އިންޑިއާ އިން މަޑުކޮށްގެން މިހާރު ތިބީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހު ދިވެހިރާއްޖެ އިން ދެން ކަންތައް ކުރާނެ ގޮތެއް ބަލަން ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިމަހުގެ ފަސް ވަނަ ދުވަހު އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ދެމި އޮންނާނެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ތަރުޖަމާން ރަވީޝް ކުމާރު މިއަދު އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހު ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް އަލުން އިއާދަކޮށް މިނިވަންކަމާއި އެކު މަަސައްކަތް ކުރުމުގެ ފުރުސަތު ޝަރުޢީ ދާއިރާ އަށް ދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަދި ކުރިއަށް އޮތް މަދު ދުވަސްތަކުގައި ދެމި އޮންނާނެ. އަޅުގަނޑުމެން ބަލަން މިތިބީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހު ދެން ރާއްޖެ އިން ކަންތައް ކުރާނެ ގޮތެއް" ކުމާރު ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެ އަށް ސިފައިން ފޮނުވުމާއި ޗައިނާ އިން ދެކޮޅު ހަދާފައި ވާތީ އެކަމާއި ބެހޭ ގޮތުން ކުމާރު އާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރާއްޖޭގައި ހުރި ޗައިނާގެ މުދަލާއި މީހުން ރައްކާތެރިކުރުމުގެ ގާބިލްކަން ދިވެހިންގެ ކިބައިގައި ހުރިކަމަށް ޗައިނާ އިން ބުނެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ ރާއްޖޭގެ މައްސަައިގައި ހުރިހާ ގައުމަކުން ވެސް ބޭނުންތެރި ދައުރެއް އަދާކުރުން." ކުމާރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މޯޑީ

    މިތިބީ އިންޑިއާއިން ރޭޕްކުރުން ހުއްޓުވާނެ އިރެއް ބަލަން

  2. މޮޔަގެރި އިންޑިއަން

    އިންޑިއާ މޮޔަވީތަ

    މިގައުމުން އިންޑިއަން ވޯކުވިސާތައް ކެނސަލްކޮއް ހުރިހާ އިނޑިއަނުން ބާޒާރުމަތީވަކިހިއްޕާލާފަ ތިބިއާލާތުން އަވަހައް ބޭރުކުރަން ގޮވާލަން އަދި ތިވެހިން އިންޑިޢާ އަށް ނުދިއުމައް ގޮވާލަން

  3. ކޮންބިރެ

    ބިރެދައްކާނެ ކަމެނެތް.. ދިވެހި ސަރުކާރުން އިންޑިޔާއަށް ރާއްޖޭގެ އެއްވެސް އިންވެސްޓެނުދޭންވީ. އަދިވެސް ކުޅުދުއްފުށި ހޮސްޕިޓަލް ހަމަޔަކަށް ނޭޅޭ.. އެތަން އަތުލާ އެހެން ބަޔަކަށްދޭންވީ.. ރޔާމީންގެ ކިބައިގަ ހުންނަންޖެހޭނެ އިންޑިޔާދައްކާ ބިރަކަށް ނުބަލާ ދިވެހިރާއްޖޭގެ ކަންކަން ހަމަޔަކަށް އަޅުވާލެވޭހާ ގަޓް. އިންޑިޔާއަކީ ރާއްޖޭގެ ދުޝްމަނެ.. ރާއްޖޭގެ އެއްވެސް އިންވެސްޓެ އިންޑިޔާއަށް ނުދޭންއެދެން ރައްޔިތެއްގެ ހައިސިއްޔަތުން...

  4. Anonymous

    މިމީހުނާ ކޮންބެހޭކަމެއް މިރާއްޖޭގެ ދާހިލީ ކަމަކާ. ކަލޭމެންގެ އެމްބަސޭ ކައިރީ ބުނެބަ މަ.މިބުނާ އެއްޗެއް ތަރުޖަމާކޮށްދޭން. "ނުބެހޭ ކަމަކާ ކާޅުކެއަސް ސޮއްނުގޮވާ"

  5. ޣާދިރު

    ރޭޕްއިންޑިއާ ދޯ . ބަލަންތިބޭ ދުރުމި އަޅައި ގެންނާ ސެޓްލައިޓް އަޅުވައިގެންވެސް ބަލާ.

  6. މުޖޭ

    ކޮމެންޓް ފޮނުވާ ބޭފުޅުންނަށް ދަންނަވާލާހިތް އޮތީ ރާއްޖެވެސްއޮތީ ވަރަށްގިނަ މުއާހަދާތަކުގަ ސޮއިކޮއްފައޭ މުއާހަދާއި ހިލާފުވާނަމަ ބެހުމުގެ އިޙްތިޔާރު ގައުމުތަކަށް އޮވެޔޭ!

  7. ތުއްތަފާ

    އަމިއްލަ ގައުމުގައި ތިބި ފެންނުލިބޭ އެކަށީގެންވާ ހިޔާވަހިކަމެއް ނުލިބޭ ރައްޔިތުންނާއި ރޭޕްކުރާ އަންހެންނުން ރައްކާތެރިކޮށްބަލަ. އިންޑިއާގެ ވެރިމީހާ އަމިއްލަ ގައުމުގެ ރައްޔިތުންނަށް އަޅާނުލެވޭ އިރު އެހެން ވެރިންގެ ގުއި ފިލުވަން އުޅޭ ވެރިން ރާއްޖޭގައި މިއުޅޭ ވިކޭ ޕޮލިޓީޝަނުންނަށް ކަމުދާތީ ޕޮލިޓިކްސް އަކީ ޑާރޓީ އެއްޗެކޭ ބުނަނީ. އެކަމަކު މިއުޅޭ އާދައިގެ ރައްޔިތު މީހާ ދާނެ ފުމެލާއިރަށް ގޮސް އެމީހުންގެ ހައްގުގަ ވަންނާނެ ޖަލަށް. ދެން އެތާ އިނދެ ކިޔާނެ އަނބި ދަރީން ނުކައޭ.

  8. އަލީި

    އެހެންވީމަ އިންޑިއާމީހުން މިއަންނަނީ ޗައިނާގެ މީހުނާ މުދާތަށް ހަލާކުކޮށް މިގައުމު ސުއްނާފަތިކުރަންތާ.

  9. ވިސްނާ

    މަގުސަދަކީ މިގައުމުގެ އިޤްތުސާދު ފުޑުފުޑު ކޮށްލުން.....އަޅެމިކަން ދިވހި ރައްޔިތޔންނަށް ފަހުމްވަނެ ނަމައޭ ހިތަށްއަރަ.....އަހަރެން މީ އިންޑުޔާއިން 5 އަހަރު ކިޔަވަން ހުރި މީހެއް..އެމިހުން އަމިއްލަ ފައިދާއަށްނޫނީ މަސައްކަތެއްނުކުރާނެ، މިތަޖުރިބާ...ހަމަބުމެލި އެއްޗެނޫން.....

  10. އަންނޫ

    އަމިއްލަގަ ގައުމު އިސްލާހުކުރިއްޔާމާރީއްޗެއްނު

    މީކީ އިންޑިޔާގެ އަށެއްނޫ ނުބެހޭކަންތަކާބެހޭކަށް

    ރާއްޖޭގެ ދާހިލީ ކަންކަމުގެތެރެއްއަށްވަނުމުގެ

    ޚޮންހައްގެއް ރޭޕް އިންޑިޔާއަށް އޮތީ.

  11. މޮތީ

    އިންޑޔާއިން ތިހެންބުނީތީ މިތިބީ ހުމާ....ބަލަ

    އިންޑިޔާ އިން ކުރާކަންތައް ވަރަށްގާތުން ބަލަމޭ

    އަހަރެމެންވެސް ނުބެހެމެންނު.