ފުލުހުންގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްމަގާމުތަކަށް ބަދަލު ގެނެސްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ އިސް މަގާމުތަކަށް ގެނެސްފައިވާ ބަދަލުތަކަކީ ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް އައްޔަންކުރެއްވުމާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އައްޔަންކުރެއްވުމުގެ އިތުރުން ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންގެ ހެޑްގެ މަޤާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އައްޔަންކުރެއްވުމެވެ.

ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށް އައްޔަންކުރެއްވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޟް ކުރިން ހުންނެވީ ކޮވިޑް19 އޮޕަރޭޝަނާ ގުޅިގެން ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ ގޮތުގައެވެ. އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް އައްޔަންކުރެއްވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ކުރިން ހުންނެވީ ރިސޯސް މެނޭޖްމަންޓްގެ ހެޑް މަގާމުގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ޑިވިޜަނަލް ޕޮލިސް ކޮމާންޑުގެ ހެޑްގެ ގޮތުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޟް ސެންޓްރަލް ޕޮލިސްންގ ކޮމާންޑާއި ހަވާލުވެލެއްވުމުން، އެކޮމާންޑުގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެއެވެ. ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންސްގެ ހެޑްގެ މަގާމަށް އައްޔަންކުރެއްވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ ކުރިން ހުންނެވީ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގަމުންއައި ޑިވިޜަނަލް އޮޕަރޭޝަން ކޮމާންޑްގެ ސަޕޯރޓް ސާރވިސްގެ ހެޑްގެ މަޤާމުގައެވެ.

މީގެއިތުރުން، ކޮވިޑް-19 އާގުޅިގެން އެންއޯއީސީގައި ފުލުހުން އަދާކުރަމުންދިޔަ ދައުރު ނިމުމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ ކުރިންވެސް ހުންނެވި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑްގެ މަގާމަށް އައްޔަންކުރައްވާފައެވެ. އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ދަށުން ހިންގަމުންދާ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވަނީ އައްޔަން ކުރައްވާފައެވެ. ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ކުރިން ހުންނެވީ ނޮދަރން ޑިވިޜަންސްގެ ހެޑްގެ މަގާމުގައެވެ.

ރިސޯސް މެނޭޖްމަންޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް، ހިއުމަންރިސޯސް އަދި އިންޖިނިއަރިން އެންޑް މެކޭނިކަލް ސަރވިސް ޑިޕާރޓްމަންޓް ހިމެނޭ ޑައިރެކްޓަރޭޓެވެ.

ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑަކީ މާލެ ފިޔަވައި، އަތޮޅުތަކުގައި ދެވޭ ފުލުހުންގެ ހިދުމަތާއި ގުޅޭ ކަންކަން ބަލަހައްޓާ ކޮމާންޑެވެ. ސެންޓްރަލް ޕޮލިސިންގ ކޮމާންޑަކީ މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގެ ޕޮލިސްއާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ސަޕޯޓުގެ ޑިޕާޓްމަންޓުތައް ހިމެނޭ ކޮމާންޑެވެ.

މި ބަދަލުތައް ގެނެސްފައި މިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓިޖިކް ޕްލޭން 2019 އިން 2023 ގެ ދަށުން ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނުދަންނަ މީހާ

  މުޅިން އެމްޑީޕީ ގެ ޕަޕެޓުން،، ރީނދޫ ޓައީ އަޅައިގެން ޔާމިން ސަރުކާރު ދުއްވާލަން ގިނަ މަސައްކަތްތަކެއް އެމްޑީޕީ އާއި އެކީގައި ކޮށްފަވާކަމަށް އަޑުފެތުރުން. އާސިމް އަކީ މޭސްތިރި ކަމަށް ބުނެ އުޅޭ.

  4
  3
 2. އަޙްމަދު

  ރަނގަޅާ ގޭމް ކުޅެންވެގެންދޯ! ކޮންމެ ބަދަލެއް ގެނެޔަސް އެޔާރޕޓް ސެކިއުރިޓީ އިންޑިޔާ ސިފައިންނާއި ޙަވާލު ނުކުރާތި.

  3
  2
 3. ހަސަން ތަކުރު

  ޔާމީން ސަރުކާރު ވެއްޓުނީ ޔާމީން ގެ އަނިޔާވެރިކަމުން. އޭނާ އަމިއްލަޔަށް އެނަމީން ކްރިއޭޓް ކުރީ. ސިޔާސީ ގޮތުން ޕީޕީއެމްގެ އެކްޓިވިސްޓުންގެ ގޮތުގައި ތިބި އެސްޕީ ޖަމްޝީދު އާއި ޗީފް އެސްޕީ ޓޫފޯ ކިޔާ މީހަކު އުޅުނީ.؟މަވެސް ދަންނަން މިދެމީހުން. ޝޭޑީ ކެބިން ހަސަންބެ އާއި އެކު އުޅެނިކޮށް. އެމްއެމްޕީ އާރްސީގެ ލާރި ބަހާ ހަދަނީ މިހަސަންބެ. ޕީޕީއެމްގެ އެކްޓިވިސްޓަށް ނޫޅޭ ކޮންމެ މީހަކު އެއީ އެމްޑީޕީ މީހަކަށް ލޭބަލް ކޮށްގެން އުޅުނީ.

  3
  1
 4. ޙަމަހަމަ

  ދިވެހި ތާރީހުގެ އެންމެ ބޮޑު ޖަރީމާއަށް ތައްޔާރުވަނީ. ޑިމޮކުރަސީއަށް ޓާޓާ، ދެން އޮތީ މޑޕކުރަސީ.