ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު އިއުލާނު ކޮށްފައިވާ މާލެއަށް ލުއިތަކެއް ދޭން ފެށިނަމަވެސް، މާލޭގެ ފިހާރަތަކުން ރޭގަނޑު 10:00 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެންއީއޯސީ) ބުނެފިއެވެ.
މި އުސޫލު އެކުލަވާލުގެ ކުރިން މާލޭގައި ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11:00 ޖެހުމާއި ހަމައަށް ދެވެއެވެ.
ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، 10:00 ގެ ފަހުން މަގުމަތީގައި މީހުން އުޅުން ހުއްޓުވުމަށް ގެނެސްފައިވާ ބަދަލުގެ ތެރެއިން ޑެލިވަރީގެ ހިދުމަތްވެސް ދެވޭނީ އެގަޑިއާއި ހަމައަށް ކަމަށެވެ.
"ޑެލިވަރީ ކުރުންވެސް ހަމަ 10 ގެ ފަހުން ކުރިއަށް ނުގެންދާ ގޮތަށް އެއްވެސް ކަހަލަ ޑެލިވަރީއެއް" މަބްރޫކު ވިދާޅުވިއެވެ.
އެޗްޕީއޭއިން އެކުލަވާލާފައިވާ އާ އުސޫލުގައި ވާގޮތުން މިއަދުން ފެށިގެން އާންމުކޮށް މަގުތަކުގައި އުޅުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ކޮންމެ ދުވަހަކު ފަތިހު 5:00 އިން ފަށައިގެން ރޭގަނޑު 10:00 އާއި ދެމެދުއެވެ. އަދި މި ގަޑިތަކުގައި ބޭރަށް ނިކުމެ އުޅުމުގައި ފުލުހުންގެ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 2035 މީހަކު ފައްސިވެފައިވާއިރު، މިހާރު ފަރުވާދެމުން އަންނަނީ 714 މީހަކަށެވެ. މި ބަލީގެ ނުރައްކާ ކުރިޔާއި އަޅާބަލާއިރު ރާއްޖެއިން ކުޑަވެފައި ވީނަމަވެސް އަދިވެސް ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ޙެޔޮ
ތިއުޅެނީ ކޮވިޑް 19 ދެކެ ބިރަކުން ނޫން މިހާރު، ތިއުޅެނީ ވެރިކަން ވެއްޓިދާނެތީ. އެންމެންނަށް އެގޭ ޙަޤީގަތެއް ތީ