ރާއްޖެ ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ ހަތް މީހަކު ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ ޢާންމު ކުރި، މައުލޫމާތައް ބަލާއިރު މިއަދަކީ ފާއިތުވި ދެހަފްތާއެއްހާ ދުވަސް ތެރޭގައި އެންމެ މަދުން މީހުން ބަލިން ރަނގަޅުވި ދުވަހެވެ. އަދި މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނަށް ވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މަދެވެ. މިއަދު ރާއްޖެ އިން 26 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އިން ފެނުނު ފަހުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ދިއުމަށް ފަހު ފާއިތުވި ދެހަފްތާ ދުވަހު ވަނީ ފައްސިވާ މީހުންގެ އަދަދު މަދުވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުން ބަލިން ރަނގަޅުވާ މުއްދަތު މިހާރު އަވަސްވެފައި ވަނީ ބަލިން ރަނގަޅުވި ކަމަށް ރާއްޖެ އިން ނިންމާ މިންގަނޑަށް ބަދަލު ގެނައުމުންނެވެ. މިހާރު ރާއްޖޭގައި ބަލިން ރަނގަޅުވިތޯ ބަލަން ޓެސްޓެއް ނުކުރެއެވެ. އަލާމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން އެއީ ބަލިން ރަނގަޅުވެފައި ހުރި މީހެއް ކަމަސް ނިންމުމަށްފަހު މިހާރު ދޫކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު