ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 32 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1153 އަށް އަރާފައެވެ.

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 14 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސަކާއި، ނުވަ ބިދޭސީއެކެވެ. މިއާއްކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1976 އަށް އަރާފައެެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 813 މީހަކަށެވެ. މީގެ ތެެރެއިން އަށް މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

އެހެންކަމުން މިހާރު ބައްޔަށް ފައްސިވެ ފަރުވާދެމުންދާ މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މި ވަނީ އިތުރުވެފައެވެ.

ރާާއްޖެއިން ކޮވިޑް-19 އަށް ފައްސިވިި މީހުންގެ ތެރެއިން ނިޔާވެފައި ވަނީ އަށް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު