ގަޑިން ގަޑިއަށް ކާން ނުލިބި ދަތިވާން ފެށުމުން ޝަކުވާކުރުމުން ކުއްޔަށް މީހުން ބައިތިއްބާ ގެއަކުން ދެމީހަކު ރޭ މެންދަމުގެ ވަގުތެއްގައި މަގުމަތިކޮށްލައިފިއެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން ރޭ ގެއިން ނެރެލި ދެމީހުންގެ ތެރެއިން އެކަކު ބުނީ އެދެމީހުން މިހާރު އެގޭގައި އުޅެމުން އަންނަތާ ހަމަހެއްހާ ދުވަސް ވެފައިވާ ކަމަށާއި، ކަންކަން ހިނގަމުން އަންނަނީ އެއްބަސްވެފައިވާ ގޮތާއި މުޅިން ހިލާފަށް ކަމަށެވެ.
އެގޮތުން ގެއިން ކާން ލިބޭ ތަކެތީގެ ސާފުތާހިރު ކަމެއްވެސް ނުހުންނަ ކަމަށާއި، ރޯދަމަހުން ފެށިގެން އެތަކެތިން އިސްތަށި ފެނުން ކަހަލަ ކަންކަން ދިމާވަމުން އަންނަ ކަމަށެވެ.
"ގެއަށް އައުމުގެ ކުރިން ބުނެފައި އޮތީ ހެނދުނު ސައި ލިބޭނެއޭ. އެކަމަކު ސައެއް ނުހަދަމޭ، ހުންނާނެއޭ ޕާން ކަހަލަ އެއްޗިހި ހެނދުނަށް. ދެން މެންދުރުވެސް 12 ޖެހުމުގެ ކުރިން ކާން ލިބޭނެއޭ ބުނެފަ އޮންނަނީ. އެކަމަކު ނުލިބޭ." އޭނާ ބުންޏެވެ.
މެންދުރު 12 ޖަހާއިރު ވަޒީފާއަށް ދާން ޖެހޭ ކަމަށާއި، އެވަގުތު ކާން ނުލިބުމުން ވަރަށްދަތިވާ ކަމަށް އޭނާ ބުންޏެވެ. އަދި ރޭގަނޑުވެސް ގެއަށް ދެވެނީ 12 އެކެއް ޖަހާއިރު ކަމަށާއި، އެވަގުތުވެސް ކާއެއްޗެއް ގޭގައި ނުހުންނަ ކަމަށް ޒުވާނާ ބުންޏެވެ/ އެއީ ދަން ވަގުތެއް ކަމަށް ވުމުން ކިތަންމެ ބަނޑުހައި ވިޔަސް ނިދަން ޖެހެނީ ނުކައި ކަމަށް އޭނާ ބުންޏެވެ.
މިހެން ކަންކަން ދާން ފެށުމުން ކޮޓަރީގައި އުޅޭ ކުދިން ވާހަކަ ދައްކައިގެން ބެލީ ގޭގެ ވެރިފަރާތާއި ވާހަކަ ދައްކައި އެކަންކަން ހައްލުކޮށްދިނުމަށް އެދުމަށް ކަމަށާއި، ނަމަވެސް އޭނާ އާއި ވާހަކަ ދެއްކުމަށް ތަކުރާރުކޮށް އެދިގެންވެސް ފުރުސަތު ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.
"ދެން މިހެން އޮއްވާ ބުނީ މިދިޔަ މަހު ލާރި ދޭށޭ. އަޅުގަނޑުމެން ބުނިން ފުރަތަމަ ވާހަކަ ދައްކަން ބޭނުންވާހަކަ ކާން ނުލިބޭ މައްސަލައިގައި. ދެން އެއްބަހެއް ނުވި ވާހަކަ ދައްކާކަށް" އޭނާ ބުންޏެވެ.
ރޭ ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް ދިއުމުން "ކަލޭމެން ކޮންމެހެން އަހަރެންނަށް ޖެއްސުން ކުރާނެ ކަމެއް ނެތް" ކަމަށް ބުނެ ވަގުތުން ގެއިން ނެރެލާފައިވާ ކަމަށާއި، ގެއިން ނިކުތް އިރު 1:20 ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މިހާރު ތިބީ ރަހުމަތްތެރިއެއްގެ އެހީއާއި އެކު ކޮޓަރިއެއްގައި ކަމަށާއި، ކޮވިޑް-19ގެ ކަންކަން އޮއްވައި ގެއިން ނެރެލުމަކީ ދަތިވާނެ ކަމެއް ކަމަށް އޭނަ ބުންޏެވެ. އެގެއިން ދެރަކޮށް ކަންކަން ކުރަމުން ދިޔައިރުވެސް ގެ ބަދަލު ނުކުރެވިފައި ތިބީ، މި ދަނޑިވަޅުގައި ވަންނާނެ އިތުރު ތަނެއް ނެތިގެން ކަމަށް އޭނާ ބުންޏެވެ.
މާލޭގެ ގެތަކުގައި މީހުން ބައިތިއްބައިގެން ގިނަ ބަޔަކު އާމްދަނީ ހޯދައެވެ. ނަމަވެސް ގޭގައި ތިބޭ މީހުންނަށް އެކަށީގެންވާ ޚިދުމަތެއް ނުލިބޭތީ ގިނަ ބަޔަކު ޝަކުވާ ކުރެއެވެ. ގިނަ ޝަކުވާތަކާއި އެކު ވެސް އެފަދަ ތަންތަނުގައި އުޅެން މަޖުބޫރު ވެފައި ވަނީ އިތުރު ގޮތެއް ހޯދުން ދަތިވެފައި އޮތުމުންނެވެ.
ކޮވިޑް-19 ފެތުރެމުން ދާތީ، ބައެއް މީހުންނަށް މާލީ ދަތިތައް ދިމާވެ، ގެއަށް ކުލި ދައްކަން ދަތި ވުމުން ވެސް އެތައް ގެއަކުން މީހުން ނެރުމުގެ މައްސަލަތައް ވަނީ ފަހަކަށް އައިސް ފާހަގަ ކުރެވިފައެވެ.
ކުލިނުދެއްކެންޏާ ހަމަ ނުކުންނަންވީ. ރަށަށްދާންވީ. ނޫނީ ނެރެންވީ. !
ކުލި ނުދަައްކާ ވާހަކައެއް ނެތެއްނު؟
ސުރުހީގަ " މާލޭ ގެއަކުން" މިހެން ޖަހަނީ ކޮންބޭނުމަކުބާ؟ މާލޭގަ ހުރި ގެއަކަސް އާންމުކޮށް ކުދިން ގެންގުޅެނީ ރާއްޖެތެރޭ މީހުން.. މާލެއިން ތަންތަން ކުއްޔަށް ހިފައިގެން މަހަކު 3000 ރުފިޔާ ކުއްޖެއްގެ އަތުން ނަގައިގެން ކޮޓަރިއެއްގަ ފަސް ހަކުދިން ގެންގުޅެނީ އެމީހުން.. އެހެންވީމަ ވަކިބަޔަކު ބަދުނާމުވާގޮތަށް ސުރުހީ ނުލިޔަންވީ..ކަންކުރާ މީހާއެއްނޫން ބަދުނާމު މިވަނީ . .
މަވެސް ހުރިން ކުދިން ބަހައްޓާ ގެއެއްގަ.
މަ ދުޢާކުރަން ދުވަހަކުވެސް ކުއްޖަކަށް އެގޮތް މެދުވެރި ނުކުރައްވާތޯ.
ފުރަތަމަ ދުވަހު ގެ ބަލަން ދިޔާމަ ބުނި ގަޑިން ގަޑިއަށް ކާންދޭނަމޭ. ހިލޭ ވައިފައި ލިބޭނެއޭ.
އެކަމު ﷲ ދެނެވޮޑިގެންވާނީ އެމީހުންގެ ހުރި ނުބައިނުލަފާކަން.
ކޮންމެ މަހެއްގެ ލާރިކޮޅު ދޭ ދުވަހު ވަރަށް ރަނގަޅު ވާނެ.
ސަަބަބަކީ އެމީހުން އެކަންކުރަނީ ލާރިއަށް.
ދަހިކަންއެވަރު.
އަމިއްލަ ދަރިންނަށް ނެތް ކުލުނެއް އެހެންމީހެއްގެ ދަރިއަކަށް ހުންނާނެތަ.
މީއަދި މަގޭ ރައްޓެއްސަކު ހުރި ގެެއެއްގެ ވާހަކަ.
މަށައް ޔަގީން މިކަހަލަ ކިތައްމެ ގެެއެއް ހުއްނާނެ. މަ ބޭނުން މި މީހުން ބޭޒާރު ކުރަން. އެ އަންހެން މީހާއަކީ ގއ އަތޮޅު މީހެކޭ ބުނިހަނދާންވަނީ
އެއްފަރާތުގެ ވާހަކަ އަހާފަ ވަކި ކޮޅަކަށް ބުރަވުމީ ވ. ބޮޑު ބޭއިންސާފެއް
ތީ އަސްލުވާހަކައެއް ތިގޭ މީހާ އަކީ ރުފިޔާށް ވަރަށް ދަހި މީހެއް ކާން ނުދިނަސް
މާ މާލެވެގެން ނުތެޅިބަލަ.
މާލޭ ބޮޑުމީހާއަށް
ތިޔަކަހަލަ އިންސާނިޔަތު ކަމެއަނެއް މީހުން މިދުނިޔޭގައި އުޅޭތީ ދެރައީ، ދުނިޔެ ޣިޔާމަތަށް ދާންދެން މާލޭ ބޮޑުމީހާ އަށް ވެގެން ހުރޭ. އެދުވަހު ސުވާލު ކުރުމުން ދޭނެ ޖަވާބެއް އެބަ އޮތްތަ؟
މާލޭ މީހުންމީ މާރަނގަޅު ބައެއްތަ
ވަކި ބަޔަކު ރަނގަޅު ކުރަނީއެއްނޫން.. ރަނގަޅާއި ނުރަނގަޅު މީހުން ހުރިހާ ތާކުވެސް އުޅޭނެ.. އެކަމު މާލެއިން ތަންތަން ކުއްޔަށް ހިފައިގެން ކުދިން އަތުން ލާރިނަގައިގެން އެކުދިންނަށް އެހާލު ޖައްސަނީ މާލެ މީހުނެއްނޫން.. ހަމަ އެއްކަލަ ރާއްޖެތެރޭ މީހުން ކުރާ ކަމެއްމީ.. މާލޭ މީހުން ދެކެ ކިތަންމެ ރުޅިއަޔަސް މީ ހަޤީޤަތް . .
އޯކެނު. ދެން ސަރުކާރު މައްސަލަ ނެތީނު. ސަރުކަރު ހުންނަނީ ބަންގާޅު މީހުން މަގުމަތީތިބީމަ ހިއްތުރާވަނީ. ދެން ހިޔާވެސް ދެނިނު. ކަލޭމެން ދެން ދަނީ މިހުން ހޯދަނި. ޚޮޓަރި ހޯދެނީ . ކާންދެނީ. ނިދާ ދެނީ. ބަންގާޅީ ސަރުކާރު ބާރު ހުންނަނީ. ކަލެ ކީއްކުރާމީހާ.
މަ ވެސް މި މާފަންނުގަ ކުއްޔައް ކުދިން ބަހައްޓާ ގެއެއްގަ އުޅޭ މީހެއް. ކެއުން އެހާ ސަކަރާތް. އެގޭ ދައްތަގެ ކަމަކީ ކުދިންގެ ހައްގު ތަކައް އަރައިގަތުން.
އަހަރެން އުޅެނީ ހަމަ ތިކަހަލަ ގެއަކު. އެ ތަން ކުއްޔައް ނަގައިގެން އުޅޭ މީހާ ގެ މައްސަލަ ދެން ޖައްސާނީ އެޗް.އާރު.ސީ.އެމް. ގަ. ކުދިން ނައް ޖެއްސުން ކުރުމާއި ބިރު ދެއްކުން މާ މައްޗައް ދަނީ
ސަރުކާރުން ވެއްޖެއެއްނުން ބިދޭސީންނަށް ކުރާޚަރަދު ހުއްޓާލާފައި ދިވެހިންގެ ކަންތައްތައް ހައްލެއްހޯދަން ، ދިވެހިރައްޔިތުންނގެ ކަންތައް ނިންމާފަދޯ އެހެންބަޔަކަށް ކަންކުރަންޖޭހޭނީ އެކަމަކު ސަރުކާރުން ހީވާކަހަލަ އެމީހުންނަށް ވޯޓްދެނީ ބިދޭސީންހެން. ހުރިހާކަމެއް އެމީހުންކުރިޔަސް އަޅާނުލާ ތިތިބެނީ.
ސަހަރޯ
ހަޤީޤަތަކީ ކުދިން ބަހައްޓާ ކޮންމެ ގެއަކުން ކުދިންނަށް އިހާނަތިކޮށް ކަންތަކެއް ނުކުރޭ.....ގިނަ މީހުން ކުދިންނަށް ގޯސްކޮށް ކަންތައް ކުރިޔަސް ހަޤީޤަތަކީ ވަރަށް ރަނގަޅު ހިތްހެޔޮ މީހުންވެސްް ތިބޭކަން ކުދިން ބަލަހައްޓަން.....އަހަރެންގެ ތަޖުރިބާ މިހާމަ ކުރަނި ކަންތައްތައް ވެގެންދިޔަގޮތް އެއްވެސް އޮޅުވާލުމެއްނެތި......އަހަރެން ހުރިން އަހަރުތަކެއް ވަންދެން
ކުދިންބަހައްޓާ ގެއެއްގަ. އެގޭ ދައްތަ ވަރަށްވެސް ރަނގަޅު.....ކުއްޖެއް އަތުން ނަގަނި -/2500 އޭރު، އެކަމު ފަހުން ނެގީ -/3000. އަހަރެންނާއި އެކީ އެ ކޮޓަރީގައި އިތުރު 5 ކުދިން ތިބޭ. އެއީ 3 ބަންކު ބެޑުގައި ކޮންމެ ބެޑެއްގައި 2 ކުދިން ތިބޭ ގޮތަށް 6 ކުދިން އެ ކޮޓަރީގައި އުޅުނީ... ތެދަށް ބުނަންޏާ އެ ކޮޓަރި ކުޑަތަންކޮޅެއް ކުޑަ 6 ކުދިންނަށް، އަދި އެއާރކޯން އެއް އިނަސް އޭތި އިންނަނި ހަލާކު ވެފަ....ދެން ހަމަ އެންމެންގެ އެއްޗެހި އަޅުވަން ބޮޑު އަލަމާރި އަކާއި ކޮންމެ ކުއްޖަކަށް ކަބަޑެއްވެސް ހުރޭ.....ޖުމްލަ ގޮތެއްގައި އަހަރެމެން އެ ކޮޓަރީގައި އުޅުނީ ހިތްހަމަޖެހިގެން އުފަލުގަ.....ހޫނު ދުވަސްވަރު ކުޑަކޮށް ހޫނުގަދަވުން ނޫން އެހެން މައްސަލައެއް އަހަރެމެންނަށް އެތާނގަ ނެތް....އެގޭގެ ދައްތަ ވަރަށް މީރުކޮށް ކައްކާ.....ބަރާބަރަށް ކޮންމެ ގަޑިއަކަށް ހަމަ އެންމެ މީރު ކާއެއްޗެހި ތައްޔާރުކޮށްފަހުރޭ...، ހުކުރު ދުވަހުވެސް ހުކުރުން އަންނަ އިރު ކުކުޅާއި، މަސްބަތާއި، ބިރިޔާނީ އާއި، ބައިވަރު މީރު އެއްޗެހި ހުރޭ ތައްޔާރުކޮށްފަ....ރޯދަމަސްވެސް ހަމަ ވަރަށް ފުރިހަމައަށް ކާންތައްޔާރުކޮށްފަ ހުރޭ.....ކޮންމެ ހަފްތާ ބަންދުގަ އަހަރެމެން 6 ކުދިންގެ ދާ އެއްޗެހި ދޮވެ ހިއްކައި ފަތްޖަހާފާ ގެނެސްދޭނެ...ކޮންމެ ދުވަހަކު ކޮޓަރިތެރެ ފޮޅާ ސާފުކޮށް މޮޕްވެސްް ކޮށްދޭ....ވަރަށް ހިތްވަރުގަދަ ހިތްހޮޔޮ ދައްތައެއް އެއީ..... އަސްލު އެގެއިން ދައްތަ ދޭ ކާ އެއްޗެއްސާ ދޮވެ އިސްތިރިކުރުމާއި، ކަރަންޓާއި ފެން ބޭނުންކުރާވަރާ ބަލާފަ ކޮންމެ ކުއްޖެއް އަތުން -/2500 ނުވަތަ -/3000 އެއީ ބޮޑު އެއްޗެއްނޫން......އެގޭގައި އަހަރެމެން އުޅުނީ އަމިއްލަ ގެއެއްގަ އުޅޭ ކަހަލަ ގޮތަކަށް ވަރަށް އުފަލުގަ......ވަކި ކަންތައްތަކެއްް ކުރުން މަނާކޮށްފައެއް ނޯވޭ.....އެގޭ ދައްތަގެ 2 ފިރިހެން ދަރިންނާއި އަންހެން ދަރި އަދި ފިރިމީހާ އަކީ ވެސް ވަރަށް ގުޅޭ މަޖާ ބައެއް.......އެމީހުންނާއި އެކީ ފީފާ ވެސް ކުޅެން ޕީ.އެސް 3 ގޭމްތައްކުޅޭ އިރު އަހަރެމެން ބައިވެރިވެސް ކުރާނެ.....ހޯމް ފީލްއެއް ކުރެވޭ ގެއެއް އެއީ.....އަދިވެސް ވަރަށް މިސްވޭ އެގޭ މަތިން....... އެގޭ ހުންނާނި ސޯސަންމަގު ސިންދިތާ ސަރަޙައްދުގަ.......އެއީ ހޯރަފުށީ އާއިލާއެއް.....ވަރަށް ރަނގަޅު ހިތްހެޔޮ މީހުންނާއި ގުޅޭ ބައެއް އެއީ.....
އެހެންވީމަ ކުދިން ބަހައްޓާ އެންމެންނަކީ ގޯސް ބަައެއްނޫން....
މާލޭގެ ގޭގެ ކުލީ ލާރީގަ އުޅޭ މީހުންގެ ކަމަކީ، ކުރާނެ ކަމެއް ނެތިގެން، މާލޭގެ މަގުތަކުގައި ސައިކަލު ބުރުޖަހަމުން، ވިޖަލޭންޓީންނައްވެގެން މަގުމަތިން މީހުން ފެހުން.
ހިލޭ ހުރުން ވެސް ގޯސް އަދި ނެރެލުން ވެސް ގޯސް
ޕާން ކަހަލަ އެއްޗެހި
ތިއީ ހޮޓަލެއް ނޫން ދޯ ހަތަރު އިރަށް ކައްކާ ކާންދޭނެ. ނިދަން ތަންކޮޅެއް ލިބޭކަމަށް ޝުކުރުވެރިވެބަލަ. ކިތައް މީހުން ތިބޭނެ ކުލި ނުދެއްކިގެން ގެއިން ނެރެލާފަ
ނުފޯރާފަތިން ފޫގެޅުން ތިޔަށްކިޔާ އުޅެނީ.. ނުވާވަރުން ކުދިން ބަހައްޓަން ބުނީ ކާކު.