ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިދާރީ މުވައްޒަފެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެކަން އެ ބޭންކުން ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެ ބޭންކުން ބުނީ، އެ މުވައްޒަފު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ މިއަދު ހެނދުނު ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، ކުރިން ބީއެމްއެެލް އިސްލާމިކް ހިންގި މ. ސީޓްރެކްސް އިމާރާުތުގައި މިހާރު ހިންގަމުންދާ ބީއެމްއެލްގެ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފެކެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝާން މެނޭޖަރ ސައިދު ވިދާޅުވީ، އެމުވައްޒަފު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ބޭންކުން އެޗްޕީއޭ އާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްކުރަމުނަ ދާ ކަަމަށެވެ.

އަދި އެ އިމާރާތުގެ އާންމު ތަންތަން ޑީޕް ކްލީންކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް. އަދި ބަދަލުވަމުންދާ ހާލަތު ގާތުންބަލައި، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން ބޭންކުން އަމަލުކުރުމުންދާނެ". ސައީދު ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީީ، މިދިޔަ މާރިޗު މަހުން ފެށިގެެން ބޭންކު ހިންގަމުން މިދަނީ ބިޒްނަސް ކޮންޓިއުނިޓީ ޕްލޭން އާ އެއްގޮތްވާ ގޮތުގެ މަތީން، މުވައްޒަފުން ޓީމްތަކަކަށް ބަހާލައިގެން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅައިގެން ކަމަށެެވެ.

އަދި ބޭންކުގެ އެންމެހާ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ހިންގަމުންދާނެ ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2501 މީހެކެވެ.މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 371 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ބޭންކުން އެކަން އެެގެންދިޔައީ ވަރަށް ރަނގަޅަށް. މި ކަމުގެ މަޢުލޫމާތު ސިއްރު ނުކޮށް އެކަން ހާމަކުރުމާއި އެކު އެތަން ޑިސްއިންފެކްޓުކޮށް ރައްކާތެރިކަން ކަށަވަރު ކުރުމުކީ ޙިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޭންކާއި މެދު އޮންނަ އިތުބާރަށް ލިބޭނެ ޔަގީން ކަމެއް.

  2. ސައީދު

    ބައިވަރު މުވައްޒިފުން ނެރިގެން އުޅޭ އިރު ތަން ބަރާބަރައް ޑިސްއިންފެކްޓު ކުރޭތޯ.؟މުވައްޒިފުންގެ ސަލާމަތަށް ނުބަލާ ލާރި ހެދޭތޯ ބެލީ.

    14
    3