ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް ބުނެ، ހޯދި ޑެކްސާމެތަޒޯނުން ދަށް ކުރަނީ ދިފާއީ ނިޒާމުން ކުރާ މަސައްކަތް ކަމަށާއި ބަލިން ރައްކާތެރިވާން ބޭސް ބޭނުން ނުކުރުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ރޭ ވިދާޅުވެއްޖެ.

ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑެކްސާމެތަޒޯނުން ފައިދާވީ ކޮވިޑް-19 ގެ ބަލީގައި ހާލު ބޮޑުވި މީހުންނަށް ކަމަށެވެ. އަދި އޮކްސިޖަން ގުޅަން ނުޖެހުނު މީހުންނަށް މި ބޭހުންވި ފައިދާއެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ބޭހެއް ހޯދައިފި!

ފައިސަލް ވިދާޅުވި ގޮތުގައި ޑެކްސާމެތަޒޯނުން ވައިރަސް އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

"ޑެކްސާމެތަޒޯނުން ދަށް ކުރަނީ އިންފުލެމޭޝަން (ދިފާއީ ނިޒާމުން ކުރާ މަސައްކަތް) ބަލިން ރައްކާތެރިވާން މި ބޭސް ކާންވީކީ ނޫން. މި ބޭހުން ފައިދާވި ކަމަށް ދެއްކީ ކޮވިޑްގައި ވަރަށް ބަލިވި މީހުންނަށް،" ފައިސަލްގެ ޓުވީޓުގައިވެއެވެ.

ކޮވިޑް-19 އަށް ހޯދުނު ބޭހަކީ ރާއްޖޭގައިވެސް ހުންނަ ބޭހެއް

ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ގެންދާ ކޮވިޑް-19 އަށް ބޭހެއް ހޯދިއިރު، މި ބޭހުން ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ވަރަށް ބޮޑު އެހީ އެއް ވެދެއެވެ.

އިނގިރޭސިވިލާތުގައި މި ބައްޔަށް ފަރުވާ އެއް ހޯދުމަށް ތަފާތު ބޭސްތައް ބޭނުން ކުރަމުން އައިސް، މި ބޭހުން ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް އަންނަކަން ވަނީ ދެނެގަނެވިފައެވެ. އަދި އެ ގައުމުގެ ސިއްހީ މާހިރުން ބުނެފައި ވަނީ މި ބޭސް ކުރިން ބޭނުން ކުރެވުނު ނަމަ 4،000 އާއި 5،000 އާއި ދެމެދުގެ މީހުންގެ ފުރާނަ އެ ގައުމުން ސަލާމަތް ކުރެވުނީސް ކަމަށެވެ.

މިއީ އަގު ހެޔޮ އަދި ފަސޭހައިން ލިބޭ ބޭހަކަށް ވުމުން މިއީ ކޮވިޑް-19ގެ ނުރައްކާ ބޮޑު ފަގީރު ގައުމުތަކަށް ވަރަށް މުހިންމު ބޭހަކަށް ވާނެކަން ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އެމަންޖެ

  ބަލަގަ އެމީހުން ބުނެފައޭއޮތީ ތިހުރިހާ އެއްޗެއް.

  8
  2
 2. ޖައުފަރު

  ވަރަށް ހަބަރަށް އަރާހިތުން ޓުއިޓު ކުރާ މީހެއް.

  9
  14
  • އަސްލުވެސް

   މީ ވަރަށް ފޮނި، ދެއްކުންތެރި ޑޮކްޓަރެއްކަން، މީނަގެ ޢަމަލުތަކުން ސާބިތު ވެއެވެ. ބައެއްފަހަރު ބަސްމަގު ހުންނަނީ، އަތިރިމަތީ ފާޑަށެވެ.

   4
   1
 3. އަސްލުވެސް

  މީ ވަރަށް ފޮނި، ދެއްކުންތެރި ޑޮކްޓަރެއްކަން، މީނަގެ ޢަމަލުތަކުން ސާބިތު ވެއެވެ. ބައެއްފަހަރު ބަސްމަގު ހުންނަނީ، އަތިރިމަތީ ފާޑަށެވެ.

 4. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

  އެބޭހުގެ ރިސާޗް ހެދި ޑޮކްޓަރުންނަށް ވުރެ މީނާ މާމޮޅު. އެކަމަކު އެކަން މިއެނގުނީ އެމީހުން އެކަން މުޅިދުނޔެއަށް އެންގީމާ. މިބޭހަކީ މިރާއްޖޭންވެސް ލިބެންހުންނަ ބޭހެއްކަމަށްވާއިރު މިރާއްޖޭގައިވެސް ކޮވިޑްޖެހި މީހުން މަރުވެދިޔަ އިރުވެސް މިހާމޮޅު މީހާ ކީއްވެބާ މިބޭސް ކޮވިޑަށް ބޭނުންނުކުރީ.

  3
  1
 5. ސައިންޓިސްޓް

  އަސްލުވެސް ވަރަށް ހަަބަރަށް އަރާހިތުން ޓުވީޓުކުރާ މީހެއް މީ ހިތުން މީ ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް

 6. ައަޙްމަދް

  އިނގިރޭސިވިލާތުގައި މި ބައްޔަށް ފަރުވާ އެއް ހޯދުމަށް ތަފާތު ބޭސްތައް ބޭނުން ކުރަމުން އައިސް، މި ބޭހުން ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް އަންނަކަން ވަނީ ދެނެގަނެވިފައެވެ. އަދި އެ ގައުމުގެ ސިއްހީ މާހިރުން ބުނެފައި ވަނީ މި ބޭސް ކުރިން ބޭނުން ކުރެވުނު ނަމަ 4،000 އާއި 5،000 އާއި ދެމެދުގެ މީހުންގެ ފުރާނަ އެ ގައުމުން ސަލާމަތް ކުރެވުނީސް ކަމަށެވެ.
  ނަމައަކުން ކެއްކޭނެ ރިހައެއްނޯއްނާނޭ.

 7. Anonymous

  ލާއިލާހަ އިއްލާ އަންތަ ސުބްޙާނަކަ އިންނީ ކުންތު މިނައް÷ޟޯލިމީން މިހެން ކިޔާބަލަ ތިބާއަށް ޓަކައި ރަހުމަތެއް ބަރަކާތެއް ލިބޭނެ ޢަޅުގަޑުގެ އަތުގައިވާ އެންމެ މޮޅު މެޑިސިން ތަޖްރިބާ ކުރެވިފައިވާތީ ބުނެލީ ޑިޕްރެޝަންއާ އެސްފިންނާ އާ ބިރުވެރި ތަފާތު ކަންތައްތަކާ ސިހުރުންނާ ދުޝްމަނުންގެ ނުބައި ރޭވުންތައް މި ދުޢާއިން ޝިފާލިބިފައިވޭ

 8. Anonymous

  ފައްކާ ރޯނު އެދުރެއް

 9. ޑޮކުތަރު

  މީވެސް ވަރައް އަޚުލާގުދައްމީހެއްދޯ އެކަމަކުކީއްކުރާނީ ޑޮކުތަރެއްވިއްޔަ