ލ.އަތޮޅު ދަނބިދޫ ކައުންސިލުން އެރަށުގެ ކޮންމެ ގެއަކަށް ރޯދަ ހަދިޔައެއްގެ ގޮތުގައި މަސްދަޅު ކޭހެއް ދޭން ނިންމައިފިއެވެ.

ދަނބިދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ރަށުގެ ރަށްވެހިން ދިރިއުޅޭ ކޮންމެ ގެއަކަށް 48 ދަޅުގެ ތެޔޮމަސްދަޅު ކޭހެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މަސްދަޅު ކޭސްތައް ދޫކުރުން އޮންނާނީ މާދަމާ މެންދުރުފަހު 14:00 ގައި ދަނބިދޫ ކައުންސިލް އިދާރާގައި ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުން އެރަށްރަށުގެ ރައްޔިތުންނަށް ތަފާތު ހަދިޔާތައް ދަނީ ފޯރުކޮށްދެމުންނެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ ރަށްޔިތުންގެ ކަރަންޓް ބިލްގެ ބައެއް ރަމަޟާން މަހު ކައުންސިލުން ދައްކައިދޭން ނިންމާފައެވެ.

ބައެއް ކައުންސިލްތަކުން ރަމަޟާން މަހު ރައްޔިތުންނަށް އިނާޔަތްތައް ފޯރުކޮށްދޭއިރު އަނެއްބައި ރަށްރަށުގެ ކައުންސިލްތަކުން އެއްވެސް އިނާޔަތެއް ފޯރުކޮށް ނުދޭތީ އެފަދަ ކައުންސިލްތަަކަށް ރައްޔިތުންގެ ފާޑުކިޔުން ވެސް ވަނީ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނިޔާޒު

    ނައިފަރު ކައުންސިލުން އޮތީ ކޮންކަމެއް

  2. މަ މިއު މަ

    ކޮބާ މިހާރު ދަނބިދޫ އިސްދޫ-ކަލައިދޫ އާ ގުޅާ ލެވިއްޖެތަ؟

  3. އައިސާ ޕަރިކު

    ކަލޯ މެންނޭ ތީ ދަނބިދޫ ފޮޓޮޔެއް ނޫން، ތީ އދ.މަހިބަދޫ އަމީނީމަގުގެ ފޮޓޮޔެއް...

    • ާއަތޮޅޭ

      އެއީ ހަމަ ދަނބިދޫ

    • ޢަޑޭ

      ބުރާންތިނުވޭ

  4. އ މ ރ ބ

    ރަށްޔަތުންނަށް ކަމެއް ނުކޮށްދޭ ލިސްޓްގެ އެއްވަނާގައި އއ.ރަސްދޫ އުޅޭނީ...

    • Anonymous

      ޢެއި ދަނބިދޫ ހަމަ

  5. ތާރީޚު ދިވެހި ރާއްޖެ.

    މިގޮތަށް އެ ޚަރަދު ކުރަނީ ޒަމާނުއްސުރެ ރައްޔިތުންގެ މާލިއްޔާ ރައްކައު ކުރެވިފައި ހުރި ފައިސާ!
    މާލިއްޔަތަށް އިތުރު ފައިސާއެއް ހޯދުމުގެ ބަދަލުގައި ވެނުމަސް ވެނަށް ކާންދީ ވެން އޮޅުކުރާ މަސައްކަތަކީ މިހާރު ތިބި ކައުންސިލަރުން އަމިއްލަ ސިޔާސީ ފައިދާ އަށް ކުރާ ކަމެއް!!!!

  6. ކެޔޮޅު.

    ރައްޔިތުންނަށް ކައުންސިލުން ކަން ކަން ކޮށްދިނުމަކީ ރައްޔިތުންގެ މާލިއްޔަތު އިތުރު ކުރެވޭނެ ގޮތްތަށް ރާވާ އިތުރުކޮށް ލިބޭ ފައިދާއިން އާމު ރައްޔިތުންނަށް ދެމިހުންނާނެ ފައިދާއެއް ކުރާނެ މަސްރޫއެއް ކައުއުންސިލުން އިސްނަނަގަވައިގެން ރާވައި ހިންގުން.
    މާލިއްޔާގައި ހުރި ފަިސާ ބަހާލުމެއް ނޫން.!!!

  7. ގަމަރު

    އައްޑޫގަ އުޅެނީކީ ދެބޯކެހިންނެއް ނޫނޭ ތިބުނާ ރަށުގަ 300 ަާމީހުންވެސް ހަމަނުވާނެ ކައުންސިލަރުންނާ ނުބެހޭތި ހަބަރު ދާރު!!!!!!

  8. މުޙައްމަދު ނިޒާރު

    ނަރުދޫ ކައުންސިލުން ރޯދަމަހުގެ ފެންބިލު ހިލޭ.

  9. މާމިގިލީ މީހާ

    އދ މާމިގިލީ ކައުންސިލްގެ ފަރާތުން ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުން ކޮންމެ ގެއަކައް ކައްކާނެ ބަންގާޅީ މީހެއް. މިފަހަރުގެ އެންމެ ބޮޑު ރޯދަ ހަދިޔާ..

  10. ލ.

    ލ.ދަނބިދޫ ކައުންސިލުން ގެ ފަރާތުން ތިޔަދެއްވާ އެހީތެރިކަމައް ފައްފަށުން ސުކުރުދަންނަވަން

  11. ހަސް

    ގަމަރު ކަލޭ ހަޖަމް ކުރަން ދަސްކުރޭ ކަލެއަށްތަ އިނގެނީ 300 ހަމަނުން ކަން

  12. މަހިބަދޫ ސޮރެއް

    އާރޓިކަލް ހުޅުވީމަ ތި އިންނަނީ ދަނބިދޫ ކަމަށް ވެދާނެ. އެކަމަކު ފޭސްބުކް އިން މި ޚަބަރުގެ ސުރުހީ އާއިއެކު ފެންނަން އިން ފޮޓޯ އެއީ ކުރީގައި މަހިބަދޫ އަމީނީ މަގު. ސާފު ވެއްޖެ ކަމަށް ހީކުރަން!

  13. ާވަތުބަތާނަ

    އައިސާ ޕަރިކަށް ދަނބިދޫ އަށް ވަޑައިގެން ދެއްވުމަށް އަޅުގަނޑު ދަޢުވަތު އަރުވަން. ޢޭރުން އެއީ ކޮންރަށެއްކަން ރަނގަޅަށް ސާފުވެ ވަޑައިގެންނަވާނެ.

  14. ދަނބިދޫ މީހާ

    މީ އަދި އަލަށް ކައުންސިލުން މިރަށަށް ކޮށްލަދިން ކަމަކީ.. އެވެސް ސަރުކާރު ލާރިން. މިރަށު ކައުންސިލުން ނަށް ކިބޭ ފައިސާއިން އެމީހުނަށް ދެކޮޅު ނުޖެހީގެން ތަންތަނަށް ދަރާފަ އޮންނަ އިރު ބަޔަކަށް ކަމެއް ކޮށްދެވޭނެ ތަ؟ އެތަނަށް ގަވައިދުން ދަނީވެސް އެންމެ ކައުންސިލަރެއް. ބޮޑާކަމުން ފުރީފަ ތިބި ބަޔެއް.