ބ. އޭދަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ކުރި ޓުވީޓެއްގައި ވިދާޅުވީ އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުގެ 79 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން މި މަޝްރޫގެ ދަށުން ކުރިއަށް ގެންދާ ސްޓޯމް ވޯޓާ ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ)ލޭޔަ އެޅުމުގެ މަސައްކަތުގެ 64 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސާވޭ ކޮށް، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅާ، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 38.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގައެވެ.

އެމްޓީސީސީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫތަކެއް ހިންގަމުންނެވެ. އަދި ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެކުންފުނިން ވަނީ ގިނަ މަޝްރޫތަކެއް ނިންމާ ސަރުކާރާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔަސޮރު

    ތިކަމަކީ ޔާމީން ނިންމާފަ އޮތްކަމެއް މިސްރުކާރުން މެޑެލް ޖަހަންވެގެން ދަޅަ ދައްކަނީ

    13
  2. ބާރިިިިި

    އަދިވެސް ހަދަނީ ދޮގު. ތާރުއެޅުމގުވެސް ހީވަނީ ފޮރިބޮއިފއޮތް މަސްގަނޑެއްހެން. ކުރިން ހަދާފައިހުރި ކާނުތަކުގެ ކައިރީގައި ޖަހާފައިހުރި ގާތަށްވެސް ހުރީ އެގޮތް މިގޮތަށް . ކައުންސިލުން ރަގަޅޔކުރަންބުނާއިރަށް ދޭޖަވާބަކީ މިއީ ކުރެހުމުގައި އޮންނަގޮތޭ؟ އެމް.ޓީ.ސީ.ސީން މަސައްކަތްކުރާގޮތް ބަލާނެމީހަކުނެތް. ހަދަނީ އެމީހަކަށް ހެދުނުގޮތެއް. ކޮންމެ މީހަކީވެސް ވެރިއެއްކަމަށް ދެކިގެން.

    8
    1
  3. ބީނޫ

    އޭދަފުށީގައި ތާރު އެޅުން ހަމަ ސުމެއް..އެއްވެސް ކޮލިޓީއެއްނެތް..ތާރުގަނޑު އަޅާފައިހުރީ ބޮޑުއަކިރި ފެންނަގޮތަށް..މަގުމެދުގަ ފެންހެދިފަ...އެއްޗަކަށް އެއްޗެއް ހަދަނީ ނަންބޯޑް އަޅުވަން..މިއީ މިގައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީންގެ މަސައްކަތް..މިޙަގީގަތެއް ބަދަލެއް ނުކުރެވޭނެ.

    1
    1
  4. އެއއ

    އެހެންވެ ޖެއްސުމަށް ނަމަކަށްހަދަނީ