ކޮއްކޮ ރޭޕް ކުރި ކަމުގެ ތުހުމަތުތައް ކުރެވޭ ފިލްމީ ތަރި ޖުމައްޔިލް ނިމާލް އާއެކު އިތުރަށް މަސައްކަތް ނުކުރާނެ ކަމަށް "އައި ފިލްމްސް" އިންވެސް ބުނެފިއެވެ.

2016 ވަނަ އަހަރު ތެރޭގައި އަމިއްލަ ދެބެއިންގެ ދެދަރި ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތު ތަކާއެކު އޭނާއާއެކު ގިނަ ފިލްމް ކުންފުނިތަކުން މިހާރު ވަނީ ޖެހިލުން ވެފައެވެ.

މިހާރު އުމުރުން 18 އަހަރު ފުރިފައިވާ ޒުވާނާ، ޖުމައްޔިލް ރޭޕް ކުރި އޭނާގެ އުމުރަކީ 17 އަހަރެވެ.

އެ ޒުވާނާ މީސް މީޑިއާ މެދުވެރިކޮށް އޭނާގެ ރޭޕް ކުރި ކަމަށް ބުނެ ދެއްކި ވާހަކަތަކާއެކު، އެ ޒުވާނާއާ އެއްކޮަޅަށް އެތައް ބަޔަކު ވަނީ އަރާފައެވެ. އަދި ޖުމައްޔިލްއަށް އަދަބު ދީ އޭނާގެ ފިލްމްތައް ބޮއިކެޓް ކުރަންވެސް ގޮވަން ފެށިއެވެ.

މި އަޑުތައް ގަދަވެ އެންމެ ފުރަތަމަ ޖުމައްޔިލްއާއެކު މަސައްކަތް ކުރުން ހުއްޓާލިކަން އިއުލާނު ކުރީ ޖުމައްޔިލްއާއެކު ކާމިޔާބު ފިލްމްތަކެއް ނެރުނު ޑާކް ރެއިން އެންޓަޓެއިންމެންޓުންނެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމް އޭރުވަނީ ހުރިހާ މަސައްކަތެއް ނިމި، ކުރިން މިއަހަރު ޖުލައިގައި އަޅުވަން ތައްޔާރުވެފައިކަމަށެވެ.

އަދި ޖުމައްޔިލްއާމެދު ރޭޕްގެ ތުހުމަތު ކުރެވުމާ ހަމައިން ޖުމައްޔިލާއެކު، މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަަމަށް އެ ބަޔާނުގައި ވެއެވެ.

ޖުމައްޔިލް ވަނީ އައިފިލްމްސްގެ ނީނާގައި މަސައްކަތް ކޮށްފައެވެ. އެ ފިލްމްގެ މުހިންމު ރޯލަކުން ޖުމައްޔިލް ފެނިގެންް ދެއެވެ. އެއީ އެ ސްޓޫޑިއޯގެ ދެވަނަ ފިލްމެވެ.

އެ ސްޓޫޑިއޯއިން ބުނީ، ނީނާގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު ނިމިފައިވާ ކަމަށެވެ. އަދި އެ ސްޓޫޑިއޯއިން މަސައްކަތް ކުރަމުންދާ އެ ފިލްމާއި ކުރިއަށް ޖުމައްޔިލްއާއެކު މަސައްކަތް ކުރަން ނިންމާފައި ހުރި ފިލްމްތަކުން ދެން އޭނާއަށް ފުުރުސަތު ނޯންނާނެ ކަމަށް އެ ސްޓޫޑިއޯއިން ބުންޏެވެ. އަދިއެ މީހުންގެ ފިލްމްގެ ޕްރޮމޯޝަނަލް މަސައްކަތުގައިވެސް ޖުމައްޔިލްގެ ފޮޓޯ ބޭނުން ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ޖުމައްޔިލް ހިމެނޭ އެ ފިލްމް ނީނާ ނެރޭނީ ހުރިހާ ގޮތަކުންވެސް ބެލުމަށްފަހުގައި ކަމަށް އެ މީހުން ބުނެފައި ވެއެވެ.

އެ ސްޓޫޑިއޯއިން ބުނީ، އެ މީހުންނަކީ އަބަދުވެސް ޖިންސީ ގޯނާއާއި ހާނިއްކަ އަދި ޖިންސީ ފުރައްސާރަ ކުރުމާ ދެކޮޅު ހަދާ ބައެއް ކަމަށެވެ.

ޖުމައްޔިލް އޭނާގެ އާއިލާ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވިއިރު، އޭނާގެ ބައްޕަ އަދި ފިލްމީ ތަރި ނިމާލް އެ މައްސަލަ އޮއްބާލަން މަސައްކަތް ކުރިކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިއިރު، އެ މައްސަލާގައި ޖުމައްޔިލްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ އޮތީ ކޯޓުގައި އެކަން ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތިގެން ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ރޭޕްކުރުން އެކަންޏެއްނޫން. ކުޑަކުދިންނާ ބެހުން ވެސް ހިމެނެ. އެކުއްޖާގެ އުމުރުން 17 އަހަރު އޭރު.

  2. ލާލަ

    ވަރަށް ދެރަވޭ... ނިމާލްގެ ދެމަފިރިންނަށް ވާނެއް ގޮތް، މަންމަގެ ހިތައް ކުރާނެއް އަސަރު ....
    ކިއްތަންމެ ސަޕޯތެއް ކުރިޔަސް ތިދެމަށްފިރިން ގާތުބުނެއްވޭނީ. ދަަރި ވިޔަސް ގޯސްކަމެއް ކޮއްފީޔާ އެކަމުގެ އަދަބު ލިބުމަށް ގޮވާލާ ތަޢުބާވާން ނަސޭހަތްތެރިވޭ ޖުމައްޔިލް ...

    3
    1
  3. ޖަނާ

    ހާދަ އަންޕްރޮފެޝަނަލް އޭ. ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަންކުރަން ނޭނގޭބައެއް ރާއްޖޭގެ ފިލްމް އިންޑަސްޓްރީގަ ތިބެނީ. ތުހުމަތުކުރާމީހާގެ ހައްގުތައް ރައްކާތެރިކުރެވޭ. ތުހުމަތު ރައްދުވާމީހާގެ ކުށްސާބިތު ނުވިޔަސް އޭނައަށް ހުކުންނުކުރިޔަސް މިގޮތަށް ގޮތްނިންމުމަކީ އޭނަގެ ހައްގުތަށް ހިމާޔަތްނުވާކަމުގެ ހެކި. ކުށް ސާބިތު ނުވާހާ ހިނދަކު ދެފަރާތުގެ ހައްޤުތައްވެސް ހިމާޔަތްކުރަންޖެހޭ. އަދި ވާހަކަދެކެވުނަސް ޤާނޫނީ ފިޔަވަޅު ނޭޅެނީސް ޖަޒުބާތުގައި މިކަހަލަ ކަންކަންކުރީމަ ކަޑަ. މާދަމާ އައިފިލްމްސްގެ މީހަކަށް ތުހުމަތެއްރައްދުވާއިރަށް މައްސަލަނިމޭގޮތަކަށް ނުބަލާ އެ ކުންފުނިން ފިލްމްހެދުން ހުއްޓާލާނެތަ؟

    1
    4
  4. ަައަހުޒަމް

    ވަރަށް ދެރަ ކަމެޢް