ބ. އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންގެ އަތްދަށުވެ ރަހީނުކޮށްފައި ތިބި ދިވެހިންގެ ތެރެއިން 12 މީހަކު ސަލާމަތްކޮށްފި އެވެ.

ރަހީނުކޮށްފައި ތިބި 12 ދިވެހިން ސަލާމަތް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވާއިރު، އެމީހުން ސަލާމަތްކޮށްފައި ވަނީ ގިނަ އަދަދެއްގެ ފުލުހުން އެރަށަށް އެރިތާ މާގިނައިރެއް ނުވަނީހެވެ.

ފުލުހުންގެ ބޮޑު ފައުޖެއް މީގެ އިރުކޮޅެއް ކުރިން ބޮޑުފިނޮޅަށް އަރާފައި ވަނީ ހަތިޔާރާއެކު އެވެ.

ފުލުހުން ފުރަތަމަ ވިދާޅުވީ، ބިދޭސީން ވެގެން އެރަށުގައި ހިފަހައްޓާފައި ތިބީ ޖުމްލަ 11 މީހެއް ކަމަށެވެ. ނަމަވެސް ފަހުން އިތުރު މީހަކު ރަށުތެރެއިން ފެނިގެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މަޢުލުމާތު ލިބެއެވެ.

ފުލުހުން މިއަދު އެރަށަށް އެރިއިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ސުލްޙަވެރިކަމާއެކު މައްސަލަ ޙައްލު ކުރުމަށް ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"ސުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމަށް އެމީހުންނާއެކު ދަނީ މަޝްވަރާ ކުރަމުން. މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ" ފުލުހުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭގޮތުން އެރަށުގައި އިންޑިއާ އާއި ބަންގްލަދޭޝް އަދި ލަންކާއަށް ނިސްބަތްވާ މީހުން ވެސް ތިއްބެވެ. ރޭގެ ހަމަނުޖެހުމާއި ގުޅިގެން އަދި މިއިން އެއްވެސް މީހަކު ހައްޔަރު ކުރި ކަމުގެ މަޢުލޫމާތެއް ނުލިބެއެވެ.

ރޭ މި ހާދިސާގެ މައްސަލަ ފުރަތަމަ ފެންމަތިވުމާއި ގުޅިގެން އެންމެ ފުރަތަމަ ބޮޑުފިނޮޅަށް އަރަން މަސައްކަތް ކޮށްފައިވަނީ ބ. ތުޅާދޫއިން ފުރައިގެންދިޔަ ފުލުހުންގެ ޓީމެކެވެ. ދެފަހަރެއްގެ މަތީންވެސް އެރަށަށް އެރުމަށް ފުލުހުންގެ އެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވާއިރު، ބަނދަރުމަތީގައި ފާރައަށްތިބި ބިދޭސީން ވަނީ ގާއުކައި ފުލުހުންނާއި، ފުލުހުން ދަތުރުކުރި ދޯންޏަށް ހަމަލާ ދީފައެވެ. މި ހާދިސާގައި ބައެއް ފުލުހުންނަށް އަނިޔާވެސް ވެފައި ވެއެވެ.

މިކަމާއި ގުޅިގެން ރޭ މާލެއިން، ތައްޔާރީ ހާލަތުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިންގެ ފައުޖުތައް ބޮޑުފިނޮޅަށް ދިއުމަށް ދަތުރުކުރިއެވެ.

އެރަށުގައި ރަހީނުކުރި ދިވެހިންގެ ތެރެއިން އެކަކު މީގެ ކުރިން ސަލާމަތްވެފައި ވާއިރު، އޭނާ ސަލާމަތްކޮށްފައި ވަނީ ތުޅާދޫން ދަތުރުކުރި ފުލުހުންނެވެ. ފުލުހުންނަށް އޭނާ ފެނުނީ ބޮޑުފިނޮޅު ކައިރިން މޫދުންނެވެ. އޭނާ އަކީ ބިދޭސީންގެ އަތްދަށުން ސަލާމަތް ވެގެން މޫދަށް އެރި އޮތް މީހެކެވެ. މީގެ އިތުރުން ބޮޑުފިނޮޅުން 7 ބިދޭސީއަކު ރޭގެ ވަގުތެއްގައި ތުޅާދޫއަށް އަރާފައިވެސް ވެއެވެ. އެމީހުންނަކީ ހަމަނުޖެހުމުގައި ބައިވެރިނުވާ މީހުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ބިދޭސީން ބޮޑުފިނޮޅުގައި 12 ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގީ، ފަސް މަހުގެ މުސާރަ ނުލިބިވާ ކަމަށް ބުނެއެވެ. މި ހަމަނުޖެހުމުގައި ގިނައީ ބަންގްލަދޭޝް މީހުން ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމީހުން މި ހަމަނުޖެހުން ހިންގުމުގެ ކުރީން މުސާރައިގެ މައްސަލައިގައި އެއްވުންތައް ވެސް ބާއްވާފައި ވެއެވެ. އަދި އެ މައްސަލައިގައި އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ވެސް މީގެ ކުރިން އާންމުކޮށްފައި ވެއެވެ. ހަމަ އެހެންމެ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މުސާރައިގެ މައްސަލަ މީގެ އެތައް ދުވަހެއް ކުރީން ގެންގޮސްފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ރަދީފް

    الحمد لله

    35
  2. ޙަމަހަމަ

    ސާ ބަހޭ ދިވެހި ފުލުހުންނާއި ސިފައިން!

    42
    6
  3. ާމުޞްޠަފާ

    ތިޔައީ ވަރަށް ނުރަށްކައުތެރި ކަމެއް. ޙަޤީޤަތުގައި ވެދާނެ މިކަހަލަކަމެއްގެ ފެށުންކަމަށްވެސް. ޢަމިއްލަ ފަސްގަނޑުގައި ބޭރުބައެއްގެ ނުފޫޒާއި ބާރުފޯރުވީ ނޮވެމްބަރު3ގަ. މުޅިން އެހެންގޮތަކަށް މިކަންކުރީ... ބިދޭސީން ގައުމުގައި ގިނަވެއްޖެ. ޖަރީމާ ތަކާއި ނޭއްގާނީ ޢަމަލުތައް ހިންގާލެއް މަދެއްނޫން މިހާރުވެސް. ސަމާލުވޭ!!!؟؟؟

    73
    3
  4. ބަކުރުބެ

    ބޮންދު މެން ގައުމައް ފޮނުވާލާ، މުސާރަ ދޭނެ ކަމެއްނެތް، ތަން ތަން ބިންދާލާފަ ރޮއްވާލާ

    22
    78
    • ދިވެއްސެއް

      ބޮންދުމެން އެމީހުންގެ ގައުމަށް ފޮނުވާލަންވީ.. އެމީހުންގެ ހައްގުވެސް އެމީހުންނަށް ލި ބެންވާނެ.
      އެކަމު އެމީހުންގައިގަ ތަޅާ އަނިޔާ ކޮށްގެން ނުވާނެ. އެމީހުން އަހަރުމެންނަށް އަނިޔާ ކޮށްފިއްޔާ.. އެއީ އަދި އެހެން ކަމެއް.
      އެމީހުންނަށް މުސާރަ ނުލި ބުނޭ ކިޔާފަދިވެހިން ރަހީނު ކޮށް ވަޅިން ބިރުދައްކާ މިފަދަ އަމަލުތައް މި ފަސްގަނޑުގަ ހިންގީމަ އާދައިގެ ގޮތެއްގަ ހަމައެކަނި އަނގަ ބަހުން ނަސޭހަތްލައި ދިނުމަކުން ނުފުދޭނެ. ތިކަން ރާވާ ހިންގި ބަޔަކަށް އަދަ ބު ދެވެން ޖެހޭނެ. މި އުޅެނީކީ ނާސަރީ ކުދިންތަކެއް ބަސް ނާހައިގެނެއް ނޫން. އަހަރުމެންނަކީ ވެސް ގައުމަކަށް ނިސް ބަތްވާ ގައުމެއްގެ ރައްޔިތުން. މިކަހަލަ ހާދިސާ ތައްދިމާވީމަ ކޮންމެސް ވަރެއްގެ ކެރިކުޅަދާނަ ކަމެއް ފެންވަރެއް އަހަރުމެންގެ ވެރިންނާ ފުލުހުންނާ ސިފައިންގެ ކި ބައިގާ ހުން ނަންވާނެ

      38
      4
    • Anonymous

      މުސާރަވެސް ދޭން ޖެހޭނެ އަދި އެކުންފުނިން ދިވެހި ސިފައިންނާއި ފުލުހުންނަށް ޖޫރިމަނާވެސް ދައްކަން ޖެހޭނެ. ހުރިހާ ކަމެއްގެ ހައްލަކީ ތަޅާ އަނިޔާ ކުރުމެއް ނޫން. 7 މަސް ދުވަހު މުސާރައެއް ނުލިބި އެމީހުން ތިބީ. މިކަން މިގޮތަށް ނުހިނގިނަމަ 12 މަސް ވާއިރުވެސް މީހެއްގެ ސަމާލުކަމަށް މިކަން ނުވެސް އައީސް

      39
      2
    • ؟؟

      ސަލާމަތްކުރި ދިވެހިންގެ ހާލަކީ ކޮބާ؟ އެމީހުން ބައިތިއްބާފައިވަނީ ކޮންތާކު؟ މިއީ ސުރުހީ ކިޔާފަ އެންމެ ސުވާލު އުފެދޭ ބައެއް ކަންކަން.

  5. ޒިމްޒިމް

    މީހަކު މަރާލާފަ ވަޅުލާފަވެސް އޮވެދާނެ.. ކުރިން ފުލުހުންނާއި ކުރިމަތިލި ބައެއް މާ އަވަހަށް ރަގަޅުވާނީ ނުބައެއްވީމަ.. އޭރުވެސް ފުލުހުން އެރުވިނަމަދޯ

    14
    2
  6. އައަނަ

    ބޭރު މީހުންނަ އަނިޔާ ކުރީމަ ކޮން ބަޔަކަ ދެރަ ވާނީ.ރާއްޖެ މީހަކު ބަލި ވިޔަސް ކިޔަވަން ވިއަސް ގޮސް މިތިބެނީ ބޭރުގަ.އެ ގައުމް ތަކުގެ މީހުން ބޭރުގަ ތިބި ދިވެހި މަރަ ފަށާ ފިޔާ ކީ ކުރާނީ ބަދަލު ހިފަ

    12
    5
  7. ދިވެއްސެއް

    ބޮންދުމެން އެމީހުންގެ ގައުމަށް ފޮނުވާލަންވީ.. އެމީހުންގެ ހައްގުވެސް އެމީހުންނަށް ލި ބެންވާނެ.
    އެކަމު އެމީހުންގައިގަ ތަޅާ އަނިޔާ ކޮށްގެން ނުވާނެ. އެމީހުން އަހަރުމެންނަށް އަނިޔާ ކޮށްފިއްޔާ.. އެއީ އަދި އެހެން ކަމެއް.
    އެމީހުންނަށް މުސާރަ ނުލި ބުނޭ ކިޔާފަދިވެހިން ރަހީނު ކޮށް ވަޅިން ބިރުދައްކާ މިފަދަ އަމަލުތައް މި ފަސްގަނޑުގަ ހިންގީމަ އާދައިގެ ގޮތެއްގަ ހަމައެކަނި އަނގަ ބަހުން ނަސޭހަތްލައި ދިނުމަކުން ނުފުދޭނެ. ތިކަން ރާވާ ހިންގި ބަޔަކަށް އަދަ ބު ދެވެން ޖެހޭނެ. މި އުޅެނީކީ ނާސަރީ ކުދިންތަކެއް ބަސް ނާހައިގެނެއް ނޫން. އަހަރުމެންނަކީ ވެސް ގައުމަކަށް ނިސް ބަތްވާ ގައުމެއްގެ ރައްޔިތުން. މިކަހަލަ ހާދިސާ ތައްދިމާވީމަ ކޮންމެސް ވަރެއްގެ ކެރިކުޅަދާނަ ކަމެއް ފެންވަރެއް އަހަރުމެންގެ ވެރިންނާ ފުލުހުންނާ ސިފައިންގެ ކި ބައިގާ ހުން ނަންވާނެ.

  8. ސީއައިޑީ

    އިއްޔެ ބުނީ 15 ދިވެހިން ރަހީނުކޮށްފަޔޭ . ބާކީ 3 މީހުން ކޮބާ ?

    9
    1
  9. ރީންދޫ އަލިފުޅު

    ތީ ދިވެހިންގެ ބަޔަކު ތިކަން ކުރިނަމަ ތަޅާ ސުންނާފަތި ކޮއްލިސް. ތިޔަ ޖަރީމާ ހިންގި މީހުން ހައްޔަރު ކުރުމައް ގޮވާލަން.

    25
  10. މިކަން ފެށުނީ

    ޕަބްލިކް ވޯރކްސްގަ މާއްޓޭ ބޮޑަކަށް ހުރެގެން މެން އުޅުނު އިރު ފެށި ޖަރީމާއެއް މީ.. ފަހުން އިމިގްރޭޝަނަށް ބަދަލު ކުރި އިރު ޑޭޓާބޭސް ގެއްލުނީއޭ ކިޔާފަ އިމިގްރޭޝަނަށް ވެސް އޮޅުވާލީ.

    މާއްޓޭމެން މިއަދު އެތިބީ ރާއްޖޭގެ ބޮޑުންގެ ތެރޭގައި..އުފަލުން. އޭގެ ބައެއް ގާނޫނު ހަދަންވެސް މިހާރު އެބަތިބި..ކިއްކުރާނީ.

    ގައުމުގެ ހަލާކު. މީ ފެށުން.. މިކަން މިހާރު ހައްލު ނުކޮށްފިނަމަ، ނިމޭނީ ކަޝްމީރަށް ވިހެން ރާއްޖެ ބައިވެގެން.އެކަން މިނިސްޓަރު ފަޔާޒުގެ ބަހުން އެގުނު

    12
  11. ާއަހުމަދު

    މިކަންތައް ކަމާއިބެހޭފަރާތަކަށް ސަލމާލުކަމށް ގެންދިޔަތަ
    ގެންދިޔަނަމަ މިހެންވާނެތަ؟

  12. ޚިޔާލު 3

    މިކަމުން އެގިގެންދަނީ މި ސަރުކާރަށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިނުވާކަމެވެ. އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މި ސަރުކާރު ވީ އެންމެ އަވަހަކަށް ބަދަލު ކުރުމަށް ރައްޔިތުން ވިސްނަންޖެހޭ ކަމެވެ. މިފަހަރު ދިވެހިންގެ ފުރާނަ ސަލާމަތް ވި ނަމަވެސް މިކަމަކީ އިންތިހާއަށް ނުރައްކާވިކަމެކެވެ.

    2
    1
  13. ޢަމަދު

    ޙަހަހަ ދިވެހި ފުލުހުންގެ ފެންވަރު، އަދިވެސް ރާއްޖެއައް ވީހާ ގިނަ ބަންގަޅީން ގެނޭ ރާއްޖެއައް، އިމިގްރޭޝަންގަ އުޅޭ އަހާރަން ކޯރު އޮފިސަރުންޖެހޭ ޒިންމާނަގަން،

  14. ޢިހަަން

    ގާނުނެއް ގަވާއިދެއް އޮންނަ ގައުމެއް މީ ،ސަރިކާރުޖެހޭނެ ފުލް ޒިންމާނަގަން މި ނޫނީ ނޯންނާނެ ވިސާއަކާ ނުލާ މަސައްކަތް ކުރެވޭ ގައުމެއް، ބަންގާޅީން އެ ބުނަނީ ޕޮލިސްގެންދަނީ އެއްގަޑި އިރުނުވަނީ ދޫކޮށްލަނީ އެއްވެސް ބިރެއްނެތް، ވީމާ މި ގައުމުގަ ފްރީކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އޮވޭ ،

  15. ތަފާތުނުކުރޭ

    އެމީހުންނަށް ކޮންމެ ޙާލަތެއް މެދުވެރި ވިޔަސް އެހިންގީ ބޮޑުޖަރީމާއެއް. އެމީހުންނަށް އަދަބު ދޭން ޖެހޭނެ. ބޭރު މީހުން ބޮޑެތި ޖަރީމާ ހިންގީމަ ރަށަށް ފޮނުވާލާ އުޞޫލަކީ ވަރަށް ނުރައްކާތެރި އަދި ކުށްތަކަށް ހިތްވަރު ދެވޭ އުޞޫލެއް.

  16. ޢަޒީމް

    ކޮބާތަ މަޖުލިސް ގެ ރައީސް... މުސާރަ ނުދޭ މައްސަލަ ބަލަން ކުއްލި ޖަލްސާ ނުބާއްވާތަ؟

  17. އެމަންޖެ

    މިއީ އަންނި ބޭނުންވާގޮތް.

    5
    1
  18. ފިޔަވަޅު

    ހަްީގަތުގަ ތިކަމުގަ އެއްވެސް މަޝްވަރާއެއްކުރުމެއް ނެއް .
    ޥަޤުތުން ހައްޔަރު ކުރަން ޖެހެ.
    ދެން އެމީހުންނައް މުސާރަ ދޭންޖެހޭ ފަރާތުން މުސާރަ އަތުލުމައްފަހު އޭނަވެސް ބަންދުކުރަންޖެހެ .
    ބަންގާޅީންނެއްކަމަކު ދިވެހިން ރަހީނެއް ނުކުރެވޭނެ .

  19. ޙހހހ

    ކޮންމެ ކޮންމެ ދުވަހަކު އިރުއަރަނީ އެމް. ޑީ.ޕީ ކޮންމެސް މީހެއްގެ ޖަރީމާ ގަނޑަކުން ، ސަރުކާރުގެ ބަޔަކު ބޭޒާރުވެގެން

  20. Anonymous

    ދިވެއްސަކު ކުރި ކަމެއް ނަމަ ވަގުތުން ހައްުޔަރު ކުރާނެ. އެ އެންމެ ހައްޔަރުކޮށް މައްސަލަ ނުބެލެންވީ ސަބަބބަކީ ކޮބާ. ރަހީނު ކުރުމަކީ ބޮޑު ކުށެއްކަމުގައވާއިރު އެމީހުން ހިނދުކޮޅަކަށްވެސް ދޫވެފައި ތިބުމަކީ މައްސަލައެއް. ކަމާބެހޭ.މުއައްސަސާތަކުގެ ވެރިން ޒިންމާ ނަަގަންޖެހޭނެ. އަދި ރިސޯޓުގެ ވެރިންނާއި ކުންފުނީގެ ވެރިންވެސް ހައްޔަރުކުރަންޖެހޭ ނޫންނަމަ މީ އާދއިގެ ކަމަކަށްވެގެން ހިނގާދާނެ. އަދި ބޭރުމީހުންނަށް ހުޅުވޭ ޣައިރު ޤާނޫނީ ދޮރަކަށް ވެގެން ހިނގާދާނެ

  21. ކަންބޮޑުވާންޖެހޭ

    ދިވެއްސަކު ކުރި ކަމެއް ނަމަ ވަގުތުން ހައްުޔަރު ކުރާނެ. އެ އެންމެ ހައްޔަރުކޮށް މައްސަލަ ނުބެލެންވީ ސަބަބބަކީ ކޮބާ. ރަހީނު ކުރުމަކީ ބޮޑު ކުށެއްކަމުގައވާއިރު އެމީހުން ހިނދުކޮޅަކަށްވެސް ދޫވެފައި ތިބުމަކީ މައްސަލައެއް. ކަމާބެހޭ.މުއައްސަސާތަކުގެ ވެރިން ޒިންމާ ނަަގަންޖެހޭނެ. އަދި ރިސޯޓުގެ ވެރިންނާއި ކުންފުނީގެ ވެރިންވެސް ހައްޔަރުކުރަންޖެހޭ ނޫންނަމަ މީ އާދއިގެ ކަމަކަށްވެގެން ހިނގާދާނެ. އަދި ބޭރުމީހުންނަށް ހުޅުވޭ ޣައިރު ޤާނޫނީ ދޮރަކަށް ވެގެން ހިނގާދާނެ

  22. ދިވެހިން

    ލަންކާ މީހުން ތިބިއްޔާ ނުބައި ހަދާނެ ޔަގީން ކަމެއް އެއީ ، ލަންކާމީހުންނަކީ މަކަރުވެރި ނުލަފާ ބައެއް

  23. ޑަކައތަ

    ތިބަންގާޅިން ހައްޔަރުކޮށްގެން ޑީޕޯޓްކުރޭ

  24. ޑަކައިތަ

    10 އަހަރުވަންދެން މުސާރަނުދިނަސް ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ގައިރު ގާނޫނާއި ހިލާފު އަމަލުނުހިންގޭނެ ހިންގާނަމަ ބިދޭށީބަންގާލީން ހިފައިހައްޔަރުކޮށް ސަރިއަތުގެކުރިމައްޗަށްގެނެސް އުމުރަށް ޑީޕޯޓްކުރަންޖެހޭނެ

  25. Hassan Ali

    ދިވެހިއާބާދީއަށްވުރެ ބޮޑު ބިދޭށީބަންގާޅިން އަދަދު ރާއްޖޭގައި ގިނަވުމުން ބަންގާޅީންދަމީ ދިވެހިރާއްޖޭ ސަލާމަތަށް ކުރައްކާވާފަދަ އެތައްއަމެއްހިންގަމުން މިހެންވެ ދިވެހިންނަށް މިއޮތީ މިބަންގާޅީ އާބާދީން ރާއްޖޭން ބޭރަށް ފޮނުވާލުން