ރައްޔިތުން މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން މަޖިލީހުގެ 29 މުވައްޒަފަކު އެކަހެރިވާން އަންގާފައި ވާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ) އިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވި މަޖިލިސް މުވައްޒަފާއި ގާތުން ބައްދަލުވި 11 މުވައްޒަފަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް މީގެ ކުރިން މީހަކު ފައްސިވުމުން ވެސް އެމީހަކާއި ބައްދަލުވި މީހުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެވި އެކަހެރި ވާން އަންގާ ކަމަށެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ނިމޭއިރު އެކަހެރި ވާން އެންގޭ މީހުންގެ އަދަދު މަދުވުން ނުވަތަ ގިނަ ވުން އެކަށީގެންވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން މަޖިލީހުގެ މޮނިޓަރިންގެ ހާލަތައް ގެނެސް، މަޖިލީހުގެ އިދާރާ ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.
މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށްދާނެ ކަމަށް އެ އިދާރާއިން އިއްޔެ ވަނީ ވިދާޅުވެއެވެ.
މަޖިލިސް އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ތަނުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.
ކޮވިޑް-19 އަށް ފައްސިވީ މަޖިލީހުގެ މަރާމާތުގެ މަސައްކަތުގައި އުޅޭ ބިދޭސީއެކެވެ.
ނަޝީދު އަކީ ވަރަށް ބަސް ނައަހާ މު ގޮށި މީދަލަކަށް ވުރެ ނުލަފާ މީހެއް.
ن ذ ތިޔަ އިދާރައިގެ އެއުޅޭ ނިޔުޝާ ހައްދަވައިގެން އަޅެ ތެދެއް ހަދާބަލަ! މަޤާމުގަނޑުގައި ބައްދާއިގަނެގެން ގެއްލިދާނެތީ! ކަމެއްވާނެތަ!
ز މަަޖިލީހުގެ އިދާރައިގެ ހުރިހާ މުވައްޒަފުން އެއްފަހަރާ ހެނދުނު 8 އިން 2 އަށް ވަޒީފާއަށް ނެރެނީ އެޗްޕީއޭގެ ކޮން އުޞޫލަކުންތޯ؟ މިއީވެސް އެޗްޕީއޭގެ މިންގަޑެއްތޯ!
ޓެޕްރޭޗަރ ބަލަން ތިއްބަވާ ސާޖަންޓު ހަލީމުގެ ޓީމު ވަޑައިގަންނަވަނީ 8 ޖަހާއިރު، 8ގެ ކުރިން އޮފީހަށް އަންނަ މީހުންގެ ހުމެއް ޗެކެއް ނުކުރޭ! މިއީވެސް އެޗްޕީއޭގެ މިންގަޑެއްތޯ!
މާސްކު ނާޅައި މަޖީލީހުގެ އިދާރައިގެ މުވައްޒަފުން އޮފީސްތެރޭގައި ބަންދުވެދައި ހުންނަ ތަންތާގައި އުޅެކަން ވަނީ އެނިގިފައި މިއީވެސް އެޗްޕީއޭގެ މިންގަޑެއްތޯ!