ކޮވިޑް-19 އާއި ގުޅުން ހުރި، ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރެން (އެމްއައިއެސް-ސީ) ރާއްޖެއިން ފެނިއްޖެއްޖެއެވެ.

އެކަން ހާމަކުރައްވާ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބަލި ފެނުނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ އެއް އަހަރުގެ ކުއްޖެއްގެ ގައިން ކަމަށެވެ. އަދި އެ ބަލީގެ ސަބަބުން އެ ކުއްޖާގެ ހިތުގެ ލޭނާރުތަކަށް އަސަރު ކޮށްފައި ހުރި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، އެއީ ކޮވިޑް-19 އާ ގުޅުން ހުރި ބައްޔެއް ކަމަށާއި، އެ ކުއްޖާ ކޮވިޑް-19 އަށް ޓެސްޓް ކުރި އިތު ނަތީޖާ ނައްސި ކަމަށެވެ.

ފާއިތުވި 18 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މި ބަލީގެ އަލާމަތްތައް އެކުއްޖާގެ ކިބައިން ފެނިފައިވާ ކަމަށާއި، އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ތުންފަތާއި ދުލާއި ލޯ ރަތްވުމާއި އަދި ވަރުބަލިވުމާއި، ބިހި ނެގުން ހިމެނޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މިހާރު އެ ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިބަލި ބައެއް ގައުމުތަކުން ފެންނަމުން ދަނީ ކޮވިޑް-19 އާ ގުޅިގެން ކަމަށް ވާއިރު މިބަލި ޖެހިއްޖެ ނަމަ ކޮވިޑް-19 ޖެހުމުން ފެންނަ ފަދަ އަލާމާތްތައް ފެނެއެވެ. މި ބަލި ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ފެނިފައިވެއެވެ.

މިއީ ރާއްޖެއިން މިބަލި މިގޮތަށް ފެނުނު ފުރަތަމަ ފަހަރުކަމަށް ވާއިރު، އިތުރު މީހަކަށް ރާއްޖެއިން މި ބަލި ޖެހުނުކަން އެނގޭކަށް ނެތެވެ. މި ބަލީގެ ސަބަބުން ބަލި ޖެހޭ ކުއްޖާގެ ދިފާއީ ނިޒާމް ވަރަށް ބޮޑަށް ބަލިކަށިކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބަކުރާ

  ސަރުކާރުގެ ހެލްތު މިނިސްޓްރީ އިން ނުވަތަ ހެލްތު ޕޮރޮޓެކްޝަން އޭޖެންސީ އިން އެކަން ނާންގަނީސް ރޯނު އެދުރު ނުވެ ބަލަ މީނާ ހިތުން މީ ޑަބިލިއު އެޗް އޯރެޕަރެޒެންޑެޓިވް އޮފް މޯލްޑިވުސް.

  3
  30
  • ނުދަންނަ މީހާ

   ބަލައޭ މިހިރަ މީހާ އެއީ ޑޮކްޓަރެކޭ ތިމީހާ އަށް ވުރެ ރަނގަޅަށް އޭނައަށް އިނގޭނެ ދޯ ـ ހެލްތު މިނިސްޓަރުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ އޭނަގެ ނާގާބިލުކަން ދިވެހިންނަށް މިހާރު ވަނީ ވަރަށް ރަނގަޅަށް ދަސްވެފަ އަމިއްލައަށް މޮޔަނުގޮވާ މަޑުން ހުރެލާ

   4
   1
   • Anonymous

    އެއީ ދަންނަ ނުދަންނަ ރޯނު އެދުރު.

 2. Anonymous

  މައިމޫނާ އަބޫބަކުރު ގެ މަޤާމު މީނަައަށް ދީބަލަ ނުވަތަ އާމީން ގެ މަޤާމު ނަމަަވެސް

  7
  7
 3. ކިއުން ތެރިއެއް

  ކުއްޖާ ކޮވިޑަށް ނަަައްސި. އެކަމު ކޮވިޑާ ގުޅުން ހުރި ބައްޔެއް! ކޮވިޑް ޖެހިގެން މިގޭ އޭސީވެސް ހަލާކުވެއްޖެ! ކިހާ ބޮޑުވެއްޖެ ކަމެއްމީ.