ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ނުދީ ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން ރިސޯޓުގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ހަމަނުޖެހުންތަކުގައި އެ ރަށުގައި ގެންގުޅޭ ވެހިކަލްތަކާއި އިމާރާތްތަކުގައި ހުރި ބައެއް ތަކެއްޗަށް ބިދޭސީން ގެއްލުންދީފައިވާ ކަމަށެވެ. އޭގެ ބައެއް ފޮޓޯތައް ފުލުހުން ވަނީ މީޑިއާއާ ހިއްސާ ކޮށްފައެވެ. އަދި މައްސަލައިގެ ތަހުގީގު ވަނީ ފަށައިފައެވެ.

ރަށުގައި ހުރި ބައެއް ތަކެއްޗަށް ބިދޭސީން ގެއްލުން ދީފައި.

ބައެއް ފޮޓޯތައް ފުލުހުން މީޑިއާއާ ހިއްސާ ކޮށްފައިވާއިރު، ވެހިކަލްތަކުގެ ބިއްލޫރިތައް ތެޅުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ. އަދި އެކޮމަޑޭޝަން ބްލޮކްތަކުގެ ދޮރުތައް ހަލާކުކޮށްލައި، އެ ރަށުގައި އަޅާފައި އޮތް ލޯންޗަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

މީގެއިތުރުން، އެ ރަށުގައި ބިދޭސީން ކާން ބޭނުން ކުރާ މެސް ރޫމަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އެތަނުގައި ހުރި ތަށިތައް ތަޅާލައި ގޮނޑިތަކާއި މޭޒަށް ގެއްލުން ދީފައިވާ އިރު، އުނދުން ފަދަ އެއްޗެހި ވެސް ހަލާކުކޮށްލާފައިވެއެވެ.

ބިދޭސީން ވެހިކަލަކަށް ގެއްލުން ދީފައި. --- ފޮޓޯ: ޕޮލިސް

ބޮޑުފިނޮޅުގައި ތިބި ބައެއް ނޫސްވެރިން ބުނާ ގޮތުގައި، އެ ރަށުގައި ހުރި އޮފީހަކަށް ވެސް ބިދޭސީން ވަނީ ގެއްލުން ދީފައެވެ. އެގޮތުން އެ އޮފީހުގައި ހުރި ގޮނޑި އާއި މޭޒު ފަދަ ތަކެތި "ފުނޑާލާފައި" ހުރި ކަން ނޫސްވެރިންނަށް ފާހަގަވެފައިވެއެވެ.

އަދި ލިޔެކިޔުންތައް ވެސް އުކާލާފައި ހުރި ކަން ނޫސްވެރިންނަށް ފެނިފައިވެއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބައެއް ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ބިދޭސީން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެންމެ ފަހުން، އެކަން ބޮޑު ހަމަނުޖެހުމަކަށް ގޮސް، ބިދޭސީންގެ ބެލުމުގެ ދަށަށް ރަށް ގެންގޮސް 12 ދިވެއްސަކު ރަހީނު ކުރިއެވެ.

ފުލުހުން ރޭގެ ވަގުތެއްގައި ދެ ފަހަރެއްގެ މަތިން ބޮޑުފިނޮޅަށް އަރަން މަސައްކަތް ކުރިއެވެ. އެކަމަކު، އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. އެ ދެ ފަހަރު ފުލުހުން ރަށަށް އަރަން އުޅުމުން ބިދޭސީން ވަނީ ޖެޓީ ކައިރިއަށް ނުކުމެ، ފުލުހުންނާ ދިމާލަށް ގަލާއި ތޫނުކޮށްފައި ހުރި ހަތިޔާރު ފަދަދ ތަކެތި އުކައިފައެވެ. އެންމެ ފަހުން، މާލެ އިން ދިޔަ ފުލުހުންގެ ފައުޖެއް ބޮޑުފިނޮޅަށް އަރާފައި ވަނީ ހެނދުނުގެ ވަގުތެއްގައެވެ.

އެކަމަކު، ހެނދުނު ފުލުހުން އެރުމުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ. އަދި މަޝްވަރާކޮށްގެން ސުލްހަވެރިކަމާ އެކީގައި މައްސަލަ ހައްލުކުރުމަށް ބިދޭސީން ވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަޝްރަފް

    ދެން މުސާރަ ލިބިވަޑައިގަންނަވާނީ ލިބުނު ގެެއްލުމަށް ކަނޑާފަ ވަރަށް ސަލާމް އެމްޕީ

    27
    5
  2. ޙަސަން

    ކޮންމަޝްވަރާއެއް. ޤާނޫނުން ދެވޭ އެއްމެބޮޑު އަދަބެއްދޭންވީ. ނުވަތަ ގެއްލުމުގެ ބަދަލުއަތުލާފާ ޑިޕޯޓްކޮއްލަންވީ

    42
    16
    • Anonymous

      100% ތާއީދު...

      18
      7
  3. މުހަންމަދު

    މަސްވަރާކުރީމަނިމުނީތަ؟ތިޔަބަލާތެއް މިގައުމުން ފޮނުވާލަބަލަ

    26
    4
  4. ބަކުރު

    ލިބުނު ގެއްލުންތައް އެމީހުންގެ މުސާރައިން ކަނޑާފަ ކަނޑު ބޯޓެއްގަ ރަށަށް ފައްސަން އުޅޭ. މި ބޮންދުންނާހެދި މިއުޅެނީ މާލެއިން ވައިރަސް ވެސް ނުފިލައިގެން ބޮޑު ދުއްޕާނެއް. ދިވެހިންނަށް ލިބެންޖެހޭ ހުރިހާ ވަޒީފާއެއް މިމީހުން ކާލައިގެން މުޅި ޤައުމު ހިފައިގެން

    12
    1
  5. މިލަންދޫމީހާ

    ބަލާޔަކައް މިވީ ބަންގާޅުމީހުން ކުއްވެރިވާނީވެސް އެމީހުން ތިދާނީ ސަފާރީރޭޕުމައްސަލަޔައް ތިކޮމަންޓުކުރާ މީހުންނައް 7 މަސް ވަންދެން މުގުރިހަ ކާންދީފަ 7 މަސްވަންދެން މުސާރަނުދީ ބައިތިއްބަ ބަލަ ވާއެއްޗެއް ބަލާލަން

    6
    4
  6. މިސޮރުހަމަ ރުޅިމަޑު

    ތިހާ ޖައްބާރުން ކީއްކުރަން އެމީހުން ގެނެސްގެން ގުލާން ކުރުވަނީ. 5 މަހުގެ މުސާރަ ނުދީ އެމީހުން ލައްވާ އަދިވެސް އެމަސައްކަތް ކުރާއިރު ރަގަޅަށް އެމީހުންގެ ބަނޑުފުރާނަ ވެސް މުއްސަނދިކޮށް ނުދެވޭތާގަ، ތިމާ އަރާމުގަ ރައޔިތުންގެ ފައިސާ ބަނޑުއަޅައިގެން ހުރެ އަނގަލައްވަން ލަދެއްވެސް ނުގަނޭ. ތިބުނާ 5 މަހުގަ އެމީހުންގެ އާއިލާ އުޅޭނީ ކޮންފަދަ ހާލެއްގަކަން އެންމެ ފަހަރަކުވެސް ހިތައް އެރިތައް؟ ޢެމީހުން ކަންތައް ކުރީ ހަމަ ރަގަޅަށް ދިވެހިން ރަހީނު ނުކުރި ނަމަ ، އަހަރެން ވެސް އެމީހުންނާއި ބައިވެރިވީމުސް..މިކަމުގަ ޒިންމާ ނަގަން މިހާރު ޖެހެނީ ތިމާ ނޫނޭ ކިޔާ އިރު ދެން ކާކު ޒިންމާ ނަގަންވީ ކަލޭ ތައް؟

    10
  7. ކަރަންޓީން

    ޓެރަރިޒަމްގެ އަމަލެއް، މުސާރަ ނުލި ބުނީމަ މީހުންރަހީނުކުރުމަކީ ކުރެވިގެންވާނެ ކަމެއްނޫން. ޚައްޤު އަދަ ބު ދެވެންޖެހޭނެ، ނޫނީ ތިޔައީ އާދައަކަށް ހަދާނެ.

    10
  8. ޢަލީ

    މުސާރަ، އިހުމާލު، ވައްކަން. އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަމެވެ. ދެން މުސާރަ ނުދީ އެމީހުން ޑީޕޯޓް ކޮށްލާ. އޭރުން އަނެއްކާ ތިޔަ ރިސޯޓަށް އެ ލިބުނީ ހަދިޔާއެއް.

  9. ދަރަނި ދަންތުރަ

    މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިން އަލީވަހީދު އަތުންވެސް ބަދަލުހޯދާ