މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ. މިހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އެކުއްޖާ ރޭޕް ކޮށްފައި ވަނީ 18 އަހަރު ފުރިފައިވާ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާ އާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.
ފުލުހުން ވިދާޅުވީ މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
މާލެ ފުރަބަންދު ކޮށްފައި ވަނިކޮށް ކުޑަ އަންހެން ކުއްޖަކު ގެސްޓް ހައުސްއަކަށް ގެންދިޔައީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ. މިމައްސަލަ ފުލުހުންނަށް ހުށަހެޅުނީ ކިހިނެއް ކަމެއް ވެސް އަދި ނޭނގެއެވެ.
މިއީ މާލެ ފުރަބަންދު ކުރި ފަހުން މާލޭގެ ގެސްޓްހައުސްއެއްގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން އުމުރުން 16 އަހަރު ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފައި ވެއެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކިހިނެއް މިކަން ބަލަނީ
ތިކަހަލަ މައްސަލަގިނަވަނީ ( ފަޤީރު ކަން އިތުރުވުމުން)
މިފަދަ ފާޙިޝް ޢަމަލުތައް ގިނަ ވަނީ މި ޤައުމުގައި ﷲ ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ނުކުރަތީ
ގެސްޓް ހައުސްތައް ހިންގަނީ ބޮންދުން.. އެމީހުންނަށް ލާރި ލިބޭނަމަ ރޫމަށް ވައްދަނީ ކޮން އުމުރެއް ކަމެއް އެމީހުން ނުބަލާނެ..
ގެސްޓް ހައުސް ހިންގަނީ ދިވެހިން. ބޭރަށް ފެންނަން ހުންނަނީ ބިދޭސީއެއް. ބިދޭސީ މީހާއަށް ހަދަންވާ ހުރިހާ ގޮތެއް ކިޔައިދީފައި ދިވެހި މީހާ ހުންނަނީ ދުރުގައި. ލާރީ ބޭނުންވަނީވެސް ދިވެހި މީހާ. ބިދޭސީއަށް ލިބެނީ ބައިކުޅަބައެއް. ބިދޭސީންގެ ނަމުގައި މާލޭގައި ގެސްޓްހައުސްތައް ރަޖިސްޓަރީކޮށްގެން ނުހިންގޭނެ. އޮޅުވާލައިގެން ވާހަކަ ނުފަތުރާ.
ބައެއްގެސްޓްހައުސް ތައް ހިންގަނީ ހަމަ ބީދޭސީމީހާ. އިނގޭތީމިބުނަނީ. ފޮތުގަ އޮނަނަނީތާ ބިދޭސީންނަށް ރަޖިސްޓަރީކޮށްގެން ނުހިންގޭނެވާހަކަ. ރަޖިސްޓަރީ ކުރަނީ ދިވެހިމީހާގެނަންމަތީ. ތަން ހިންގާބަލަހައްޓަނީ ބިދޭސީމީހާ. މިގައުމުގަ ފޮތުގައޮންނަގޮތަށް އަމަލުކުރަނީ ވަކިކަންތައްތަކެއް. ސަރުކާރަށް ނޫނީ ބޮޑުންނަށް މަންފާވާހުރިހާކަމެއް ފޮތުގައޮތަސްނެތަސް ވަރިހަމަވެފައޮންނަނީ. ފިހާރަތަކުގެ ސޭޓުންނަށް ބިދޭސީންނަށް ނުތިބެވޭނެކަމަށް ފޮތުގަނެތީތޯ. ފޮތުގަ އެވާހަކަ ލިޔުނުދުވަސްވަރު ބޮންދުމީހާކައިރިޔަށްވެސް ދިވެހިކުއްޖަކު ލައިގެންއިންތަން ފެނުނު. މިހާރު އެކަން އޮޔާލައިގޮސް ކުރިއެކޭ އެއްގޮތަށް ފިހާރަހިންގައި ސޭޓުންނަށްވެސް ތިބެނީ އެމީހުން. ބަލާނެބަޔަކުނެތީ.
މައިންބަފައިން ގެ އިހުމާލު ނުބަލަހައްޓާ ދޫ ކޮށް ލާތީ ވާގޮތް .ކުޑަކުދިންނާ ބެހި އެފަދަ މުޑުދާރު ކަންތައް ކުރާ މީހުން އެހަލާކު ކޮށްލަނީ އިންސާނެއްގެ މުޅި މުސްތަގުބަލު.އެކަމަކު އިންސާނީ ހައްގު އައިސް އަނިޔާ ލިބުނު މީހާ ބަރުބާދު ކޮށްލާފަ ކުށްވެރިޔާ ބޮލުގައި ތާޖު އަޅުވައި ހިސާބަށް ގައުމު ފަސާދަ ވީމާ އެމީހެއްގެ ސަލާމަތް އެމީހަކުހޯދާ ކުޑަކުދިން އިރުކޮޅަކަށްވެސް އެކަނި ދޫކޮށް ނުލާ ފަރުވާ ތެރިވޭ
ތީގެސްޓްހައުސްތަކުގައި ބިދޭސީ ރިސެޕްސަނިސްޓުންކުރުވާކަމެއް. ތިކަހަލަގެ ތަންތަންބަންދުކުރަންވީ. ތިވިޔަފާރިތަކަކީ ބިދޭސީންގެ ގެސްޓް ހައުސްތަށްކުއްޔަށްނަގައިގެންކުރާކަންކަން. ބިދޭސީންގެސްޓްހައުސް ހިންގުމުގެބޭނުމަކީތީ. މިކަންކަންހުށްޓުވާ .މާލޭގެހުރިހާގެސްޓްހައުސްތަކެއްގެ ވެރިންނަކީ ކޮބާތޯބަލާ. ތިތަނަށްވަންނަމީހުންނާއި ނުކުނަމީހުންއެގިހުރެ ބިދޭސީންނާޒާއިޒްފައިދާނަގަނީ. ހުއްޓުވާ ގައުމުހަލާކުނުވަނީސް.
އޮންލައިންކޮށް ކޯޓުތައް ހިންގިޔަކަސް މިފަދަ މައްސަލަތަކެއް ނުހިގާދޯ.
މިއީ 2008 ފަހުން ޑިމޮކްރަސީ ރާއްޖެ އައުމުންވާކަންކަމެވެ.
ގާނުނުގެ ވަރަ ބިނދުނީމަ ކުރައިމް އާއްމުވެ ޖަންގަލީގެ އުސޫލު ތަނުގައި ރަސްކަން ކުރަން ފަށާ ގައުމުގަ ތިބީ ސިޔާސީ ކުށްވެރިން އެކަނި ، ރޭޕިސްޓުންނާ ޖަރީމާ ވިއްސާ މުޖްރިމުންވެސް ބޮކްސާ ފަހާފައި ހުރީ އިންސާނީ ހައްގުން ކުށްވެރިން ގެ ދަގަނޑު ދަހަނާ އަކީ އިންސާނީ ހައްގު ހެޔޮލަފާ އެއްވެސް މީހަކަށް ދިރިހުރުމާ އަބުރާ އިއްޒަތާ މުދާ ހިމާޔަތް ކުރުމުގެ އެއްވެސް ހައްގެއް ނެތުނީމަ މިއަށްވުރެ ބޮޑު މުސީ ބާތަކީ ކޮބާ
ކިތައްކުދިން ރޭޕްގެ ސިކާރަޔަށް ވާފަހުންބާ ތަހުގީގީ މަރުހަލާއިން ސާބިތުވެ އެބަޔަކަށް ހައްގު އަދަބު ލިވޭނީ.
ބަނގުރަލާ މަސްތުވާ ތެކެއްޗަކީ ހުރިހާ ކުށެއްގެ އަސްލު ﷲ އެތަކެތިން ދުރުވުމަށް އަމުރު ކުރެއްވިީ އެހެންވެ އިންސާނާ އަށް އިންސާނީ ހައްގު ލިބިދެއްވުމަށް ޓަކައެވެ
ކޮބާ ސިދާތާ ނެތީ މަ ހީވެސްނުވޭ
ގެސްޓް ހައުސްތަށް ބަންދު ކުރަން އަންގާފަ އޮއްވާހުޅުވުމަކީ އެތަނުގެ ވެރިޔާގެ މައްސަލައެއް، ޕާރމިޓް ކެންސަލް ކޮށްލަދީ!!
ޖެންޑަރ މިނިސްޓްރީ އުވާލާ.
16 ކުއްޖާ ފިލައިގެން އައީ ކިހިނެއް.. ނުވާ ދުވަހުން ދރިން ބޮޑެތި ވެެގެން މިޒަމާނު ކުދިން އުޅެނީ
ޖެންޑަ މިނިސްޓްރީ ހޯރައިއްބެއާ ހަވާލުކުހޭ އެއިރުން ތިކަންކަން ހައްލުވެދާނެ ދެއްތޮ؟
ޝިދާތާ ވަކި ކުރުމުންވެސް މިކަަހަލަ ކަންކަން ހިނގާތަ ؟ މަހީކުރީ ރާއްޖެގަ ކުޑަކުދިންނާބެހެނީ ޝިދާތާ މިނިސްޓަރކަމުގައި ހުންނާތީކަމަށް.
ކުޑަ އަންހެން ކުއްޖަކު ގެސްޓް ހައުސް އަކަށް ގެންގޮސްގެން އެކުއްޖާ ގަޔޔަށް ގަދަކަމުން އަރާ އެކުއްޖާގެ އިއްފަތް ފޭރިގަތް ފިރިހެނަކީ އެއީ މަންމަ އަކާއި ބައްޕައެއް ވެސް ހުރި ފިިރިހެނެކޭ މިކަން މިގޮތަށް ވާން ޖެހެނީ އެއީ ޅައިރު ކުއްޖާ އަށް އެކަށީގެންވާ ތަރްބިއްޔަތާއި އަދި އަގީދާގެ ބަލިކަށިކަމުންނޭ އަދި އާޚިރަތް ދުވަސް މަތިން އެއްގޮތަކަށް ވެސް ހަނދާން ނުހުންނާތީއޭ މީއީމާންތެރިކަން ނެތުމުން އުއްމަތަށް ދިމާވާގޮތޭ މިކަމަށް އިންކާރުނުކުރެވޭނެއޭ މީ ސަރުކާރުގެ އިހްމާލް މިކަމުގައި ވަރަށް ބޮޑަށް އޮތް ކަމެކޭ މުޝްރިކް ގައުމު ތަކުގެ ވެރިން ބުނާ ގޮތަށް ހަދާ މުޝްރިކުން ބުނާ ގޮތަށް ގައުމުގެ ކަންކަން ކުރުމުގެ ހިތި ނަތީޖާއެ މިފެނިގެންދަނީ މިކަމަށް ތަމެން އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ...
ރަށް ދެރަ! ތި ކަންތައްތައް ހިގަން ނޭދެން! އެކަމަކު މި ސަރުކާރުގެ ނަމޫނާއަކީ ހޯރަ އިއްބެ!
ދުނިޔެ އުފައްދަވާ ދުނިޔެ އަށް އިންސާނާ ފޮނުއްވެވީ ވަރުގަދަ ޒިންމާއެއް އަދާ ކުރަންއޭ އެގޮތުން ގައުމު ތަކުގެ ވެރިންނާއި ހަވާލުކުރެވޭ ޒިންމާ އަކީ އެއީ އެންމެ މަތީ ޒިންމާއެ އެޒިންމާ އަށް އިހްމާލު ނުވެ ގައުމުގެ އެންމެހާ ރައްޔިތުންނަށް އިންސާފުވެރި ކަމާއި އޯގާތެރިކަމާއި ހަމަހަމަކަމާއި އެކު ކަން ކޮށް ދިނުމަކީ އެއީ ގައުމުގެ ވެރިންގެ ޒިންމާއެކޭ އެކަމަކު ވެރިކަމުގެ ބާރުލިބުމުން އިންސާނާ މިކަން ހަނދާންނެތެެނީއޭ ކޮން ނިއުމަތެއް މަދުވެގެންތޭ އެގޮތްވަނީ އިންސާނުންނަށް އިންސާނާ އަށް ބާރު ލިބުމުން އޭނާ އަަށް އެބާރުދެއްވީ މަތީ ފަރާތުން ކަން އިންސާނާ އިންކާރުކުރަނީއޭ އިންކާރުކުރަނީއޭ އިންކާރުކުރަނީއޭ އިންކާރުކުރަނީއޭ...
ތިކަހަލަ ކިތަންމެ ކަމެއް ނޭނގި އެބަ ހިންގާ މިހާރު. ނިމިގެން ދިޔަ ރޯދަމަހު އެންމެ ފަހު ރޯދަ ހިފި ދުވަހުގެރޭ 8ޖަހާ ކަންހާއިރު އައްޑޫ ސިޓީ ހިތަދޫ އިން 9އަހަރުގެ ފިރިހެން ކުއްޖަކު ދަންޖެހިފަ ހުއްޓާވެސް ފެނުނު. އެކަމަކު މަރުނުވަނީސް ސަލާމަތް ކުރެވުނު. ހޮސްޕިޓަލުގަ އެޑްމިޓް ކޮށްފަ އޮށް ހަތަރު ފަސްދުވަސް ވަންދެން. ކުއްޖާގެ މިވާހަކަ އެއްވެސް މީޑިއާ އަކުންވެސް ނުދެކެން.
ޖަޒީރާ ރާއްޖެ ފުރާ ފުރިހަމަވަނީ
ޝިދާތާ އިސްތިއުފާ ދިނު މަކުން ނުނި މޭ. ޖެންޑަރ މިނިސްޓްރީ އިން މިކަންތަކާ ގުޅިގެން ކުރާ މަސައްކަތް ރައްޔިތުންނަށް އެގެން ޖެހޭ
މީ އިންޑިޔާގެ އެންމެ ގާތް އެކުވެރިޔާ. އެކުވެރިޔާގެ ގޮތް ބަލަން ޝެއިޚު އިލްޔާސް ވިދާޅުވެއެއްނު. އެހެންވެ އެގޮތަށް އެވަނީ ދޯ ނަޝީދޫ !!!!!!!!!!......
.
މިއީ އެބުނާ އިންސާނީ ހައްޤު. ބެލެނިވެރިންނަށް އަދަބުދީ. ގިނަ ބެލެނިވެރިންނަކީ ލޯބިވެރިންނާއެކު ބޭރަށް ގޮސް ކޮންމެ ސަކަރާތެއް. ޖެހިޔަސް އޯކޭ މީހުން. ބޭރަށް ދާ ގަޑިއެއް އަންނަ ގަޑިއެއް ނޭނގޭނެ. ދަރިން ގެޔަށް އަންނައިރު ޕޭރެންޓްސް ތިބޭނީ ނިދާފަ.
ކާކުކަން އެންގުނަސް ދެދުވަސް ނުވާނެ ދޫކޮއްލާނެ.. އިންސާފެއް ނުލިބޭނެ... މައްސަލަ ޖެއްސީމަވެސް އިތުރަށް ބަދުނާމު ކުރަން މީހުން އުޅޭނީ.. ކަމުގެ ވީނުވީއެއް ބެލުމެއް ނެތި މުޅި އާއިލާ ބަދުނާމުކުރާނެ. ދެން ލަދުން މައްސަލަ ދޫކޮއްލާނެ. ދެރަ ނިކަމެތި މީހާ އައް ދެރަގޮތް?
ކާކުބުނެގެންތަ ގެސްޓްހައުސްއަށްދިޔަައީ. ކުޑަކުދިންވެސްގެސްޓްހައުސްއަށްދޭތަ
މުޖުތަމައުގައި ހުރި އަސްލު މައްސަލަތަކާއި ގައުމުގައި ހުރި އަސްލު މައްސަލަތައް އެކަހެރިކޮށްފަ ތާކުންތާކު ނުޖެހޭ ކަންތަކަށް ގައުމުގެ އެންމެން ފޯކަސް ކުރަންޖެހުނީމަ ވާނެ ގޮތް ތިޔަވަނީ.
11 އަހަރު ވެފައިވާ ބޮޑު ކުއްޖާ ރުހުމުގައި ނޫންތަ ތިކަމެއްހިގީ؟ އަހާލީ ހަމަ
އާމްދަނީން ދެބިލިއަން ރުފިޔާ މަދުވެ ހާސްކަން އިތުރު އެވަނީ އެއީ ރައީސް އިބޫގެ ސަރުކާރުން ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ ފުރަމާލެ އާއި ވެލާނާ އެއާރޕޯރޓް ލޮކް ޑައުން ކޮށްގެން އުޅޭތީއޭ އެކަން ރައީސް އިބޫގެ ސަރުކާރުން ކުރީ މުޝްރިކް ގައުމު ތަކުގެ މެޑިކަލް ބޮޑުން ތައް ބުނެގެން އަދި ރާއްޖޭގައި ތިބި މުޝްރިކް ގައުމުތަކުން ކިޔަވައގެން އައިސް ފައި ތިބި މެޑިކަލް ޑޮކްޓަރުން ބުނާ ގޮތަށް ހަދައިގެންނޭ ރާއްޖޖޭގެ ވެރިކަން ކުރާރަށް ކަމަށްވާ ފުރަމާލެ ފުރަބަންދުކޮށް އަދި ފުރަމާލޭގެ މިސްކިތް ތައް ބަންދު ކުރުން އެއީ ސަރުކާރުގެ ކިބައިގައި އިބާދާތުގެ ބައި އެއްގޮތަކަށް ވެސް ނެތުމުން ނިކުންނަ ނުބައި ނަތީޖާއޭ ދެން ރައީސް އިބޫގެ ވެރިކަން ކާމިޔާބު ނުވާނެއޭ މިހާރު ތަމެންގެ ކޯލިޝަން އެދަނީ ފަޅަފަޅައިގެން ދާން ގާތްވަނީއޭ މީގެ އަސްލަކީ ރާއްޖޭގެ މިސްކިތް ތައް ބަންދުކުރުން ކަމަށޭ މަމެން ދެކެނީ ތަމެން ކީރިތި ޤުރުއާން ގައިވާ އާޔަތްތަކާއި އެއްގޮތަށް އަމަލު ކުރިނަމަ ރާއްޖެ ތަދުމަޑުކަމާއި ދިމާލަށް ނުދިޔައީސްއޭ ތަމެން މިކަމަށް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ...
ފުރަ ބަންދު، އެކަމަކު ޕާޓޭންތައް މާޅޭ މަގުމަތީ އުކާފަ. ބިއްޖެހި ނުތެދުވެފަ ތިބޭތަންފެނޭ. ފަތިސް ވަގުތު ފުލުހަކު މަގުމަތިން ނުފެނޭ. ފެންނަނީ ކޮންމެވެސް ޕާޓޭއެއް. ފެންނައްޏާ ފެންނަނީ ގައުމީބަލި ޖެހިފަ ތިބޭމީހުން. މަގުމަތިންދާ ޒުވާން އަދިހެދި ބޮޑުވަމުންއަންނަ އުމުރުހަމަނުވާ މައިންބަފައިން ދެލޯހެން ބަލާބޮޑުކުރާ ތުއްތު އަންހެންކުދިންނާފޮށި، ފަހަތުން އަޅުވާލައިގެންދާ ފާޓޭންތައް މާލެ މަގުތީ އުޅެނަގަނީ އުޅޭނެގޮތަކަށް. އެމީހުން އޮތީ މާލެ މަގުމައްޗަށް އުކާފަ. ތިބާގެދެލޯހެން ބޮޑުކުރަމުންއަންނަ ދަރިންގެ ދުވަސް ދުއްވާލަނީ އެއްވެސް ބެލުމެއްނެތި. ކަމެއްހިގުމުގެ ކުރިން އެކަމެއް ހުއްޓުވާނެ ބަޔަކުނެތް. އަޅާލާނެ ބަޔަކުނެތް. ބަހާ އަމަލާ ދިމަލެއްނުވޭ. ވަރަށް ވެސް ބިރުވެރި. ހެވަކަށް ރަގަޅަކަށް އެއްޗެއް ބުންޏަސް މުއައްސަސާތަކަށް ކަމަކުނުދޭ. އަންނަގޮތްވަނީ ރުޅި. މަދެއްނޫން ކޮންމެ މީހެއްފަހަތު ފުލުހެއްބެހެއްޓޭތޯ، ބުނާފަހަރު؟
ބަލަ ތީގެ އެން މެމ މީހެއްގެ ތަހުގީގު ނި މޭތޯ 6ވަރަކަށް ކޮ މިޟަން އުފައްދާކަށްނުވޭބާ ދުވަހަކު ނުނި މޭ މައްސަލައެއް ހުސް މައްސަލަ މިވަރުގެ ޟަރުއީނިޒާ މެއް އިންޑިޔާ މީހުން ކުޅޭޑުރާ މާވެސް މިއަށްވުރެ ހަ މަޖެހޭ ލަދުންބޯހަލާކު
ބަލަދަރީންހަވާލުކުރެއްވީ މައިންބަފައިން ނާގިޔާމައްދުވަހުސުވަލުވެވޭނީ ޖެންޑާކާ ސަރުކާރަކާއެއްނޫނޭ ދަރީންނުބެލޭތީއެހެންވަނީ
އެޖެންޑާ 19 ހަމަ އަސްލުވެސް ތަފާތު. އެޖެންޑާ 19 ގެ ކުލަވަރު މިއޮތްދަނީ ފެންނަމުން.
މި ފުރަމާލޭގާ އެއްވެސް ހުއްދައަކާނުލާ ތިގޮތަށް ހިންގާ ކިތަށް ގެސްޓުހައުސް ހުރޭތޯ ސަރުކާރުގެ އެއްވެސް އިދާރާއަކަށް އެނގޭތޯ؟ މައްސަލައަކަށްފަހު މައްސަލައެއް ފެންމަތިވަމުން މިދަނީ. ސަރުކާރު މުއައްސަސާތަކުން ދުރާލާ ކަންކަން ކުރާތަނެއް ނުފެނޭ! އަބަދުމެ ފަހަތު ފަޔަށް ބުރަވެއުޅޭ މަންޒަރު މި ފެންނަނީ. ހިތާމަހުރިކަންކަން މިހިނގަނީ. އުންމީދަކީ ބޮޑެތި ކުއްތަކަށް އަރައިގަންނަ ފަރާތްތަކަށް ހައްގުއަދަބު ޝަރުއީމަރުހަލާ މެދުވެރިކޮށް ދެވޭތަން ދުށުން.
ދެން ބުނޭ މިވެސް އެމެރިކާ އަޑީގަ އޮވެގެން ކުރުވި ކަމެކޭ.. ދިވެހިންގެ ލޮޖިކް
މަޖިލީހުގައިވެސް ހިންގީ ތިފަދަ ނާތަހުޒީބު އަމަލެއް އަންނި އާއި ގައިގައި އަތްލިއެންމެން ހައްޔަރުކުރަންޖެހޭ.