ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަންދު ކުރަން އެންގި ޓިއުޝަން ސެންޓަރުތައް، ރައްކާތެރި ފިޔަވަޅުތަކާއި އެކީ އަލުން ހުޅުވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

ރޭ އެންއީއޯސީން ބޭއްވި ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު އަޒީޒު ވިދާޅުވީ، ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައި ނުވާ ރަށްރަށުގައި ސްކޫލްތައް ހުޅުވިފައިވާ ކަމަށާއި ޓިއުޝަން ސެންޓަރުތަކުގައި ކިޔަވާދިނުމުގެ ހުއްދަވެސް އެޗްޕީއޭއިން ދީފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، އެ ނޫން ރަށްތަކުގައި ޓިއުޝަން ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ 12 އަހަރުން މަތީގެ ކުދިންނަށް އެކަނި ކަމަށާއި އެފަރާތްތަކުން ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ގައިދުރު ކުރުމުގެ ފިޔަވަޅުތައް އަޅައި، ސަލާމަތީ ފިޔަވަޅުތަކާއި އެކު ޓިއުޝަން ކްލާސްތައް ކުރިޔަށް ގެންދިއުމަށް އޭނާވަނީ އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން މަބްރޫކް ވިދާޅުވީ ޓިއުޝަން ކްލާސްތަކުގެ އިތުރުން ކުޅިވަރު އެކަޑަމީތައްވެސް މިހާރު ހިންގޭނެ ކަމަށާއި އެހެން ނަމަވެސް މޮނީޓަރިންގެ ހާލަތުގައިވާ ތަންތަނުގައި ހިންގާ ކުޅިވަރު އެކެޑެމީތަކުގެ ހަރަކާތްތަކުގައި 12 އަހަރުން ދަށުގެ ކުދިން ނުހިމަނާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ބަލި ޖެހޭ މިންވަރު މަދު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކާއި ޓިއުޝަން ސެންޓަރުތަކުގެ އިތުރުން މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަައީމް

    ޓިއުޝަން ސެންޓަރުތައްވެސް ހުޅުވައިފި އެކަމަކު މާދަމާގެ ހުކުރުނުކުރަން ނިންމައިފި މީ މިކުރަން އމިކުރަންއުޅޭ ހެޔޮވެރިކަމަކީ ... މިވެސް ރަނގަޅުތޯ މައުމޫނޫ ގާސިމޫ

    3
    2
    • އަމީން

      މާދަމާގެ ހުކުރު ޖަމާއަތުގެ ނުކުރަން ނިންމި ނިންމުން އެންމެ ރަނގަޅު. އެއީ މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވެފައި ރައްކާތެރި ވުމުގެ ގޮތޮން ކޮންމެހެންވެސް ކުރަން ޖެހެ ކަމެއް... އެއްނަމާދަކަށް ނުދިއަސް ދިވެހިން ހުކުރަށް ދާން ވަރަށް ފޯރި ހުންނާނެ ، ގިނަ މީހުން ނުބަލާނެ އެހެން މީހުންގެ ރައްކާތެރިކަމަކަށް އެމީހަކާ އެމީހެއް ގިންފަހަރަށް އޮންނާނީވެސް ދިވެހިންގެ އާދައިގެ ހިފާފައިވާ ވަރަށް ހަޑި އުޅުމެއް