ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ރާއްޖެ އިން މިއަދު ކޮވިޑް-19 އިން ރަނގަޅުވި މީހުންނާއި އެކު މިހާރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1863 އަށް އަރާފައެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ 2283 މީހުންނެވެ. މިހާރު ބަލި ޖެހިފައި ތިބީ 407 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ ތިން މީހަކަށެވެ.

މިއަދު ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ ތަފްސީލްތައް އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ބަލިން ރަނގަޅުވީ ކޮން ގައުމެއްގެ ކޮން އުމުރެއްގެ މީހުންނެއް ކަމެއް ކަށަވަރެއް ނުވެއެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލޭގެ ފުރަބަންދަށް ލުއިތައް ދިނުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް އަދި މިހާތަނަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަކަށް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު