މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ކުޑަކުދިންތަކެއް ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ދެ ކުޑަކުއްޖެއް ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި ފުލުހުން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށާއި، އެ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރާ އިރު މީޑިއާތަކުން ވެސް އެ ކުދިންގެ ކަރާމާތަށް ގެއްލުން ނުލިބޭނޭހެން ރިޕޯޓުކުރުމަށާއި އެ ކުދިންގެ މަސްލަހަތު ރައްކާތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވިދާޅުވީ އެފަދަ ވީޑިއޯތައް ދައުރުކުރުން ހުއްޓުވުމަށް މީސް މީޑިއާގައި ދައުރުވާ ކުޑަކުދިންނާއި ގުޅުން ހުރި އެފަދަ ވީޑިއޯތައް އެކަކު އަނެކަކު ޝެއާކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅަން ޖެހޭ ކަމަށެވެ.

"މިފަދަ ވީޑިއޯތައް އެކަކު އަނެކަކު ޝެއާކުރުމުގެ ބަދަލުގައި ކަމާ ގުުޅުންހުރި ފަރާތްތަކާ ހިއްސާކޮށްގެން އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދަންނަވަމެވެ،" ފުލުހުން ވިދާޅުވިއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ކުޑަ ދެކުއްޖަކު ގައިގޯޅިވެެ ތުންފަތަށް ބޮސްދޭ މަންޒަރެވެ. ބެލެވޭގޮތުން އެ ކުދިންނަކީ އެއް އާއިލާއެއްގެ ކުދިން، ނުވަތަ ގާތްގުޅުމެއް އޮންނަ ކުދިންތަކެކެވެ.

ވީޑިއޯ ކުރުމަށް ފަހު އިތުރު މީހަކަށް އެ ވީޑިއޯ ފޮނުވާ ވާހަކަ އެ ކުޑަކުދިން ދައްކާ މަންޒަރު ވެސް އެ ވީޑިއޯއިން އިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ފެކްޓް

  ފުލުހިން ނުބަލާކަށް ކަމެއް އޮވޭތަ؟ ދުވަކު ވާކަމެއް ހަރާން! މިޤައުމު މިދަނީ ސުންނާފަތިވަމުން.

  20
 2. އޮން

  އެއީ ބޮސްދިނުމެއްނޫން އެހަމަ ވަރުގަދަޔަށް ބޮނީ

  21
  2
  • އިއްބެ

   ނެތްތަ ލިންކެއް ބަލާލަން

   3
   7
 3. ބަލަން

  ބަލަންޖެހޭ ކަންކަން ބަލާފަ ދޫކޮއްލާ.
  މިތަނުގައި ބޮޑުވަނީ 18 އަހަރު ފުރުމައްފަހު.
  ބާލިޢަކީ ދަންނަ އެއްޗެއް ނޫން.... ބައިވަރު ވާހަކަ ދޯ......

 4. ސަޓޯ

  ތިއީ ޕޮލިސްގަ އުޅޭ މީހެއްގެ ފިރިހެން ދަރިއެއް.. ނަން ބުނާކަށް ނެތިން.. މައިންބަފައިން ފެއިލް..

  13
  2
  • މަރީ

   މައިންބަފައިންނާ ބެހޭކަށްނުޖެހޭ
   ހަގީގަތްނޭންގޭއިރު

   5
   5
 5. ބޯ

  ވަރު ގަދަ ކަމެއް މިއޮތީ...ބޮލުގަ ރިއްސަން ފަށައިފި...

  11
 6. ައަރީ

  މީގަ ނުޖެހޭ މައިންބަފައިންނަށް ބްލޭމްކުރާކަށް

  • ޥާނުވާ

   މީ ހަމަ މައިން ބަފައިން އެމީހުންގެ ޒިންމާ ނުނަގާތީ ވާގޮތް
   މަންމަ އިކު ކައިރީގަ ހުރެގެން ބަލާ ކުދިންނާ ، ގެންގުޅޭ މީހުން ބަލާ ކުދިންނާ ހާސް ބައި ތަފާތު ވާނެ.
   ބޭރުގެ މެއިޑުން ބައި ތިއްބައިގެން ބަލާ ކުދިން ގެ ހާލު އަދި މާބޮޑު، މައިން ބަފައިން ބޭރަށް ދިޔައީމަ ދެންގޭގަ ވާކަންކަން ނުވެސް އެނގޭ ބަލާކަށް ބޭނުމެއް ވެސް ނުވޭ،
   ބައެއް މީހުންނަށް ހުރިހާ އެއްޗަކީވެސް ފައިސާ ، އެއަށް ފަހު އަމިއްލަ ނަފުސު، އޭގެ ފަހުން ވަގުތު އޮތިއްޔާ ދަރިން،

 7. ކކކކ

  ދަރިން ލިބޭ އުމުރުގެ ކުޑަކުދިންތަ؟ ނޫނީ ހަތަރު ފަސް އަހަރުގެ ތުއްތު ކުދިންތަ؟