ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބާފައި ތިއްބާ ފިލި އަށް ބިދޭސީން ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން ވަނީ އެ މީހުންގެ ފޮޓޯ އާއި އަދި އިތުރު މައުލޫ އާއްމުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، ފުރަބަންދާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބާފައި އެ މީހުންނަނީ ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލި ބައެއް ކަމަށެވެ.. އަދި އިކޮނޮމިކް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ،

  1. މުޙައްމަދު ސިރާޖު މިއާ، ޓަންގައިލް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0132260)،
  2. އަލާމީން، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BK0321483)،
  3. އެމް.ޑީ ސައިފުލް، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BA0787835)،
  4. މުޙައްމަދު ފަޒުލުލް ހައްޤު، ކޮމިއްލާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0592060)،
  5. މުޙައްމަދު މުނީރު ހުސައިން، ޗަންދުޕޫރު، ބަނގްލަދެޝް (ޕާސްޕޯޓް ނަންބަރު: BF0429254)،
  6. މުޙައްމަދު ގައްފާރު ބޭޕަރީ، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: AE1683822)،
  7. މުޙައްމަދު ޕަރުވޭޒް، ޓަންގައިލް، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BB0126779)،
  8. ބިލާލް ހާން، ގާޒީޕޫރު، ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: B0279141)، އެވެ.

ފުލުހުން ވަނީ މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ވަނީ ފާހަގަކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޮޔަ

    ބަންގާޅުންގެ ބޮޑު އީދު!

    30
  2. ކެލާކުރޮޅި

    ކޮވިޑު19 މިފެތުރެނީ މި ބަގަލަދޭސް ބޭފުޅުންނާހެދި މިހާރު މިކަންތަށް ވެއްޖެ ޕާނުގެ ވައްތަރަކަށް މީ އަނެއްކާ ރޯޔަލް ބަގަލަދޭސް ބޭފުޅުންކޮޅެއްބާ މަޖިލީހަށް ހާޒިރު ކުރަން ފެނޭ

  3. ބޮންދު

    މިއީ އަހަރުމެންނައް އާކަމެނޫން...

  4. ހަސަން ތަކުރު

    މިމީހުންތިބޭނެ މިހާރުވެސް ރާއްޖެތެރޭ ރަށެއްގައި..އެކަމަކު ކިހިނެއް ހޯދާނީ؟އެމީހުން ހޯދަން އުޅޭ ބަޔަކު ނެތް.ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަކާހުރެ އުޅެވޭކަށް ނެތް...ހޯދަން އުޅޭނަމަ އެކަމަކީ ވަރަށް ފަސޭހަކަމެއް.އެއްދުވަހުންވެސް ފިލައިގެން އުޅޭމީހުން ހޯދިދާނެ.ރަށު ކައުންސިލާ ފުލުހުން ގުޅިގެން.އެކަމަކު ރަށްރަށަށް ފޮނުވާފަ ތިބޭ ފުލުހުންނަކީ ސަރުކާރުންބޮޑެތި ޚަރަދުކޮށްގެން ނާޗަރަންގީ ކުޅެން ފޮނުވާފަތިބޭ މީހުން.އޭގެ މީހަކު ލޮލަށް ފެންނަނީނުން.ރަށުތެރޭ ވާނުވާ ނޭގެ.މަސްތުވާތަކެތި ވިއްކާ ބޮއެ ހަދާމީހުންނާ ބަރާބަރަށް ގުޅުން އޮވޭ.މައްސަލައެއް ރިޕޯޓް ކުރަން ގުޅާ އިރަށް އެމީހުންނަށް އިނގޭ..ގަވާއިދާއި ޚިލާފަށް ވިޔަފާރިވެސް ކުރަނީ،ހުއްޓުވޭކަށްވެސް.މަސައްކަތް ނިންމާފައައިސް ކޮންމެވެސް ކަނެއްގެމަތީ ބުލްބުލްމެސް ރީލޯޑު،ރާސްޓަސްގެ ވިޔަފާރި، ނެތް ސަލާމަތެއް.

  5. ރައްޒާގު

    ހޯދަން އުޅޭނަމަ ފެންނާނެ ގެއްލިފައި ވާ މީހުން ނުފެންނަނީ ހޯދަންނޫޅޭތީދޯ