތްތަ؟
މާރަނގަޅުވާނެ ދިވެހިރާއްޖޭގެ ވޯޓުލައިގެން އިންތިޚާބުކުރާ މަޤާމުތަކަށް ކުރިމަތިލާ ފަރާރްރަކުގެ ތަޢުލީމީ ފެންވަރު ކަނޑައެޅުމަށް ޤާނޫނެއް ހެދިއްޔާ ރޯނު އެދުރުން މަޖިލީހަށް ވައްދައިގެން ރައްޔިތުން ޢަމަލްކުރަންޖެހޭ ޤަނޫނުތައްހަދާ ގާނޫނުތައް މޮޑޭމެމްބަރުގެ ތަޢުލީމީ ފެންވަރާމެދު ވިސްނާލީމާ ހަދާ ޤާނޫނުތަކުގެ ފެންވަރުހުންނާނެގޮތްއެނގޭ
ސިއްޙަތަކީ ކޯއްޗެއްކަން ނޭގޭ ބަޔަކު ސިއްޙީކަންކަމުގެ ތެރެޔަށް އަތް ބޭނުމަކީ އެކަމުގެ ހިތިރަހަ ގައުމުން ފިލާ ނުދާނެ ނުރައްކާތެރި ކަމެއް.އާދޭސްކޮށްފަ ދަންނަވަން ސިއްހަތާބެހޭ ކަންތައް ނިންމަން ސިއްޙީ ތަޖުރިބާކާރުންގެ އަތްމައްޗަށް ދޫކޮށްލާ
ސިއްޙަތާގުޅުން ހުރި ކަންކަން ނިންމަންވާނީ އެކަމުގެ މަޢުލޫމާތު ހުރި މީހުން.ދަނޑުވެރިންނަށް އިނގޭނީ ދަނޑުވެރިކަމުގެ ވާހަކަ ދައްކަން.ދަނޑުވެރިޔަކަށް ބޭސް ފަރުވާކުރާނެ ގޮތުގެ ވާހަކަ ނުދެއްކޭނެ. މީ ވަރަށް ވާހަކަ
ދެން މިހާ ރު އެޑްމިންތެ ރެއަށްވެސް މި މީހުން ވަންނަން ފެށީދޯ ބަ ރުލަމާނީއޭ ނުކިޔާ ބަ ރުލަމާނީ ގެންނަނީދޯ
ބުރިޖުމަރިން ކަނޑަށް އިންޑިޔާ މީހަކު ފުންމާލުމުން އޭގެއިތުރު ތަފުސީލެއް ދިނުމަށް ފުލުހުން ދެކޮޅުހަދާ އެހެންކަމުން އިންޑިއާ މީހުން ބުރިޖުމަތިން ފުންމާލުމުގެކުރިން މަޖުލީހުގެ ރުހުން ހޯދާގޮތަށް ގާނޫނެއް ފާސްކޮށްފަ އޮތުމަކީ މޯދީ ވަރަށް ފަޚުރުވެރިވާނެ ކަމެއް. ގާނޫނުއަސާސީ އުޑުތިލަމަތި ކޮށްގެން އުޅޭ ދަނޑިވަޅެއްގައި މިޒާތު ހުރިހާ ގާނޫނެއް ހަދާލެވުނިއްޔާ ރައްޔަތުންނަށް ކަމެއްކޮށްދެވުނު ކަމަށްވާނީ.
މީދެން ބޮޑު ވަބާއަކަށް ވެފަ އޮތް ބައެއްނު. ގައުމު ހިންގަންވެސް ދޭންވީ އެއްނު. ކީއްކުރާ ސަރުކާރެއް.
ޟިދާވަރުން ރައީސް ފަކީރަކީ ދެން ކުރާނެ ކަމެެއް ނެތް
މިއީ ކޮހެއްތަ! އެހެންނު ވާނީ އޯލެވެސް ސެޓްފިކެޓް ނެތަސް މަޖިލިހަށް ކުރިމަތި ލެވޭ ވިއްޔަ. މި ހާރު ތި ދަނީ މާ މައްޗަށް ދައުލަތް ހިންގުމަކީ މަޖިލިހުގެ ޒިންމާއެއް ނޫން. ކަލޭމެންގެ ސިފަ އެންމެންނަށް ހާމަވަނީ
ކޮންމެ ކަމެއްގެތެރެއަށް މަޖިލިސް ބޭނެންފެށީ. ކިހާތާހިރު
މަޖިލިސްއިން ހުއްދަނުލިބިގެން ހެޔޮދޯ ބޮޑުބައްޔެއް ފެތުރިގަތަސް؟ ތިކަމުންވެސް އެނގެނީ ހުރިހާބާރެއް މުށުތެރެއަށްލާން ބޭނުންވާ ބައެއްކަން މަޖިލިސްގައިތިބީ ނޫނީ ތަނުގެ ބޮޑުގޮނޑީގައި އިނީ އޭގެމީހެއްކަން!؟
މިހާރުމިއޮތްގޮތް ހަމަސަތޭކަ ސިޔާސީނޫންފަރާތަކަށް ސިއްޙީކުއްލިނުރައްކަލުގެ ޙާލަތުގައި ބާރުލިބެނީ މިގޮތް މަށަށް އޯކޭ!
މިހާރު މަޖިލިހުން ގައުމުހިންގަނީ ކިނބޫގެ ބާރެއްނެތީތަ ނުވަތަ ރަނޑީތަ ގައިމު ޔާމީންވެސް ވެރިކަމަށްވަޑައިގަތީ ކޯލިޝަނަކުން އޭރު މައުމޫންގެ ސަޕޯޓް ގިނައީޕާޓީތެރޭގައި އެކަމު ޔާމީނުގެ ގަޓްކަމާއި ފިރިހެންކަމުން މަޖިލިހަށް ކީއްކުރަން އެއްވެސް ބަޔަކަށް ޔާމީނަށް ނުފޫޒުނުފޯރުވެއެވެ. އިންޑިޔާވެސް ޖެހުނީކުޑަކަކުލެވެ. އެއީގަޓްރައީސްއެވެ.
ބައްކުރުން ތިޔައްކިޔަނީ ތަވަރުންދާކަމަށްވާނަމަ ކައިވެނި ކުރުމާ ވަރި ކުރުމުގެ އިތުރުން ނިދިން ގޭލުނާށްވެސް ހުއްދަ ހޯދަން މިހެހެނީ މިއަށް މިކިޔަނީ އަޅުވެތި ކަމަށޭ މިދަނީ
ބަލަ ދިވެހިންނަށް ކޮންބައެއްކަން އެގިތިބެ ހޮވާފަތިބިބައެއް މަޖިލީހުގައިތިބީ ދެން އަނގަނުތަޅާ ތިބޭ ބޮވޭންވިސްވާނީ އެބޭކަލުންގެ ލަފަޔާއެކު
ބަލަ ތިބިލުހުށައެޅިމީހާޔަކީ ކޮންށެކުށަން މަސަކައް ކުރާމީހެއް ދޔވަހަކުވެސް ފުވައްމުލަކު މީހުނައް ފެންނަމީހެނޫން ފުވައްމުލަކު އުތުރުދާއިރާ އެމްޕީ އަކައް ރަށީދުވީތީ މިހާރުލަދުގަނޭ