ރާއްޖެ އިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް ފައްސިވީ ދިވެއްސަކާއި ބަންގްލަދޭޝްގެ ހަތް މީހަކާއި ނޭޕާލްގެ ދެމީހެކެވެ.

އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2013 އަށް އަރާފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ބަންގްލަދޭޝްގެ ފަސް މީހުން ފިޔަވައި އެހެން މީހުންނަކީ ކްލަސްޓާތަކަށް ނިސްބަތްވާ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އޭގެ ތެރެއިންވެސް 1056 މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. މިބައްޔަށް ފައްސިވެފައިވާ ދިވެހިންގެ އަދަދަކީ 701 އެވެ.

ކޮވިޑް-19 އަށް މިހާރު ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 786 މީހުންނެވެ. އޭގެ ތެރެއިން 8 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، 8 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު