ރާއްޖެ އިން އިތުރު 27 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު އަދަދު 2003 އަށް ވަނީ އަރާފައެވެ.

އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 އާއި ހަމައަށް ކޮވިޑް-19 އަށް ފައްސިވީ 14 ދިވެހިންނާއި ބަންގްލަދޭޝްގެ 12 މީހަކާއި އިންޑިއާ މީހެކެވެ.

މިހާތަނަށް ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ މައުލޫމާތައް ދައްކާ ގޮތުގައި ވަކިވަކި ދުވަސްތަކަށް ބަލާއިރު ރާއްޖެ އިން ބުރާސްފަތި ދުވަހު ފައްސިވީ 23 މީހުންނެވެ. އަދި ހުކުރު ދުވަހު މިހާތަނަށް ފައްސިވެފައި ވަނީ 11 މީހުންނެވެ. ހުކުރު ދުވަހު ފައްސިވި މީހުންގެ އަދަދަށް މާދަމާ ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނާތީ އަންނަ ހޯމަ ދުވަހުން ފެށިގެން މާލޭގެ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުއްދައެއް ނެގުމެއް ނެތި، ގެއިން ބޭރަށް ނިކުތުމުގެ ފުރުސަތު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ހޯމަ ދުވަހުން ފެށިގެން ލިބޭނެއެވެ.

ފުރަބަންދަށް ލުއިތައް ދޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުތުބު

    ވަރަށް މަދުވަމުން އަންނަވާހަކަ ތިޔައީއަޖައިބެއް