އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަށް 18 ނަރުހުން ހޯދުމަށް އިއުލާންކޮށްފިއެވެ.

އެ އިއުލާނުގައި ބުނެފައިވާގިތުން މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 9060 އާއި 10940 ލިބޭނެ އެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، ވަޒީފާ އަށް މީހުން ހޮވުމުގައި ބަލާނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން ކަމަށެވެ. އަދި ގާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ މި މަހުގެ 21 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހަށެވެ.

އެ ހޮސްޕިޓަލުން ނަރުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިނގަމުންދާ ޞިއްހީ މަރުކަޒުތަކަށެވެ.