ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި ބަދަލާއިއެކު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު މިއަދު ވަނީ ވިދާޅުވެފައެވެ.

މިއަދު ހަވީރު ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، އެން.އީ.އޯ.ސީ ގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މުޙާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް ކޮވިޑް-19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

އަދި، ބައެއް އެހެން ޤައުމުތައް ދިޔަފަދަ ގޯސް ޙާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ޙާލަތަށް އާދެވިފައި ވަނީ ޞިއްޙީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މަޢުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ރައީސް ޞާލިހް ޝުކުރު އަދާކުރެއްވެވިއެވެ.

އައު މަރުޙަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ބަދަލަކީ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމުގައެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ދެކޮޅަށް ކުރެއްވި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި މިފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެން.އީ.އޯ.ސީގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވެވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި އެ ހުރިހާ ބޭފުޅުންނަށްވެސް ރައީސް ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ މި ޒިޔާރާތްކޮށްލެއްވުމުގައި ރައީސް ވަނީ އެންއީއޯސީގައި ހުރި އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއިގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވާފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީ އިސްކޮށް އޮވެ، އެންއީއޯސީގެ ދަށުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންއީއޯސީގައި ހެލްތު މިނިސްޓްރީގެ އިތުރުން ސިފައިންނާއި ފުލުހުން އިސްދައުރެއް އަދާކުރެއެވެ. އަދި އެހެނިހެން މުއައްސަސާތަކުން ވެސް އެންއީއޯސީގައި ބައިވެރިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ނިންމަން ޖެހޭ ކަންކަން ނިންމުމުގެ ކުރިން ތަފާތު މަރުހަލާތަކުގައި މަޝްވަރާތައް ކުރިއަށް ގެންދަނީ ވެސް އެންއީއޯސީ އިންނެވެ. އޭގެ އިތުރުން ބަލި މީހުން އެކަހެރި ކުރުމާއި، ފަރުވާ ކުރުމާއި، ސުންކު (ސާމްޕަލް) ނެގުމާއި، ކަރަންޓީނަށް ފޮނުވަން ޖެހޭ މީހުން ކަރަންޓީނަށް ފޮނުވުމުގެ ކަންކަން ވެސް ކުރަނީ އެންއީއޯސީ އިންނެވެ.

އެންއީއޯސީ އުވާލަން ރައީސް ޞާލިހް ނިންމެވި ނަމަވެސް އަދިވެސް ކޮންމެ ދުވަހަކު އެވްރެޖްކޮށް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ހުރީ 20 އަށް ވުރެ މަތީގައެވެ. މިހާރު ހާލަތު އޮތް ގޮތައް ބަލާއިރު އަދި ހާލަތު އިތުރަށް ނުރައްކާ ވުމުގެ ބިރު ވެސް އެބައޮތް ކަމަށް ގިނަ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢިސަ

  ނުކިޔަވާ އިބްރާހިމް ހައްޔަރު ކުރޭ...

  19
  2
  • ތަކުރު

   ތިހެންނުބުނޭ.. އެއީ ދުނިޔެއިން ބޭރުން ކިޔަވައިގެން އައިސްހުރި ބޭފުޅެއް 0 ޓޮލަރެންސް އިން މަތީ ފާސް ނަންގަވައިގެން ގޮސް މުޅި ގައުމުގައި ހުރިއްޔާ ހުރި ފައިސާއެއް ކިހިލި ޖަހާލި އިހުލާސްތެރި ގައުމަށް ވަފާތެރި ބޮޑު ވަގެއް.. މިރޮނގުން ދެވަނައެއް ނުވާ ފަދަ އަދި ދެވަނަ މީހަކަށް ނުލިބޭނެ ބަދު ދުއާ ލިބިފައި އޮތް ކަޅު ކިނބުލެއް.. އެއް ގޮތަކަށް ވެސް ތިހެން ނުބުނޭ.

 2. ތީ ހަރަދުކުޑަކުރަންވާގޮތް

  ޢަދި ކިރިޔާ ތި ވިސްނިވަޓާގެން ހައްލުގެ ގެ ފެސުންއަންނަން ފިޔަވަޅު ނެގުނީ ކާނި ވަރަކައް ކޭމަ...

  20
  2
 3. ޞައްތި

  ކޮންކަމަކުބާ އެންއީއޯސީ އުއާލަނީ. ވާވަރުވީބާ