ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 17 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

ރާޢްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމަލް އަދަދު 1944 އަށް މިހާރު ވަނީ އަރާފައެވެ.

މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދޭ މީހުންގެ އަދަދުވަނީ 403 އަށް ވަނީ މަދުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުތާ މިއަދަށް 115 ދުވަސްވެފައިވާއިރު ބަލިޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެ އިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 ފެނުމާއި ގުޅިގެން ފުރަބަންދުކޮށް އެޅި ހަރުކަށި ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން އަނެއްކާވެސް އިތުރު ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާލުމުގެ ހުއްދަ ދިނުމާއި މާލޭ ސަރަހައްދުގައި ޖަމާޢާތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުން ހިމެނެއެވެ. އަދި މާލޭ ސަރަހައްދުގައި ގްރޭޑް 09 އިން ފެށިގެން މަތީ ގްރޭޑްތަކުގެ ކިޔެވުން ވެސް މާދަމާ ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު