އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފުރަބަންދު ކުރަން އެންމެ ފަހުން ނެރުނު އަމުރުގެ މުއްދަތު ހަމަވެ، ފުރަބަންދު މިހާރު ދެމިއޮތް ކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން މައިމޫނާ މެއި މަހުގެ 28 ވަނަ ދުވަހު ނެރުއްވި އަމުރުގައި ވަނީ މޭ 28 ވަނަ ދުވަހުން ފެށިގެން، 14 (ސާދަ) ދުވަހުގެ މުއްދަތަށް މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކޮށްފައެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުން ހުއްޓައިލުމަށާއި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.
މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 14 ދުވަސް އިއްޔެ އަށް ވަނީ ހަމަވެފައެވެ.
މެއި މަހުގެ 28 ވަނަ ދުވަހު ދެ އަމުރެއް މައިމޫނާ ނެރުއްވިއެވެ. އެއް އަމުރުގައި މާލޭ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު އިތުރު ކުރީ މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 14 ދުވަހަށެވެ. ނަމަވެސް ދެވަނަ އަމުރުގައި މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ފުރަބަންދަށް ބައެއް ލުއިތައް ދީފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން މާލެ ފިޔަވައި އެހެން ރަށްރަށުގެ ފުރަބަންދަށް ދީފައިވާ ލުއިތަކުގެ މުއްދަތު އަދި ހަމައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދު ފުރަބަންދުކޮށް ނެރުނު އަމުރުގެ ބާރު ހިނގާނޭކަމަަށް ބެލެވެނީ ރޭގެ 12:00 އަށް ނުވަތަ މިއަދުގެ 16:05 އަށް ކަމަށެވެ. އެހެންކަމުން މިހާރު ހުސްކަމެއް ކުރިމަތިވެއްޖެ ކަމަށާއި މިކަން އަވަހަށް ހައްލުކޮށްދެއްވުން މުހިއްމު ކަމަށް މުހުތާޒް ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ދޭނެ ލުއިތައް ރޭ އިއުލާން ކުރާނެ ކަމަށް ކުރިން ސަރުކާރުން ވެސް އޮތީ އިއުލާން ކޮށްފައެވެ. ނަމަވެސް ރޭ ވަނީ ފުރަބަންދަށް ދޭނެ ލުއިތައް އިއުލާން ކުރުން މިރެއަށް ފަސްކޮށްފައެވެ.
ފުރަ ބަންދާއި މެދު ގޮތެއް ނިންމުމު ގެ ޖަލްސާ މިރޭ ބޭއްވޭތޯ މި އުޅެނީ
ނުކެރޭނެތާ އާއްމު ރައްޔިތުންނަށް ބެލުމެއްނެތި ހުޅުވަން ވިއްޔާ ފައިކުރުކޮށްގެން އެތިބީ އަނެއްކާ އިއުލާންކުރިޔަސް މަޖިލިސްއިން އުވާލާނެ ކަމީ ޔަޤީން ކަމެއް
މިތާގަނޫނީ ސަރުކާރެއް އޮތްތޯވެސް ސުވާލު އުފެދޭ. މަޖްލީހުގެ ރައަިސް މިހާރު މުޅިގައުމު ހިންގަނީ.
ދިވެހިރައްޔިތުން ދެކެ ލޯބިވާ ސަރުކާރެއްނެތް. އަމިއްލަ އެދުމާއިގެން ފޯވެފައިވާ ސަރުކާރެއް މިތާންގައި އޮތީ... އެހެން ނޫންނަމަ މިދަނޑިވަޅުގައި މާލޭ ހިނި ހޮރުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެމުންދާ ވޭނާއި ކެކުޅުމުގެ އަޑުހާ ސަރުކާރެއް އޮންނާނެ. އެފަދަ ރައްޔިތުންނަށް ނަފްސާނީގޮތުން ދިވާމާ ދަތިތަކެއް ހައްލެއް ގޮތުގައި ހަފްތާކު އެންމެ ފަހަރަކުވެސް ގެއިން ބޭރަށް ނުކުމުގެ ހުއްދައެއް ދޭނެ.
ރަގަނޅު ވާހަކައެއް..މާލެ ފުރަބަންދު ނަގާލައިފިއްޔާ ދެވަނަ ރާޅެއްއަރާފާނެ ފިލިޕީންސް އަށް އެރިހެން
މިއީ ފިލިޕީންސްއެއް ނޫން. މިއީ މޯލްޑިވަސް.....އަބަދުވެސް މިރާއްޖޭގެ ގޮނޑުދޮށަށް ރާޅުބީއްސާ.... ފިލިޕީންސް އާއި ރާއްޖެއާއި އަޅާ ނުކިޔާ ބަލަ؟ މިތާގެ 2 ބޯކެހިން....
ނަސީދުގެ ދެފައި މުޅި ރާއްޖޭގަ. އެޖެންޑަރ19 ކޮވިޑް 19. ދުނިޔެ އަކީ ހިތުހުރިހާ ގޮތަކަށް އުޅެލާފަ ދާން އައިތަނެއްނޫން.
ޤާނޫނީ ހުސްކަމެއް އަޔަ ނުދިނުމަށް ރޭ ދަންވަރު ކެނެރީ މަޖިލިސް ހުޅުވައިގެން ޤާނޫނެއް ނުހެދީ ކީއްވެބާ؟ ބާރެއް ހޮަދަން ބާރެއް ބަނޑުދަށުލާންވީމާ ފަތިހު މުނާޖާ ގޮވާއިރު ގުޅަމަތިހިފަންޖެހެނީ
މާލޭގެ ފުރަބަންދު ކުރުމުގެ ބޭނުމެއް ނެތް. ޟަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް
މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އެންމެބޮޑު ޖަރީމާ. ބޮޑުންނަށާއި ސަރުކާރުން މުސާރަހޯދާ މީހުންނަށް ބޮޑު ޢީދެއް. މަސައްކަތް ކުރުމަށް ފުރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު އާމްދަނީ. އަމިއްލަ މަސައްކަތްކުރާ މީހުންމަގުމަތިވަނީ. ބޯ ހަލާކު..ރައްޔިތުން ގުނބޯ ނުހައްދާ...
މާލޭގެ ފުރަބަންދު ކުރުމުގެ ބޭނުމެއް ނެތް. ޟަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ކޮންމެއް ގޭބިސިގެ މީހުން ނިކުންނަން މަޖުބޫރު އެބަވޭ.... އެފަދަ ހާލަތުގައި ގެއިން ބޭރަށް ނުދާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ، ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މިރާއްޖެ އެތައް ބަޔަކު ތަހައްމަލް ކުރަމުން އެބަދޭ.....
މައުމޫނު ކައިރީގައި ބުނެބަލަ ފަލަކީ ގޮތުން މިހާރު މާލޭ ފުރަބަންދު އޮތް ގޮތެއް ބަލައިދޭށޭ!
މިހާރަކަށް އައިސްް ކޮންމެސް ކަމެއް ބޮޑުހުސްކަމަކަށް ދިޔުމާއި އޮޅުމާ!
އެއީ ސުވާލު އުފެދޭ ކަމެއް ނޫން. ތިބުނާ އިއުލާނުގައި ބުނަނީ 28 މެއި ދުވަހުން ފެށިގެން 14 ދުވަހަށޭ. އެމުއްދަތު މިހާރު ނިމިއްޖެ. އެހެން ކަމުން ގޭބަންދު ގައި ބޭތިއްބުމުގެ އެއްވެސް ހައްޤެއް ނެތް. މީގެ އިތުރުން ތަަކުރާރުކޮށް ބުނަން ބޭނުންވަނީ އާއްމު ސިއްހަތާ ބެހޭ ޤާނޫނުގެ ދަށުން ވެސް ރައްޔިތުން ގޭ ބަންދު ކުރުމުގެ ބާރެއް ހެލްތް މިނިސްޓަރަަށް ނުވަތަ ތިބުނާ ޑީޖީ އަކަށް ލިބިގެނެއް ނުވެއޭ. ދިވެހިން އަމިއްލަ އަށް އެމީހުންގެ ހައްޤުތައް ދޫކޮށްލަނީ ކީއްވެބާވައޭ ހިތަށް އަރާ. ހަމަ ގަމާރީތޯ ނުވަތަ މާޒީގައި ފިއްތި ފިއްތީނުން އިވޯލްވްވެފައި މިތިބީ ފިތިގެން ތިބުމަށްތޯ.
ސަރުކާރުވެސް މިވަގުތު އޮތީ އަސްލު ގައުމު ހިންގަނީ އެގްޒެކެޓިވް ޕަވަރ އިންތޯ ނުވަތަ ލެޖިސްލޭޓިވް ޕަވަރ އިންތޯ ނޭނގި ވާނުވާއެއްގެ ތެރޭގައި ލޮކްޑައުންވެފައި. ހިންގާނެ ގޮތެއް ނޭނގި ކޮންމެވެސް ކަމެއްވެސް ކުރާން ނުފެށި ހުސްކަމަކަށް ދޫކޮށްލެވިފައި.
އަންނި ދެކެ ބިރުން ލޮކްޑައުންއަށް ދާން ނުކުރިގެން އުޅެނީ. ހައުސިން މިނިސްޓްރީވެސް އުވާލީ އަންނި ދެކެ ބިރުން މައުމޫނުގެ މީހަކަށް މިނިސްޓަރުކަން ދޭން ނުކެރިގެން.
ދެން ހުސްކަން ބަލަން ޖަލްސާ ބާއްވާ ތަޅާފޮޅާ މާރާމާރީ ހިންގާ ކޮމިޓީ ބާއްވާ ކޮމިޓީ އެލެވަންސުނަގާށެވެ. ބަލަގަ ތިއީކީއެއް ބަލިމަޑުކަމުގެ ހާލަތުގައި މާބޮޑު މައްސަލައެއް ޖައްސަން ޖެހޭ ކަމެއް ނޫން. ލޮކުޑައުން އޮތަސް ނެތަސް ސިއްހީ ކަންކަމާއި ހަވާލުވެފައިވާ ފަރާތްތަކުގެ ލަފާނުބަލާ ބަންދުން ވީއްލިގެން ނުވާނެ.
އެހެންތާ ވާނީ ރައީސަށް ލިބިގެންވާ ގާނޫނީ ބާރުވެސް ކެނެރީގޭ ބޮޑުވަޒީރު އަތަށް މަހާނުލެވިގެންވިއްޔަ އުޅެނީ. މާދަން ނޫންކަމެއްވެސް ނޭނގެ ރައީސްކަން ވެސް ޗައްކަރެއް ޖަހައިގެން ފެލާނުލާނެކަމެއް.
އިތުރަކަށް ސުވާލެކުރުމުގެ ބޭނުމެނެތް..ހުރިހާކުދިން ބާޒާރުކޮއްލަން ނުކުމޭ...ސައިކަލުބުރެޖަހާލާ....ދެންއޮތީ އިބުރާހިމުގެ މަގާމާ މަސްއޫލިއްޔަތާ ޒިންމާ އަދާނުކުރެވޭތީ އޭނާ ގެޔަށް ފޮނުވާލުމަށް އޭނާގެ ފޮށި ތަންމަތި ތައްޔާރުކޮއްދޭން މުލީއާގެއަށް އަންނަންވީ...އޭނާގެ ހައިސިއްޔަތާމެދު މިއަދު ސުވާލުވެވޭ...މަޖުލިހުގެ ރައީސާ ވެރިކަން ހަވާލުކުރޭ 3މަހަށް..އޭގެފަހުން އަވަސް އިންތިހާބެ ބޭއްވުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަޖުލިސް ރައީސް އަންގަވާދީ އިލެކްޝަނަށް..ރައްޔިތުންނަވެސް އަތްދޮވެގެން ގޭގަ ތިވިއްޖެ..ދެން އޮތީ އިބުރާހިމު ގެއަށް ބަދަލުކޮއްދިނުން...
ރައްޔޮތުންގެ ގިނަމީހުން ގޭބަންދުކޮށް ބަޑަށް ޖައްސައިފައި މިތިބީ ނަމަބެސް ބޭރު ފަރާތް ތަކުންނާއި ރައްޔިތުން ޓެކްހަށް ދައްކައިފައިވާ ފައިސާ އަމިއްލަ އަށް ބިލިއަނުން އެބަޚަރަދު ކުރޭ މިހާރު ގިނަ ރައްޔިތުންނަށް ކޮއިޑަށް ވުރެ މިސަރުކާގެ ނުރައްކަލާއި އޮޅުން ބޮޅުން ބޮޑުވެއްޖެ.
ފުރަ ބަންދުގެ މުއްދަތުހަމަވި އިރުވެސް މުއްދަތު އިތުރުނުކޮށް 24 ގަޑިއިރު ފަހުން މިރޭވެސް މުއްދަތު އިތުރުކުރިކަމަށް އިޢުލާނުކޮށްފާނެ އެހާވެސް ހޭޖެހޭ ސަރުކާރެއްމީ އެގޮތަށް މިރޭ ފުރަ ބަންދުގެ މުއްދަތު ިތުރުކުރިކަމަށް ކަނޑައަޅައިފިނަމަ އެނިންމުން ޞައްހަ ވާނެބާ މި އީވެސް ޤާނޫނިގޮތުން ސުވާލު އުފެދޭނެކަމެއް
3 ދުވަހަށް އިތުރު ކޮށްފި
ރަނގަޅެއްނުން ފުރަބަންދޭ ކިޔައިގެން އެއްބަޔަކަށް ލާރި އޮހެނީ އަނެއްބަޔަކު 3000 ރުފިޔާ ދީފަ އެތިބީ ކައިފަ ބަހައްޓާ ދެންވެސް ވެއްޖެ ނުން ހޭއަރަން
ޢެއްބަޔަކަށް ލާރި އޮހެނީ އަނެއްބަޔަކު އަނގަޔާއި އަތާއި ދިމާނުވެގެން ކުލިވެސް ނުދެއްކިގެން އުޅެނީ މީވާ ކަމެއް
ރާއްޖޭގެ ރިޔާސީ ނިޒާމު ބަލިކަށިކޮއް ވަގު ބަރުލަމާނީ ނިޒާމެއް ހިންގައި ގުޅިގެން ގާނޫނު އަސާސީ މުގުރާލިކަމުގެ ދައުވާ އިބްރާހިމް މުހަންމަދހ ސޯލިހުއާއި ކެނެރީގޭ ނަޝީދުގެ މައްޗައް އުފުލައި ޝަރީއަތްކޮއް އަދަބުދޭންޖެހޭ...
ސުވާލު އުފެދުނަސް ...ޖޫރިމަނާ ކުރުމުގާ ހޭބޯނާރާ...
ކޮބާ ރައްޔަތުންގެ ޙައްގް...
ޖޫރިމަނާ ކުރުން އެއީ ސަރުކާރުގެ ހައްގު ކަމުގާ ވެއްޖެ .. ދެން ކޮބާ ރައްޔަތުންގެ ހައްގު
އެ ޤާނޫނުގައި 7/2012 ގެ 33 ވަނަ މާއްދާގެ (ހ) ޞަރީޙަކޮށް އެތަނަކާއި ވަގުތު ބަޔާންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތުމުން ޤާނޫނީ ހަމަތަކުން ބަލާއިރު އެ އަމުރު ނެރުނު ވަގުތުންް ފެށިގެން 14 ދުވަސް ހަމަވެއްޖެނަމަ އަމުރުގެ ޤާނޫނީ ހައިޞިއްޔަތެއް ދެމި ނޯންނާނެ.
ކޯޓު އަމުރުތަކަށްވެސް ބައްލަވާ
މުޒާހަރާކޮށްފާނެތީ ބިރުން
ރަށްޔަތުން މިހާރު ރާވަމުން އެގެންދަނީ މުޒާހަރާއަކަށް ދަނޑިވަޅުބަލާފަ ވައްޓާލިޔަނުދޭތި.