‏ރޭޕް ކުރުމާއި، ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ މީހުން ސަލާމަތްނުވާނެކަން އެނގެންޖެހޭނެ ޖެހޭ ކަމަށް ޕްރޮސެކިރުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، 11 އަހަރު ކުއްޖާ ރޭޕް ކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއާ ގުޅޭ ތަފްސީލުތައް ހާމަ ކުރަމުން ޕީޖީ އޮފީހުން ކުރި ޓްވީޓް ރީޓްވީޓް ކުރައްވަމުންނެވެ.

އަނީސް ޙިލްމީ ހައްޔަރުކޮށްފައިވަނީ، ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓާއެވެ.

"މާ ގިނަ ވާހަކަ ނުދައްކާ (ވާހަކަ ދައްކަމުންވެސް) މިކަން، އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކުރެވޭތޯ އެބަ މަސައްކަތް ކުރަން. މިކަހަލަ ކުށް ކޮށްފަ ސަލާމަތްނުވާނެކަން އެނގެންޖެހޭނެ". ޕީޖީ ޝަމީމް ކުރެއްވި ޓްވީޓުގައި ވެއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، 11 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ އަނީސްގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ މައްސަލާގައި އަނީސްގެ މައްޗަށް ތިން ދައުވާއެއްކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވަނީ އަނީސްގެ މައްޗަށް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކަޅުބެ

    ދެންކޮބާ ރޯޔަލް ރެޕިސްޓުންގެ މަށްސަލަ ރޭޕުކުރާމީހުން ސަލާމަތް ނުވާނެޔޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބާ ބަސްދީގަތުމުގަ މިމަށްސަލަޔަށް އަލިއަޅުވާނުލުމަކީ ޕީޖީ ސަމީމުގެ ނާގާބިލު އެއްކޮޅަށް ބުރަވެފައިވާ ކަމުގެ ލާމަސީލު މިސާލެއް.

    21
    • Anonymous

      ތެދެއް. އޭ މިހިރަ ބުރާންޗާ ކޮބާ ސަފާރީ ރޭޕިސްޓުން. އެމީހުން ސަލާމަތް ވީ ކާކުގެ އޯޑަރަށްތަ. ހިންނަވަރު ބުއްޅަހުއްތު ގެ އޯޑަރަށް

  2. މާޒީ

    ޕީޖީ ވިދާޅުނުވިޔަސް އަހަރެމެންނަށް އެނގޭ އެމީހުންނަށް އަޛާބު ދެއްވާނެ ދުވަހެއް އަންނާނެކަން. އެމީހުން ސަލާމަތްވެގެން ފިލައިގެން އެދުވަހުން ނުދެވޭނެކަން!

    27
  3. އަލިބެއްޔާ

    ވާނެ.. އެހެން ނޫން ނަމަ ހޯރަ އިއްބެ ނުވީސް.. މޮޅެތި ވާހަކަ ނުދައްކާ..

    30
  4. ކާފަބޭ2020

    ތިޔަވީދާއެޅުއްވީ ޤިޔާމަތްދުވަހުސަލާމަތްނުވާނެވާހަކަތޯ؟ ސަތޭކައިގެބަސްކޮޅެއް! ނަމަވެސް ހިތާމައަކީ މިރާއްޖޭގަ ރޯޔަލްކަންތައް ދަނޑި މާރުއަޅައިގެންއޮއްބާލަންއުޅޭއުޅުން އެހެންނޫނީ ފަޔަށްހިނިއަރާތީތެޅިފޮޅޭހެން ކަންތައްހުންނާތީ! ފެންނަމުންދާ މަންޒަރަށްބަލާއިރު "ކުށްވެރިވަނީ"ކުށްނުކުރާ
    މީހާއާއި އެޚަބަރެއްގެނަސްދިންފަރާތްތައް! ދެންމިތިބީބަލަން މަނިކުފާނުގެ އިންސާފް ކޯދުލާއަރާތަން! ތިޔަހުރިހާލަނޑައެއް ފެހިކަނީިއެއްގަލަކުންވީމަ ނުކުންނާނީވެސް އެކައްޗެއް އެތަފާތުވެދާނެބާ؟؟؟؟؟؟

    14
    1
  5. މާމީ

    ނިކަން ޝަމީމު ސަފާރީ ކޭސް ބަލާލަބަލަ އެއިރުން އަހަރުމެން ގަބޫލުކުރާނަން ގަދަމީހެކޭ،

    24
  6. ދުލޭ

    ޕީޕީ މީހުންވީމަ ޕުރޮސެކިއުޓުކުރަނީދޯ؟ދެންތިބިމީހުންދޫކުރަނީ

    14
    2
  7. އިއްސޭ

    ޝަމީމް، ރޯޔަލް ރޭޕިސްޓުން ސަލާމްތަކޮށްދެނީ ސަރުކާރުން، އެމީހުންގެ މައްސަލަ ނުބެޅޭނަމަ ދެން ތިބި މީހުންގެ މައްސަލައެއްނުބެލޭނެ. ޝަމީމްގެ ހިތްވަރެއްހުރިއްޔާ އަޅެ އެމައްސަލަ ބަލާބަލަ. ސަރުކާރާއި މަޖިލީހުގެ ނުފޫޒުން އެކަމަށް ފަސްއަޅަން ވަރަށް މަސައްކަތްކޮށްފި، ޕީޖީ ހިމޭނުންހުންނެވީ އެހެންވީމަ މިބެލެވެނީ ޕީޖީވެސް ރޯޔަލް ރޭޕް ނުބަލާނެކަން

    16
  8. Anonymous

    "ޕީޖީ ޝަމީމްގެ ބަސް: ރޭޕް ކުރާ މީހުން ސަލާމަތް ނުވާނެ" މީ ޕީޖީގެ ބަސްނަމަ މަޤާމުގެ ކުފޫ ހަމަނުވެ.
    ދައުލަތިގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތުގެ ބަސްމަގު ވަކަރުގެ ކުދިން ފަދައިން ހުރުމީ ނާތަހުޒީބީ ސިފައެއް. މީ ބަސް ގޭންގް ގްރޫޕްތަކުގެ ބަހާ ތަފާތެއްނެތް.

    12
  9. މޮންޓް

    ޕީޖީ ފޮނިނިކަޑާ ކަލޭތީ ކާޖުކަން އެންމެންދަނޭ!

  10. Anonymous

    އިބްތިހާލަށް އިންސާފު ނުލިބުނު އިރު ދެން އިންސާފު ލިބޭނީ ކާކަށް އެއީ ތުއްތު މައުސޫމް ކުއްޖެއް ޝައިތާނެއް އިންސާނީ މަންމައެއްގެ ސޫރާގައި ހުރެގެން އެކުއްޖާއަށް އަނިޔާ ދިނީ

  11. ހަސަން ތަކުރު

    ކިހާވަރަކުން ދާނެބާ؟ނުފޫޒުން އެއްކިބާވެގެން ރަނގަޅު ނިޔަތެއްގަ ކޮށްފިއްޔާ ރަނގަޅުވާނެ.ހީނުވޭ މިގައުމުގަ އިންސާފު ލިބިދާނެހެން.މިވީހާ ދުވަހު ނުލިބުނު އެއްޗެއް ދެންކިހިނެއް؟ކޯޓް ތަކުގައި ކިތެއް މައްސަލަ އޮތްތޯ ބަލާލަބަލަ.އެކަމަކު ގައުމާއި ނުބައްދަލު މުސާރަޔާއި އިނާޔަތް ނަގައިގެން ފަނޑިޔާރުން އެތިބެނީ.ކޮންމެ ރަށެއްގައި ރަށު ކޯޓް ހަދާ ހުރިހާ ތަނެއް އޭސީކޮށް އެތަކެއް މުވައްޒަފުން ވަށްދާ އެތިބެނީ ކޮމްޕިއުޓާއިން ގޭމްކުޅެން.އެހެންތާވާނީ ކަމެއް ނެތިއްޔާ .

  12. ކިއުން ތެރިއެއް

    ސަތޭކަ މައްސަލައިގެ ތެރެއިން އެންމެ މައްސަލައެއް ބެލިގެންތަ މިވާހަކަމި ދައްކަނީ!

  13. ވަޒީރެއާލާ

    މިވެސް ހަމަ ހުސްނު ސުއޫދު ކަހަލަ އަނގފޮންޏެއް. ސޫދުވެސް ބުނި ގާނޫނުގެ ދިގުއަތް ހުރިހަ ހިސާބަކަށް ވެސް ފޯރާނެކަމަށް. މީނަވެސް ހަމަ ފޮނިބަސްބަސްބުނަނީ . ވާކަމެއް ހަރާމް. ތިޔަރޯޔަލް ރޭޕް ކަންތައްވެސް ދާނީ ތޮޅިއަށް . އެންމެފަހުން ވަޒީފަ ގެއްލޭނީ.

  14. އަހްމަދު

    އާނ! ގިޔާމަތްދުވަހުން އެމީހުން ސަލާމަތެއް ނުވާނެ. އެކަމަކު މިއަދު ކަލޭމެން އެމީހުން ސަލާމަތްކުރާނެ.

  15. ނ

    ކޮބައިހޭ އެންމެން ފަލީހަތް ކުރަމުން ދުވި ތޮއްޔިބު ޝަހީމު... އޭނާ އެވަނީ މުޅި ގައުމަށް އަމިއްލައަށް ފަލޭހަތް ވެފައި އަދިވެސް މީހުންގެ ފަތި ފުށް ހާމަ ކުރާތި ރީތި ވެއްޖެއެއްނު ދައުލަތުގެ ފައިސާއިން ނާޗަރަނގީ ކުޅެގެން އަދިވެސް އެހެން މީހުންނަށް ވަގަށް ގޮވާތި