އެންސިސް މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، އެތަނުގައި މަސައްކަތް ކުރަމުންދާ އަންހެން މުވައްޒަފެކެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ މުވައްޒަފު ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ މިއަދުއެވެ. އަދި އެކަން އެ މުވައްޒަފު މިހާރު ވަނީ ކުންފުންޏަށް އަންގާފައެވެ.

އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅިގެން ކުންފުނީގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2150 އަށް އަރާފައެވެ. މި ބަލި ޖެހިގެން މިހާރު ފަރުވާދެމުން ދަނީ 371 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު