މާލެ ސިޓީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ހިލާފަށް ހުއްދަ ނެތި މަގުމައްޗަށް ނުކުމެ އުޅުނު މީހުންގެ ތެރެއިން ޖޫރިމަނާ ކުރި މީހުންގެ އަދަދު 8915 އަށް އަރައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު އިއުލާން ކުރުމަށްފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ފުލުހުންގެ ހާއްސަ ހުއްދައެއް ނެތި ބޭރުގައި އުޅޭ މީހުން ފުރަތަމަ ފަހަރަށް 1000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. މި ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ.
ފުލުހުން މިއަދު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ބޭރަށް ނުކުމެ އުޅެގެން ފަހުން 167 މީހަކު މާލެ އިން ޖޫރިމަނާކޮށްފައި ވާ ކަމަށެވެ. އަދި ހުޅުމާލެ އިން 12 މީހަކާއި، ވިލިމާލެ އިން ހަތް މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިއާއެކު މުޅި މާލެ ސިޓީން ފުރަބަންދާއި ހިލާފު ވެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު ވަނީ 8915 އަށް އަރާފައެވެ. އޭގެ ތެރެއިން 7963 މީހަކު ޖޫރިމަނާކޮށްފައި ވަނީ މާލެ އިންނެވެ. އަދި 812 މީހަކު ހުޅުމާލެ އިން ޖޫރިމަނާކޮށްފައިވާއިރު، ވިލިމާލެ އިން ޖޫރިމަނާކޮށްފައިވަނީ 140 މީހެކެވެ.
ފުލުހުން މިއަދު ވިދާޅުވީ، ފުރަބަންދާއި ހިލާފުވެގެން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ހަތް މީހުން ކަމަށެވެ. އަދި މި މީހުން ހައްޔަރުކޮށްފައި މާލެ އިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިހާތަނަށް ފުރަބަންދާއި ހިލާފުވެގެން ހައްޔަރުކޮށްފައި ވަނީ 589 މީހެކެވެ.
ފުރަބަންދާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާކޮށް، ހައްޔަރުވެސް ކުރަމުން އަންނައިރު،ވއަންނަ ހޯމަ ދުވަހުން ފެށިގެން ފުރަބަންދަށް ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ވަކި ގަޑިތަކެއް އާއްމުންނަށް ބޭރަށް ދެވޭނެ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
ވީމާ ގިނަމީހުން މަގަށް ނުކުތްވަރެއްބާ ދައުލަތަށް ރަނގަޅީ.
ރަނގަލުތާ ދޯ ތިލާރިއަށްވެސް ހަދާނެގޮތެއްނޭގޭ ވިއްޔާ ކޮވިޑު ޤަވައިދާ ޚިލާފްވެގެން ޖޫރިމަނާ ކުރަނީކީއްކުރަން ، މިރާއްޖޭގެ ޤާނޫނާއި ، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެއުޅެނީ މިނިވަންކަމާއި އެކީ ވަގުވިޔަފާރިކޮށްކޮށް އެމީހުންނެއް ޖޫރިމަނާނުކުރޭ އެއީ އެފައިސާލިބޭނެގޮތެއްނެތީމަދޯ ، މިރާއްޖޭގެ އޮންނަ ސަރުކާރުތަކަކީ އިންސާފް ދެކެބިރުގަންނަ ސަރުކާރުތަކެއްވީޔާ ވާނީ އެހެންތާ ދޯ ފުރަތަމަ ތި ސަރުކާރުގައި އުޅޭ ނާްާބިލް މީހުން ޖޫރިމަނާކުރަންވީ ކޮންމެހެން ނިކަމެތި ރައްޔަތުންނެއްނޫން ޖޫރިމަނާކުރަންވީކީ،.
އަޅުގަނޑުގެ ސަރުކާރެއްގައި ޖޫރިމަނާ ކޮށްގެން ދައުލަތަށް އާމްދަނީއެއް ނުހޯދާނެ.
ވާވަރަށް ލިބުނީމަ ބަހާލާ ދޭންވައުދުވީ މީހުންބައިވަރުދޯ
އެހެންވީމަ ހާދަ އާމްދަނީ އެކޭ ދޯސަރުކާރައް މިލިބެނީ މީރާގެ ގާނޫނު ހިންގާ ގޮތައް ކީއްވެގެންތޯ އިމިގްރޭޝަން ގަނޫނު ހންގައިގެން ފައިސާ ނުހޯދަނީ މާގިނަ ރުފިޔާ ލިބޭޜނެ ނޯންތީޯ
އެހެންވީމަ ހާދަ އާމްދަނީ އެކޭ ދޯސަރުކާރައް މިލިބެނީ މީރާގެ ގާނޫނު ހިންގާ ގޮތައް ކީއްވެގެންތޯ އިމިގްރޭޝަން ގަނޫނު ހންގައިގެން ފައިސާ ނުހޯދަނީ މާގިނަ ރުފިޔާ ލިބޭޜނެ ނޯންތީ